މި އަހަރުގެ މިހާތަނަށް ފަސް ލައްކަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.
13 މާޗް 2025
މި އަހަރުގެ މިހާތަނަށް ފަސް ލައްކަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އެވްރެޖުކޮށް 7،100 ޓޫރިސްޓުން އާދެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 4.6 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 470،000 ޓޫރިސްޓުން އަ އެވެ.
މިއަހަރު އެންމެ ގިނައިން ޓޫރިސްޓުން އައީ ޗައިނާ އިންނެވެ. އެގައުމުން ވަނީ 63،000 ޓޫރިސްޓުން އައިސްފަ އެވެ. ދެން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އިނގިރޭސިވިލާތާއި ރަޝިއާއިންނެވެ.
ފަސް ލައްކަ ޓޫރިސްޓުން އައި އިރު އޭގެ ތެރެއިން 345،000 ޓޫރިސްޓުން އައީ ރިސޯޓުތަކަށެވެ. އެއީ ޖުމްލަ އައި ޓޫރިސްޓުންގެ 69 ޕަސެންޓެވެ. ގެސްޓްހައުސްތަކަށް އައިސްފައި ވަނީ 127،000 ޓޫރިސްޓުންނެވެ.
މިއަހަރު އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު އިތުރުވި އިރު މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވުރެ 1.5 ޕަސެންޓު ދަށްވެފަ އެވެ. އެކަމަކު ޖެނުއަރީ މަހު އައި ޓޫރިސްޓުންގެ އަދަދުވަނީ މިދިޔަ އަހަރުގެ ޖެނުއަރީއަށް ވުރެ 11 ޕަސެންޓު އިތުރުވެފަ އެވެ.
މިދިޔަ ދެ މަހަކީ ވެސް ޕީކް ސީޒަން ކަމުން ކޮންމެ މަހަކު ވަނީ ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު 2.2 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ޓޫރިޒަމް ދާއިރާ އަށް ހާއްސަ ޑޭޓާ ޕްލެޓްފޯމެއް
ޓޫރިސްޓުން އައި އަދަދު 9.6 ޕަސެންޓު އިތުރު
މާލީ ބުރަބޮޑުވެ އެމްއެމްޕީއާރްސީގެ ކުރިމަގާ މެދު ޝައްކު
ޑަބްލިއުޓީއޭގެ މުހިއްމު ދެ އެވޯޑެއް ރާއްޖެއަށް
ޝިފާޒް ދެއްކީ ދިވެހިންނަށް ވެސް އެންމެއުހަށް ދެވޭނެކަން
އަހަރުގެ މިލިއަން ވަނަ ޓޫރިސްޓަށް އިންޑިއާ ރައްޔިތެއް
މިލިއަން ޓޫރިސްޓުން ހަމަވާން ބާކީ ލައްކައެއް
މެދުއިރުމަތީގެ އިންފްލުއެންސަރު ހާލިދު ރާއްޖޭގައި
ދެ ލައްކަ ޓޫރިސްޓުން، 12 ޕަސެންޓުގެ ކުރިއެރުމެއް