Roadha Mihaaru

މެދުއިރުމަތީގެ އިންފްލުއެންސަރު ހާލިދު ރާއްޖޭގައި

އެމްއެމްޕީއާރުސީން ޔޫއޭއީގެ މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރު އަދި "ޑިޖިޓަލް ސްޓޯރިޓޭލާ" ހާލިދު އަލް އަމެރީއާ އަށް އެކްސްކްލޫސިވް ފެމިލިއަލައިޒޭޝަން (އެފްއޭއެމް) ދަތުރެއް ރާއްޖެ އަށް ކުރުމުގެ ފުރުސަތު ދީފި އެވެ.

މެދުއިރުމަތީގެ އިންފްލުއެންސަރު ހާލިދު ރާއްޖޭގައި

އެމްއެމްޕީއާރުސީން ޔޫއޭއީގެ މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރު އަދި "ޑިޖިޓަލް ސްޓޯރިޓޭލާ" ހާލިދު އަލް އަމެރީއާ އަށް އެކްސްކްލޫސިވް ފެމިލިއަލައިޒޭޝަން (އެފްއޭއެމް) ދަތުރެއް ރާއްޖެ އަށް ކުރުމުގެ ފުރުސަތު ދީފި އެވެ.

އޭނާ އިއްޔެ ރާއްޖެ އައިސްފައިވާއިރު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ރާއްޖޭގައި މަޑުކުރާނެ އެވެ.

މިއީ މެދުއިރުމަތީގެ ބޮޑު އޯޑިއަންސަކަށް ރާއްޖޭގެ ތަފާތު ރީތިކަމާއި މުއްސަނދި ސަގާފީ ތަރިކަ ދައްކާލުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. މެދުއިރުމައްޗާއި ޖީސީސީ ސަރަހައްދުގެ ޓޫރިސްޓުންނަށް އަމާޒު ކޮށްގެން އެންމެ ފަހު ބުކިންތަކަށް ރާއްޖެއަކީ އެންމެ ރަނގަޅު މަންޒިލެއްގެ ގޮތުގައި އޭނާގެ ސޯޝަލް މީޑިއާގައި ވެސް ވަނީ އިޝްތިހާރުކޮށްފަ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި 21 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ގެންގުޅޭ ސްޓެންފޯޑް ޔުނިވާސިޓީގެ ގްރެޖުއޭޓު، ޚާލިދު އަލް އަމެރީ ފާހަގަވެފައިވަނީ ސަގާފީ ތަފާތުތައް ނައްތާލައި، އިސްލާމީ އާދަކާދަތަކާއި މުޖުތަމައުގެ އަސާސްތައް ފުޅާކުރުމަށް ބާރު އަޅާ އިންފްލުއެއްސަރެއްގެ ގޮތުގަ އެވެ.

މެދުއިރުމަތީގެ މާކެޓުގެ ތެރޭގައި އޭނާގެ މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަކުރެވޭ އިރު، ރާއްޖޭގެ ތަފާތު ހުށަހެޅުންތައް ދައްކާލުމަށް އެއީ އަކީ ވަރަށް އެކަށީގެންވާ ބައިވެރިއެއް ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ. ގަލްފް ބިޒްނަސް "100 މޯސްޓް ޕަވާފުލް އަރަބްސް" ލިސްޓުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތުން ލިސްޓުގައި ހިމެނޭ ޚާލިދު އަންނަނީ އޭނާގެ ހިތްގައިމު އަދި މަޖާ ކޮންޓެންޓުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން އެއްބައިވަންތަ ކުރަމުން ކަން ވެސް އެމްއެމްޕީއާރުސީން ފާހަގަކުރި އެވެ.

އެމްއެމްޕީއާރުސީން އަންނަނީ އިންޑިއާ އާއި އެހެން ބައެއް ގައުމުތަކުގެ މަޝްހޫރު މީހުން ބޭނުންކޮށްގެން ވެސް ރާއްޖެ އިޝްތިހާރު ކުރަމުންނެވެ. ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކްލަބު، ލިވަޕޫލުގެ ރަސްމީ ޓޫރިސްޓު ޑެސްޓިނޭޝަން ޕާޓްނަރަކަށް ވެސް ދާދި ފަހުން ރާއްޖެ ވަނީ ހަމަޖައްސައިފަ އެވެ.