10 މެއި 2022
ރާއްޖެ އަށް ދުނިޔޭގެ އެކި ސަރަހައްދުތަކުން އަންނަ އިންބައުންޑް އެއާ ޓްރެފިކް އިތުރުކޮށް، ޓޫރިޒަމް ޕްރޮމޯޓް ކުރަން އެމްއެމްޕީއާރްސީން ގަތަރު އެއާވޭސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރާއްޖެ އަށް ދުނިޔޭގެ އެކި ސަރަހައްދުތަކުން އަންނަ އިންބައުންޑް އެއާ ޓްރެފިކް އިތުރުކޮށް، ޓޫރިޒަމް ޕްރޮމޯޓް ކުރަން އެމްއެމްޕީއާރްސީން ގަތަރު އެއާވޭސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ދުބާއީގައި މިހާރު ކުރިއަށް ގެންދާ އަރަބިއަން ޓްރެވަލް މާކެޓް ފެއާގައި ސޮއިކުރި މި އެއްބަސްމުގެ ދަށުން އެމްއެމްޕީއާރްސީ އާއި ގަތަރު އެއާވޭސްއާ ގުޅިގެން ބިޒްނަސް ޓު ބިޒްނަސް އަދި ބިޒްނަސް ޓު ކަސްޓަމާ ކެމްޕެއިންތައް ހިންގާނެ އެވެ. މީޑިއާގައި ނުފޫޒުގަދަ މީހުންނާއި ޓްރެވެލް ޕާޓްނަރުންނަށް ރާއްޖެ ތައާރަފު ކުރުމުގެ ހާއްސަ ދަތުރުތައް ބޭއްވުމާއި ވިޔަފާރީގެ ޕާޓްނަރުންނާ ގުޅިގެން އެކި ހަރަކާތްތައް ވެސް އެއްބަސްވުމުގައިވާ ގޮތުން ކުރިއަށް ގެންދާނެ އެވެ.
އެމްއެމްޕީއާރްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ. ގަތަރު އެއާވޭސް އިން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ތިއެރީ އެންޓިނޯރީ އެވެ.
ދުބާއީގައި ކުރިއަށް ގެންދިޔަ ނުވަ ވަނަ އަރަބް އޭވިއޭޝަން ސަމިޓްގެ ޕެނަލް ޑިސްކަޝަނެއްގައި ތޮއްޔިބް ވިދާޅުވީ، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އޭވިއޭޝަން އަދި ޓޫރިޒަމް ދާއިރާ ގުޅިގެން ގާތުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ، މެދުއިރުމައްޗަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މާކެޓެއް ކަމަށާއި އެއީ ޓޫރިސްޓުން ރާއްޖެ އަށް އަންނަ މައި ހަބެއް ކަމަށެވެ.
ރާއްޖެ އަށް 35 ބައިނަލްއަގްވާމީ އެއާލައިނެއް އޮޕަރޭޓްކުރެ އެވެ. އޭގެ ތެރޭގައި އެމިރޭޓްސް އާއި ގަތަރު އެއާވޭސް އާއި ފްލައި ދުބާއީ އާއި އެތިހާދް އެއާވޭސް އަދި ގަލްފް އެއާ ފަދަ މެދުއިރުމަތީގެ މައި އެއާލައިންތައް ކޮންމެ ހަފުތާއަކު ގިނަ ދަތުރުތަކެއް ކުރެ އެވެ.
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
ޗައިނާގައި ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ހަރަކާތެއް
ޒުވާން ދެމަފިރިންގެ ހަނީމޫން ވީ ސަޕްރައިޒަކަށް
"ލީޑިން ޑެސްޓިނޭޝަން" އެވޯޑް މި އަހަރުވެސް ރާއްޖެއަށް
ބޯޑަރު ބަންދަސް ޗައިނާގެ މާކެޓު ހޯދަން މަސައްކަތްކުރަނީ
ޗައިނާގައި ރާއްޖެ އިޝްތިހާރު ކުރަން ބޮޑު ދެ އިވެންޓެއް
ސައުތު ކޮރެއާގައި ރާއްޖެ އިޝްތިހާރު ކުރަނީ
އިނގިރޭސި ވިލާތުގައި ރާއްޖެ އިޝްތިހާރުކުރަނީ
ހަތަރު މަހަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލައިފި