Roadha Mihaaru

އެސްޓީއޯއިން ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުގެ އަދަދު ދެ ގުނަ ދަށަށް

ދުނިޔޭގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު އިތުރުވެ, ކުނިބުނީގެ ގޮތުގައި ޕްލާސްޓިކު ގިނަވެ, ޕްލާސްޓިކް ޕޮލިއުޝަންގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ޕްލާސްޓިކް ކޮތަޅަކީ ހަލާކުނުވެ, އެތައް ޒަމާނެއް ވަންދެން ހުންނަ އެއްޗަކަށް ވާއިރު, ރާއްޖޭގައި ވެސް ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ވަނީ ބޮޑުވެފަ އެވެ.

އެސްޓީއޯއިން ޕްލާސްޓިކް ކޮތަޅު ދެގުނައަށް މަދުކޮށްފި

ދުނިޔޭގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު އިތުރުވެ, ކުނިބުނީގެ ގޮތުގައި ޕްލާސްޓިކު ގިނަވެ, ޕްލާސްޓިކް ޕޮލިއުޝަންގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ޕްލާސްޓިކް ކޮތަޅަކީ ހަލާކުނުވެ, އެތައް ޒަމާނެއް ވަންދެން ހުންނަ އެއްޗަކަށް ވާއިރު, ރާއްޖޭގައި ވެސް ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ވަނީ ބޮޑުވެފަ އެވެ.

ޕްލާސްޓިކް ޕޮލިއުޝަންގެ މައްސަލަ ބޮޑުވެ, ކަނޑުތަކުން ނަގާ ކުނީގެ ތެރޭގައި ވެސް ޕްލާސްޓިކް ކޮތަޅާއި ފުޅީގެ މިންވަރު ވަނީ އިތުރުވެފަ އެވެ. ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާ އެއްޗިހީގެ ލިސްޓުގައި ޕްލާސްޓިކް ހިމެނި, މައްސަލަ އިންތިހާއަށް ބޮޑުވެފައި ވަނިކޮށް, ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދު ކުރުމުގެ މަސައްކަތްތައް އަމިއްލަ ފަރާތްތަކާއި އެކި ކުންފުނިތަކުން ފެށި އެވެ.

މީގެތެރެއިން، އެސްޓީއޯ އިން ތިމާވެށީގެ ހިމާޔަތުގައި މިހާތަނަށް ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. އެސްޓީއޯގައި ބޭނުން ކުރާ ޕްލާސްޓިކް މަދުކުރަން އެންމެ ފުރަތަމަ ޕްލާސްޓިކް ކޮތަޅުން ފީނަގަން ފަށައި، އޭގެ ނަތީޖާ އެންމެ ބޮޑަށް ހޯދި އެއް ކުންފުންޏަށް އެސްޓީއޯ ވަނީ ވެފަ އެވެ.

ޕްލާސްޓިކް މަދުކުރަން އެސްޓީއޯ އިން އެކި މަރުހަލާތަކަށް ބަހާލައިގެން, ގިނަ މަސައްކަތްތަކެއް ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. އެ ކުންފުނިން އެކަމަށް ފެށި އެއް އިނީޝިއޭޝަން ފަށާފައި ވަނީ 2021 ވަނަ އަހަރެވެ. އެ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ފާމަސީތަކުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ. އަދި 2022 ވަނަ އަހަރު އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުން ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ވަނީ ފަށައިފަ އެވެ. ހަމަ އެ އަހަރު،"ޕްލާސްޓިކް ނޫންގޮތެއް" ގެ ނަމުގައި ފެށި ކެމްޕެއިންގައި ފޮތި ކޮތަޅެއްގެ ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކަށް، ހާއްސަ ހަދިޔާއެއް ދީ، އަމިއްލަ ކޮތަޅު ހިފައިން ވިޔަފާރި ކުރަން އައުމަށް ހިތްވަރުދީ ޕްލާސްޓިކާ ދުރުވުމަށް ބާރުއެޅި އެވެ.

އެސްޓީއޯގެ އެކި ފިހާރަތަކާއި ފާމަސީތަކުގައި ކުރިއަށް ގެންދިޔަ މިފަދަ އެކި ހަރަކާތްތަކުގެ ސަބަބުން އެ ކުންފުނީގެ ފިހާރަތަކުން ވިޔަފާރިކުރުމުގައި ފޮތި ކޮތަޅާއި ޓޯޓް ބޭގު ބޭނުން ކުރުން އާއްމުވި އެވެ. އަދި އެސްޓީއޯ އިން އެ ކުންފުނީގެ ލޯގޯ ޖަހާ, ބަހަމުން ދިޔަ ފޮތި ކޮތަޅުތަކަށް ވެސް ބޮޑު މަގުބޫލުކަމެއް ލިބި, ފޮތި ކޮތަޅު ބޭނުން ކުރާ މިންވަރު އިތުރުވި އެވެ.

ސަރުކާރުން ޕްލާސްޓިކް ކޮތަޅުން ފީނަގަން ރަސްމީ ސިފައެއްގައި ފެށީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހު އެވެ. އޭގެ 10 ވަރަކަށް މަސް ކުރިން އެސްޓީއޯއިން އިސްނަގައިގެން ފެށި މި މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ އާއްމުންގެ މެދުގައި މި ބަދަލަކީ ވެދާނެ ކަމެއް ކަމުގައި ދެކެވެން ފެށުމެވެ. ކަސްޓަމަރުންގެ ނުތަނަވަސްކަމާ އެކު ފެށި މި މަސައްކަތް މިއަދު މިވަނީ އާއްމުންގެ އެއްބާރުލުން ލިބޭ އާއްމުން ވިޔަފާރި ކުރަމުން އައި ގޮތް ބަދަލުކޮށްލި މަސައްކަތަކަށެވެ. މިއަދާ ހަމައަށް އާދެވުނުއިރު، ފާއިތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބު ކަމާއިއެކު ޕްލާސްޓިކް ކޮތަޅުގެ އަދަދު މަދުކޮށް, އެ ކުންފުނިން ވަނީ އަހަރަކު ދެ މިލިއަނެއްހާ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލައިފަ އެވެ. އަދި ޕްލާސްޓިކް ނޫން ގޮތެއް އޮތްކަން އާއްމުންނަށް ކަށަވަރު ކޮށްދީފަ އެވެ.

އެސްޓީއޯ އަކީ ތިމާވެއްޓާއި ރައްޓެހި މިފަދަ އެކި މަސައްކަތްތަކުގައި ނަމޫނާ ދައްކައި, އެފަދަ މަސައްކަތްތަކުގައި ގިނަ ބަޔަކު ޝާމިލުކުރަން މަސައްކަތް ކުރާ ކުންފުންޏެކެވެ. ޕްލާސްޓިކުގެ އިތުރުން ކަރުދާސް ބޭނުން ކުރާ މިންވަރު މަދު ކުރުމަށް އެ ކުންފުނީގެ ގިނަ މަސައްކަތްތައް އޮންލައިންކުރުމާއި ކޮންމެ އަހަރަކަށް ނެރޭ ކަލަންޑަރު ޑިޖިޓަލްކޮށް, ރީޔޫސްކުރެވޭ ގޮތަށް ހެދުން ފަދަ މަސައްކަތްތައް ވެސް ވަނީ ކޮށްފަ އެވެ. އަދި އެ ކުންފުނިން އަންނަނީ، ކާބަން ފުޓްޕްރިންޓު ކުޑަ ކުރަން ވެސް އެކި މަސައްކަތްތައް ކުރަމުންނެވެ.

ނޯޓު: މިއީ އެސްޓީއޯގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.