މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.6 ޕަސެންޓަށް އިތުރުވެއްޖެ އެވެ.
20 ޖުލައި 2025
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.6 ޕަސެންޓަށް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައީ 1.1 މިލިއަން ޓޫރިސްޓުންނެވެ.
ޓޫރިސްޓުން އެންމެ ގިނައިން އައީ ޗައިނާއިންނެވެ. އެގައުމުން ވަނީ 170،000 ޓޫރިސްޓުން އައިސްފަ އެވެ. އެއީ ރާއްޖެއަށް އައި ޓޫރިސްޓުންގެ 14 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެގައުމުން ވަނީ 142،000 ޓޫރިސްޓުން އައިސްފަ އެވެ. ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ.
މިއަހަރުގެ ކޮންމެ މަހަކު ވެސް 100،000ރ. އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. އަދި ފެބްރުއަރީ އާއި މާޗް މަސް ފިޔަވައި ކޮންމެ މަހަކު ވެސް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ 10 ޕަސެންޓު އިތުރުވެފަ އެވެ.
މިއަހަރު އެވްރެޖުކޮށް ދުވާލަކު 6،100 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރެ އެވެ.
ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ރާއްޖޭގައި 64،000 އެނދު ބޭނުން ކުރަމުން އަންނަ އިރު އޭގެ ތެރެއިން ގާތްގަނޑަކަށް 70 ޕަސެންޓު ނިސްބަތް ވަނީ ރިސޯޓުތަކަށެވެ.
މިދިޔަ އަހަރު ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު މި އަހަރު 2.2 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.
އަހަރުގެ މިލިއަން ވަނަ ޓޫރިސްޓަށް އިންޑިއާ ރައްޔިތެއް
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
"ރާއްޖޭގައި އޮތީ އިންވެސްޓަރުންނަށް ފަހި މާހައުލެއް"
މަޑު ޖެހުމަކަށްފަހު އަނެއްކާ ވެސް ޓޫރިސްޓުން އިތުރުވަނީ
މިދިޔަ މަހު އައި ޓޫރިސްޓުން އެއް ޕަސެންޓް ދަށްވެއްޖެ
ހަތް ލައްކަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ
ފުރަތަމަ ފަހަރަށް އެއް މަހުން ދެ ލައްކަ ޓޫރިސްޓުން!
ޓޫރިސްޓުންނަށް ބޮޑު ޑިސްކައުންޓް ދޭ މަންޒިލަކަށް ރާއްޖެ
ޗައިނާގެ ފޫޖިއާން އިން ރާއްޖެއަށް ދަތުރުތައް ފަށައިފި