ފްރާންސްގައި ރާއްޖެ އިޝްތިހާރުކުރަން އެމްއެމްޕީއާރުސީން ޑިޖިޓަލް ކެމްޕޭނެއް ފަށައިފި އެވެ.
13 ޖެނުއަރީ 2021
ފްރާންސްގައި ރާއްޖެ އިޝްތިހާރުކުރަން އެމްއެމްޕީއާރުސީން ޑިޖިޓަލް ކެމްޕޭނެއް ފަށައިފި އެވެ.
ދެ މަސް ދުވަހުގެ މުއްދަތައް މި ކެމްޕޭން ކުރިއަށްގެންދާނީ ފްރާންސްގެ އެންމެ ބޮޑު އޮންލައިން ޓްރެވަލް އެޖެންސީ، އޮޑީޖިއޯއާ ގުޅިގެންނެވެ. ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި މި ކެމްޕޭނުގެ ދަށުން އޮންލައިން ޕްލެޓްފޯމުތަކުގައި އިޝްތިހާރު ކުރާނެ އެވެ.
މީގެ އިތުރުން އޮޑީޖިއޯގެ ވެބްސައިޓްގެ ޔޫރަޕަށް ހާއްސަ ވެބް ޕޭޖުގައި ރާއްޖެއަށް ހާއްސަ މައިކްރޮސައިޓެއް ހަދާނެ އެވެ. މި މައިކްރޮސައިޓުން ރާއްޖޭގެ ޕްރޮޑަކްޓުތަކާއި ރާއްޖޭގައި ތަޖުރިބާ ކުރެވޭނެ ކަންކަން ދައްކުވައިދޭނެ އެވެ.
މީގެ އިތުރުން ފްރާންސް މީހުންނަށް ރާއްޖެ އާދެވޭނެ ފްލައިޓުތަކުގެ މައުލޫމާތު ވެސް މި ވެބްސައިޓުން ލިބޭނެ އެވެ. އޮޑީޖިއޯ ވެބްސައިޓަށް މަހެއްގެ މައްޗަށް 1.6 މިލިއަން މީހުން ޒިޔާރަތްކުރެ އެވެ.
މައިކްރޮސައިޓުގެ އިތުރުން އޮޑީޖިއޯގެ ވެބްސައިޓަށް ވަންނަ ކޮންމެ މީހަކަށް ދިވެހިރާއްޖޭގެ މައުލޫމާތު ހިމެނޭ އީމެއިލް ވެސް ފޮނުވާނެ އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ ތެރޭގައި ހަތް ވަނައަށް އެންމެ ގިނައީ ފްރާންސް މީހުންނެވެ. ހޯމަ ދުވަހާ ހަމައަށް އެ ގައުމުން 1،229 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ.
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ޓޫރިޒަމް ދާއިރާ އަށް ހާއްސަ ޑޭޓާ ޕްލެޓްފޯމެއް
ޓޫރިސްޓުން އައި އަދަދު 9.6 ޕަސެންޓު އިތުރު
މާލީ ބުރަބޮޑުވެ އެމްއެމްޕީއާރްސީގެ ކުރިމަގާ މެދު ޝައްކު
ޑަބްލިއުޓީއޭގެ މުހިއްމު ދެ އެވޯޑެއް ރާއްޖެއަށް
ޝިފާޒް ދެއްކީ ދިވެހިންނަށް ވެސް އެންމެއުހަށް ދެވޭނެކަން
އަހަރުގެ މިލިއަން ވަނަ ޓޫރިސްޓަށް އިންޑިއާ ރައްޔިތެއް
މިލިއަން ޓޫރިސްޓުން ހަމަވާން ބާކީ ލައްކައެއް
މެދުއިރުމަތީގެ އިންފްލުއެންސަރު ހާލިދު ރާއްޖޭގައި
އަހަރުގެ މިހާތަނަށް ބައި މިލިއަން ޓޫރިސްޓުން އަތުވެއްޖެ