02 ޑިސެމްބަރ 2020
ދައުލަތުގެ އިސްވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ސްކޫލު ދަރިވަރުން ނެރެ، އެއްވެސް ހަރަކާތެއްގައި ބައިވެރިނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިލްތިމާސްކުރައްވައިފި އެވެ.
ދައުލަތުގެ އިސްވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ސްކޫލު ދަރިވަރުން ނެރެ، އެއްވެސް ހަރަކާތެއްގައި ބައިވެރިނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިލްތިމާސްކުރައްވައިފި އެވެ.
އެ މަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، ދައުލަތުގެ އިސް ވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަރުހަބާ ދެންނެވުމަށް ސްކޫލު ދަރިވަރުން ނެރެގެން އެއްވެސް ހަރަކާތެއް ހިންގުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެއް ނޫން ކަމަށެވެ.
އެފަދަ އެއްވެސް ހަރަކާތެއްގައި ސްކޫލު ދަރިވަރުން ބައިވެރިކުރަން ރައީސް އޮފީހުން އަދި ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކުން، އެއްވެސް ކައުންސިލަކަށް ވެސް އަންގާފައިނުވާނެ ކަމަށް ހޫދު ވިދާޅުވި އެވެ.
"މި ދެންނެވި ފަދަ ހަރަކާތްތަކުގައި، ރާއްޖޭގެ ސްކޫލު މަދަރުސާތަކުގެ ދަރިވަރުން ބައިވެރިނުކުރުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހާ އިދާރާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވަވާ،" ހޫދުގެ ޓްވީޓުގައި ވެ އެވެ.
މިގޮތަށް އިލްތިމާސް މި ކުރެއްވީ ލ. ގަމުގައި މާދަމާ ރައީސް ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތެއްގައި ގަމުގެ ތިން ސްކޫލުގެ ވީހާ ވެސް ގިނަ ދަރިވަރުން ބައިވެރިކޮށްދިނުމަށް، އެ ރަށުގެ ކައުންސިލުން އެދިފައިވާ ސިޓީއެއް އާންމުވެފައި ވަނިކޮށެވެ.
ގަމު އަވަށުގެ ކަރަންޓު އެއް ވިއުގައިން ގުޅުވާލުމާއި ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް އަދި ގަމު ޒޯން ސްޓޭޑިއަމް ހުޅުވުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ ގަމު މަތިމަރަދޫ ބޮޑުމަގު ހުޅަނގުކޮޅުގައި އޮންނަ ޒޯން ސްޓޭޑިއަމްގަ އެވެ.
އެނގިފައިވާގޮތުގައި، ކައުންސިލުން އިސްނަގައިގެން އެ ރަށުގެ ތިން ސްކޫލުން ދަރިވަރުން ނަގައިގެން ނެށުމުގެ އައިޓަމަކަށް ވެސް ވަނީ ތައްޔާރުވެފަ އެވެ.
މިދެންނެވި ފަދަ ޙަރަކާތްތަކުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިނުކުރުމަށް، ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް ރައީސް @ibusolih އިލްތިމާސްކުރައްވަވާ
— Ibrahim Hood (@MvSpokesperson) December 2, 2020
ސަރުކާރުގެ ވެރިންނާއި އިއްޒަތްތެރިންނަށް މަރުހަބާ ދެންނެވުމަށް ދަރިވަރުން ނުނެރެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޑިސެމްބަރު 3، 2018 ގައި އަންގައިފަ އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައި ވިދާޅުވީ ސަރުކާރުގެ ވެރިންނަށް މަރުހަބާ ކިޔުމަށް ދަރިވަރުން ގިނަ ވަގުތު ކޮޅަށް ތިބުމާއި އަވީގައި ބޭތިއްބުމުން އެކަމުގެ ސަބަބުން އެ ކުދިންގެ ސިއްހަތަށް އަސަރުކޮށް ތަފާތު އުނދަގޫތައް ކުރިމަތިވާ ކަމަށެވެ. އެހެންވެ މަރުހަބާ ކިޔުމަށް އެގޮތަށް ދަރިވަރުން ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ އެކަން އެގޮތަށް ނުކުރުމަށް އެދިވަޑައިގެންފައި ވެ އެވެ.
ނަމަވެސް ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް މިދިޔަ މަހު އެ ރަށަށް ވަޑައިގެންނެވި އިއްޒަތްތެރިންނަށް މަރުހަބާ ދެންނެވުމަށް ދަރިވަރުން ނެރެފައި ވެ އެވެ.
އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އޭރު ބުނީ، ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް ވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާ ކިޔުމަށް ދަރިވަރުން ބައިވެރިވީ ސްކޫލު ފަރާތުން ނުވަތަ ސްކޫލު ތަމްސީލުވާ ގޮތަކަށް ނޫން ކަމަށެވެ. ނަމަވެސް ރަށު ފެންވަރުގައި ކުރާ ކަންތައްތަކުގައި ވެސް ބެލެނިވެރިން، އެ މީހުންގެ ދަރިން ބައިވެރިކުރުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކަށް ފަރުވާ ބެހެއްޓުމަށް އެދިފައި ވެ އެވެ.
ވިޔަވަތި ކޮންފަރެންސްގެ ތިން ވަނަ ބައްދަލުވުން ގަމުގައި
ތިން ހިދުމަތެއް ފެއްޓެވުމަށް ރައީސް ލ. އަތޮޅަށް
އިސްލާމީ އަގީދާ ލާޒިމުވާ ތައުލީމުގެ ބިލް ތަސްދީގުކޮށްފި
ކިޔަވައިދިނުމަކީ ދަރަންޏަކަށް ވެގެން ނުވާނެ: ރައީސް
މިނިވަން ދުވަހާ ގުޅިގެން މި މަހުގެ 28 ބަންދު
200 ގައިދީއަކަށް ރައީސް އަދަބު ލުއިކޮށްދެއްވައިފި
ތައުލީމަށް ހިދުމަތް ކުރުމުގެ މަތީ ޝަރަފު ޑރ.ޒާހިރަށް
ގަމަށް ބަދަލުވި އާއިލާތަކަށް 50،000ރ. ދެނީ
25000 ގެ އާބާދީއަކަށް ގަން ތަރައްގީކުރާނެ: ރައީސް
ދައުރު ނިމޭއިރު ކޭމްޕު ދާނެ ރަށެއް އޮންނާނެ: ރައީސް