Roadha Mihaaru

ބޭފެންސީ ހިޔާރުކުރަންވީ ކީއްވެ؟

ބޭފެންސީ އަކީ ރާއްޖޭގެ ރިއަލްއެސްޓޭޓް މާކެޓުގައި ފާހަގަކޮށްލެވޭ މުހިއްމު އެއް ޕްރޮޖެކްޓެވެ. އެ ޕްރޮޖެކްޓު މިވަގުތު ކުރިއަށްދާ އިރު އެއީ މާކެޓުގައި މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތަކާ ވަރަށް ތަފާތުކޮށް ހިންގަމުން އަންނަ މަސައްކަތެކެވެ. ހުރިހާ ދިމާލަކުން ވެސް ތަފާތުތައް ސާފުކޮށް ފެންނަ ހުރި މި ޕްރޮޖެކްޓުގެ ތަފްސީލްތައް ކިޔައިދެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް ސޭލްސް ޑިރެކްޓަރު ގީހާން ޖާޔާވަރްދާނާއާ އެވެ.

ބޭފެންސީ ހިޔާރުކުރަންވީ ކީއްވެ؟

ބޭފެންސީ އަކީ ރާއްޖޭގެ ރިއަލްއެސްޓޭޓް މާކެޓުގައި ފާހަގަކޮށްލެވޭ މުހިއްމު އެއް ޕްރޮޖެކްޓެވެ. އެ ޕްރޮޖެކްޓު މިވަގުތު ކުރިއަށްދާ އިރު އެއީ މާކެޓުގައި މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތަކާ ވަރަށް ތަފާތުކޮށް ހިންގަމުން އަންނަ މަސައްކަތެކެވެ. ހުރިހާ ދިމާލަކުން ވެސް ތަފާތުތައް ސާފުކޮށް ފެންނަ ހުރި މި ޕްރޮޖެކްޓުގެ ތަފްސީލްތައް ކިޔައިދެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް ސޭލްސް ޑިރެކްޓަރު ގީހާން ޖާޔާވަރްދާނާއާ އެވެ.

ބޭފެންސީ ރެޒިޑެންސް ސިފަކުރާނީ ކިހިނެތް؟

ބޭފެންސީ ރެޒިޑެންސް އަކީ ހަމައެކަނި ދިރިއުޅޭނެ އެޕާޓްމަންޓު ބިލްޑިންއެއް ނޫން. މިއީ ލައިފްސްޓައިލެއް. ހަމައެކަނި އެޕާޓްމަންޓުތަކެއް ހެދުމުގެ ބަދަލުގައި އަޅުގަނޑުމެން މި ހަދަނީ އަރާމުކޮށް, ހިތްފަސޭހަކޮށް ދިގު މުއްތަކަށް ތަނުގެ އަގު ހިފެހެއްޓޭނެ ފަދަ ޒަމާނާ ގުޅޭނެ ތަނެއް.

މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ މިންވަރަކީ ކޮބާ؟

މިހާރު އަޅުގަނޑުމެން މި ކުރިއަށް ގެންދަނީ 11 ވަނަ ފްލޯގެ ސްލެބް އެޅުމުގެ މަސައްކަތް. މިދިޔަ ޑިސެމްބަރު މަހު ޕައިލިންގެ މަސައްކަތް ފެށި ހިސާބުން މި ޕްރޮޖެކްޓަށް އެންމެ 210 ދުވަހުގެ ތެރޭގައި ވަރަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައި. އަޅުގަނޑުމެންގެ ޝެޑިއުލްއަށް ވުރެ 10 ދުވަސް ކުރިން މި މަސައްކަތް ނިމުމަކީ ވަގުތަށް މަސައްކަތް ނިންމުމަށް އަޅުގަނޑުމެން ދޭ އަހައްމިޔަތު ދައްކައިދޭނެ ކަމެއް.

ޕްރޮޖެކްޓުގެ ޕްރޮގްރެސްގެ ތަފްސީލުތައް

މި މަސައްކަތުގައި ފާހަގަކޮށްލެވޭ ބައެއް ކާމިޔާބީތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ޑިސެމްބަރު އެކެއްގައި ސައިޓް ތައްޔާރުކުރުމުގެ މަސައްކަތާއި ޕައިލިން މަސައްކަތް ފެށުމާއި އެ މަހުގެ 30 ވަނަ ދުވަހު ނިންމަން އޮތް ޕައިލިންގެ މަސައްކަތް އެ މަހުގެ 27 ވަނަ ދުވަހަށް ނިމުން ހިމެނެ އެވެ. އަދި އެމަހުގެ 29 ވަނަ ދުވަހު ސްޓީލް ޝީޓް ޕައިލިންގެ މަސައްކަތާއި ބޭސްމަންޓް އެކްސްކެވޭޝަންގެ މަސައްކަތް ފެށުމަކީ ވެސް ޕްރޮޖެކްޓުގެ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

މި ޕްރޮޖެކްޓުގައި މި އަހަރުގެ މާޗު ނުވަ ވަނަ ދުވަހު ބޭސްމަންޓު ސްލެބް އެޅުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އަދި މާޗު 23 އިން ޖުލައި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ފްލޯ އިން 11 ވަނަ ފްލޯއަށް ސްލެބް އެޅުމުގެ މަސައްކަތް ވަނީ ނިންމައި ގްރައުންޑް ފްލޯގެ އިންޓީރިއާގެ މަސައްކަތްތައް ފަށައިފަ އެވެ.

މިއަހަރުގެ ޖޫން މަހު އެ ތަނުގެ ކަރަންޓާއި ނަރުދަމާގެ މަސައްކަތް ވަނީ ފަށައިފަ އެވެ. މި އަހަރުގެ މިހާތަނަށް އައިއިރު ސްޓްރަކްޗަރަލް މަސައްކަތުގެ 60 ޕަސެންޓު ވަނީ ނިމިފަ އެވެ. މިހާރު ވެސް މި ޕްރޮޖެކްޓުގެ މަސައްކަތްތައް ދަނީ ތާވަލުކޮށްފައިވާ ދުވަހަށް ވުރެ އަވަހަށެވެ.

މި ޕްރޮޖެކްޓުގައި މިހާރު އަމާޒު ހިފާފައި ހުރީ މަހަކު ތިނެއް ނުވަތަ ހަތަރު ފްލޯގެ މަސައްކަތް ނިންމުމަށެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިމާރާތުގެ ސުޕާސްޓްރަކްޗާގެ މަސައްކަތް ނިންމައި އިމާރާތުގެ އިންޓީރިއާ ފިޓް-އައުޓްގެ މަސައްކަތް އޮކްޓޯބަރު މަހުގެ އެކެއްގައި ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ.

މި މަސައްކަތް އެއްކޮށް ނިންމާ އެޕާޓްމަންޓުތައް ހަވާލުކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމަބަރު މަހުން ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

މިހާ އަވަހަށް މަސައްކަތްތައް ނިންމާލެވުމުގެ ސިއްރަކީ ކޮބާ؟

އަވަހަށް މަސައްކަތްތައް ނިމުމުގެ ފަހަތުގައި ވަނީ ތަފްސީލީކޮށް ހަދާ ޕްލޭންތަކާއި ވަގުތައް ޕްރޮކިއުމަންޓު މަސައްކަތްތައް ނިންމުމާއި ތަޖުރިބާ ހުރި, ކުޅަދާނަ ކޮންސްޓްރަކްޝަން ޓީމެއް އޮތުން. އަދި މި ޕްރޮޖެކްޓުގައި ބޭނުން ކުރަމުންދާ އެޑްވާންސް އިންޖިނިއަރިން އުކުޅުތަކާއި މެނޭޖުމަންޓު ސިސްޓަމްތައް.

ކުރިއަށް އޮތް ހަ މަހަށް އޮތް އެންމެ ބޮޑު ޓާގެޓަކީ ކޮބާ؟

އަޅުގަނޑުމެންގެ މިހާރު އޮތް އެންމެ ބޮޑު އަމާޒަކީ އިމާރާތުގެ ސުޕަސްޓްރަކްޗާ ފުރިހަމަކޮށް ހުރިހާ މޭސަނަރީ މަސައްކަތްތަކެއް ނިންމާ, ކަރަންޓާއި ނަރުދަމާ ސިސްޓަމުތައް އެއްކޮށް ނިންމުން.

ބައެއް މީހުން ބުނާ ގޮތުގައި ބޭފެންސީ އަކީ ވަރަށް އަގު ބޮޑު ތަނެއް. އެއީ ތެދެއްތަ؟

މާކެޓް ޕްރައިސް އާއި މި ޕްރޮޑަކްޓުގެ ވެލިއުއަށް ބަލާފައި އެއާ އެންމެ އެކަށީގެންވާ ގޮތަށް އަގު ކަނޑައަޅާފައި ވާނީ. ބޭފެންސީގެ ކޮންމެ ޔުނިޓެއް ވެސް އެއީ އޭގެ ވެލިއުއަށް ބަލާ ކަނޑައަޅާފައި ހުންނަ އަގެއް. އަގުތައް ބިނާ ވާނީ މި އެޕާޓްމަންޓް ކޮމްޕްލެކްސްއިން އަޅުގަނޑުމެން މި ޑެލިވާ ކުރާ މަސައްކަތަށް. އެއީ މި ތަން އަޅުގަނޑުމެން މި ފަރުމާ ކުރަނީ ގުދުރަތީ ގޮތުން އެންމެ ރަނގަޅަށް އަވި އަދި ވައިލިބޭނެ ނެޗުރަލް ވެންޓިލޭޝަނާ އެކު. އަދި މި ފަރުމާކުރަނީ އެންމެ އެނާޖީ އެފިޝެންޓުކުރެވޭނެ ގޮތަށް ތަނުގެ ޖާގައިގެ ބޭނުން އެންމެ ފުރިހަމއަށް ހިފައިގެން. ކޮންމެ ޔުނިޓަކަށް ވެސް ކޮރިޑޯއިންނާއި ބެލްކަނިތަކުން ކްރޮސް ވެންޓިލޭޝަން ލިބޭނެ ނިޒާމު ހުންނާނެ. މިއީ އެއާ ކޮންޑިޝަން ބޭނުންވާ މިންވަރު ދަށްކޮށް, ދިގު މުއްދަތަކަށް ކަރަންޓަށް ހޭދަވާ ހަރަދު ކުޑަކޮށް ދިރިއުޅެން އެންމެ އެކަށީގެންވާ ދުޅަހެޔޮ ވެއްޓެއް ގާއިމު ކުރެވޭނެ ކަމެއް.

މި ތަނުގެ 17 ވަނަ ފްލޯގައި ހުންނަ ލައިފް ސްޓައިލް ސްޕޭސް އަކީ 20,000 އަކަފޫޓުގެ ޖާގަ ތަނަވަސް ތަނެކެވެ. މި ތަނުގައި އިންފިނިޓީ ޕޫލް އާއި ޖިމަކާއި ޔޯގާ ސްޓޫޑިއޯ އެއް އަދި ކުޑަކުދިންނަށް ޑޭކެއާ އާއި ކުޅޭނެ އޭރިއާއެއް އަދި ބާބަކިއު އާއި ކެއުމަށް ހާއްސަ ޖާގަ އަކާ މަސައްކަތް ކުރުމަށް ހާއްސަ ތަނެއްގެ އިތުރުން މަލްޓިފަންކްޝަނަލް ހޯލަކާއި ލައިބްރަރީއެއް ހުންނާނެ. މިއީ އެންމެ ފުރިހަމަ ލަގްޒަރީ ދިރިއުޅުމެއް ގޭގައި ހުރެގެން ހޯދުމަށް ބޭނުންވާނެ ހުރިހާ ވަސީލަތެއް ހުންނާނެ ތަނެއް.

މި ތަނުގައި ހުންނަ އިންޓެލިޖަންޓު ސިސްޓަމްތަކުގެ ތެރޭގައި ސެކިއުރިޓީ ސިސްޓަމާއި ލައިޓިން އަދި އެނާޖީ މެނޭޖްމަންޓު ސިސްޓަމް ހިމެނޭ. މި ތަނުގެ ކޮންމެ ޔުނިޓަކީ ވެސް ސްމާޓް ތަޅު ހިމެނޭ, މޮޓޮރައިޒްޑް ކާޓައިންސް ހިމެނޭ ސެންޓްރަލައިޒްޑް ކޮންޓްރޯލް ޕެނަލް ހިމެނޭ ތަނެއް. މި ތަނަކީ ރައްކާތެރި, ހިތްގައިމު އަދި އެފިޝަންޓު ތަނެއްކަން ޔަގީން ކުރުމަށް ކޮންފިގާކޮށް ނިންމާފައިވާ ސްމާޓް އެޕްލަޔަންސް ސިސްޓަމުތައް ވެސް ގާއިމުކުރާނެ.

މިތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ޕްރައިވެސީ ކަށަވަރު ކޮށްދިނުމުގެ ގޮތުން ގްރައުންޑް ފްލޯގެ ކޮމާޝަލް ޖާގަ ހާއްސަކޮށްފައި ވާނީ ޒަރޫރީ ތަކެތި ލިބޭ ފަދަ ކޮންވީނިއަންސް ސްޓޯރުތަކަށް އެކަނި. މިއީ ތަނުގެ ރައްކާތެރިކަމާއި ޕްރައިވެސީ ކަށަވަރުކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް.

މި ޕްރޮޖެކްޓު ފެށުނީއްސުރެ 356 ޑީޕް ޕައިލްސްއާ އެކު ތަނުގެ ސްޓްރަކްޗަރަލް އިންޓެގްރިޓީއަށް ވާނީ ވަރަށް ބޮޑު ސަމާލުކަމެއް ދީފައި. މިއީ ކުރިމަތިވެދާނެ އެކި ކާރިސާއަކުންނާއި ބޮޑެތި މޫސުމީ ބަދަލުތަކުން ވެސް އިމާރާތަށް ލިބޭނެ ގެއްލުން ކުޑަކުރުމުގެ ގޮތުން ބޭނުން ކޮށްފައި ވާނީ ވަރުގަދަ ކޮންކްރީޓާއި ޝިއާ ވޯލްސް އަދި ސެސްމިކް ގްރޭޑުގެ ދަގަނޑު. މިއީ އާއްމުކޮށް ފެންނަން ހުންނަ މިފަދަ ޕްރޮޖެކްޓުތަކާއި ހިލާފަށް ތަނުގެ ކޮލެޓީ ކޮންޓްރޯލުކޮށް ދިގު މުއްތަކަށް ރަނގަޅު ފެންވަރުގައި އިމާރާތް ހުންނާނެކަން ޔަގީންކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ.

މި ތަނުން އެޕާޓްމަންޓެއް ގަތުމަށް ހޭދަކުރާ ފައިސާ އަކީ ހަމައެކަނި އެޕާޓްމަންޓު ގަތުމަށް ކުރާ ހޭދައެއް ނޫން ކަމަށް ވަނީ ފާހަގަކޮށްފައި. އޭގެ މާނަ އަކީ ކޮބާ؟

މި ތަނުގެ ކޮންމެ އެޕާޓްމަންޓެއް ގަތް ނަމަވެސް, އިންވެސްޓު އެ ކުރެވެނީ ފަންކްޝަނަލް ޑިޒައިނަކަށް, އަދި ދިގުމުއްދަތަކަށް ދެމިގެންދާނެ އިމާރާތަކަށް. މިއީ އަރާމުގައި ހިތްފަސޭހަކޮށް, ހިތްހަމަޖެހިލައިގެން ހުރިހާ ކަމެއް ފުދިގެން އުޅެވޭނެ ވަރުގެ ތަނެއް. މިތަނުގެ ހުރިހާ ކަމެއް ފަރުމާކޮށްފައި ވާނީ ރެޒިޑެންޓުންނަށް އެންމެ ފައިދާކުރަނިވި, އެންމެ ރަނގަޅުވާނެ ގޮތަކަށް.

ތަނުގެ ލައިޓިންއިން ފެށިގެން ވެންޓިލޭޝަނާއި ސެކިއުރިޓީގެ އިތުރުން ރެޒިޑެންޓުންނަށް ހާއްސަކޮށް އިމާރާތުގައި ގާއިމުކުރާ ހުރިހާ ވަސީލަތްތަކަކީ ވެސް އިމާރާތުގައި ދިރިއުޅޭ މީހުންގެ ހިތްހަމަޖެހުމާއި ދުޅަހެޔޮ ކަމަށް ވިސްނައިގެން ގާއިމުކޮށްފައިވާ ކަންތައްތައް. މި ތަނުގެ ދިރިއުޅުމަކީ ލައިފްސްޓައިލެއް.

މި ތަނުގެ ދިރިއުޅުން ޖުމްލަ ގޮތެއްގައި ސިފަކުރާނީ ކިހިނެތް؟

މި ތަނުގެ ދިރިއުޅުމަކީ ވަރަށް ތަފާތު ތަޖުރިބާއަކަށް ވެގެން ދާނެ. އެއީ މިތަނުގެ އާކިޓެކްޗަރަލް ޑިޒައިނާއި ދިރިއުޅުމުގެ މާހައުލާއި ތަނުގައި ހުރި ވަސީލަތްތަކާއި އަދި ތަނުގެ ލޮކޭޝަނުން ލިބެން ހުރި އެކި ފަސޭހަތަކުން.

މި ތަނުގެ އާކިޓެކްޗަރަލް ޑިޒައިން އަކީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ފަރުމާކޮށްފައިވާ, ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދޭނެ ގޮތަކަށް ހަދާ ތަނެއް. މި ތަނުގެ އެޕާޓްމަންޓުތަކަށް ގުދުރަތީ ސާފު ވައި ލިބޭނެ. ބެލްކަނިތަކުގައި ވާޓިކަލް ގަސްތައް ހިމެނޭ ފާރެއް ހުންނާނެ. އަދި މޮޑާން ސްމާޓް ހޯމް ފީޗާތަކާއި އެކު އެޕާޓްމަންޓުގެ ގިނަ ކަންތައްތަކެއްގެ ރައްކާތެރިކަން އިތުރުކޮށްދީ, ދިރިއުޅުން ފަސޭހަ ވެގެން ދާނެ. އަދި މި ތަނަކީ ގިނަ ވަސީލަތްތައް ހުންނަ ތަނަކަށްވުމުން އެކި އުމުރުފުރާތަކުގެ މީހުންނަށް ވެސް ބޭނުން ކުރެވޭނެ އެކި ވަސީލަތްތަކާއި ފެސިލިޓީތައް ހުންނާނެ. މި ތަނުގައި ވަށައިގެން ހުރި ސަޕޯޓިން އެކި ފެސިލިޓީތަކުގެ ތެރޭގައި ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ބޭނުން ކުރެވޭނެ ޕާކަކާއި މިސްކިތެއް އަދި އިންޓަނޭޝަނަލް ސްކޫލެއް ވެސް ހުރޭ. މިއީ ފަސޭހައިން ދިރިއުޅުމުގައި ބޭނުން ވާނެ އެކި ކަންކަން ފުރިހަމަކުރަން ފަސޭހަ ލޮކޭޝަނެއްގައި ހަދާ އިމާރާތެއް. މީގެ އިތުރުން އަޅުގަނޑުމެން ހައިއެންޑް ކޮމާޝަލް ކޮމްޕްލެކްސްއެއް ތަރައްގީކުރުމަށް ވެސް ވާނީ ރާވައިފަ އެވެ. އެ ތަނުގައި ރީޓެއިލް ފިހާރަތަކާއި ކެފޭ, ރެސްޓޯރަންޓު އަދި މުނިފޫހިފިލުވުމަށް ހާއްސަ ތަންތަން ވެސް ހުންނާނެ.

އަގުހެޔޮ އެޕާޓްމަންޓެއް ގަނެފަ, ބޭފެންސީގެ ޑިޒައިން ކޮޕީ ކުރެވިދާނެތަ؟

މި އެޕާޓްމަންޓުގެ ފިނިޝިން ކޮޕީ ކުރެވިދާނެ. އެކަމަކު މި ތަޖުރިބާއެއް ނުހޯދޭނެ. މި ތަނުގެ އެކި ކަންތައްތައް ހުންނާނީ އެކަތި އަނެކައްޗާ ގުޅިފަ. އެއީ މި ތަނުގަ ބިލްޓް-އިން ކޮށް, މި ތަނުން ހާއްސަ ތަޖުރިބާތަކެއް ހޯދައިދިނުމަށް ތަން ފަރުމާކޮށްފައި ނިޒާމުގެ ގޮތުން.

ލީޑިން ޑިވަލޮޕަރެއްގެ ގޮތުން ބޭފެންސީއަށް އެންމެ މުހިންމު ކަންތައްތަކަކީ ކޮބާ؟

އަޅުގަނޑުމެންގެ މައިގަނޑު ހަތަރު ޕްރިންސިޕަލެއް އޮވޭ. އެއީ ޕްރިމިއަމް ތަޖުރިބާއެއް ހޯދޭނެ ތަނެއް ޑިޒައިންކޮށްދިނުމާއި ކޮލެޓީ ދަމަހައްޓާއި ތަނުގެ ސްޓްރަކްޗާގެ ވަރުގަދަކަން ކަށަވަރުކުރުމާއި އައިކޮނިކް އާކިޓެކްޗާއެއް ފަރުމާކުރުމާއި ތަނުގެ ހިދުމަތާއި, ސެކިއުރިޓީ, ސޭފްޓީ ޔަގީންކޮށް މަސައްކަތުގެ ސްޕީޑު އަވަސްކުރުން.

ބޭފެންސީއިން ވިއްކާ އެޕާޓްމަންޓުތަކުގެ މައުލޫމާތު 9971030, 9810839, 9499917 ނަމްބަރުން ލިބޭނެ އެވެ. އަދި Sales@bayfancy.com އަށް އީމެއިލް ކޮށްގެން ވެސް އެ މައުލޫމާތުތައް ލިބޭނެ އެވެ.

ނޯޓު: މިއީ ބޭފެންސީގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.