Roadha Mihaaru
ތިން ހިދުމަތެއް ފެއްޓެވުމަށް ރައީސް ލ. އަތޮޅަށް

ތިން ހިދުމަތެއް ފެއްޓެވުމަށް އަންނަ ބުރާސްފަތި ދުވަހު ރައީސް ލ. އަތޮޅަށް

01 ޑިސެމްބަރ 2020

ތިން ހިދުމަތެއް ފެއްޓެވުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ބުރާސްފަތި ދުވަހު ލ. ގަމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތިން ހިދުމަތެއް ފެއްޓެވުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ބުރާސްފަތި ދުވަހު ލ. ގަމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އެ މަނިކުފާނު ގަމަށް ވަޑައިގަންނަވަނީ، އެ ރަށުގެ ތިން އަވަށަށް ކަރަންޓުގެ އެއް ވިއުގައިން ގުޅާލުމާއި، ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން ހިދުމަތް ފައްޓަވައި ގަމު ޒޯން ސްޓޭޑިއަމް ހުޅުވައިދެއްވުމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ރަށް، ލ. ގަމުގެ މުކުރިމަގާއި މަތިމަރަދޫ އަދި ތުނޑިއަވަށުގައި ހުރި އިންޖީނުގެތައް ބަންދުކޮށް ކަރަންޓު ދޭން ނިންމާފައި ވަނީ މީހުން އަލަށް އާބާދުވި މާހިންނަ ސަރަހައްދުގައި ހުންނަ ސެންޓްރަލް އިންޖީނުގެއިންނެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދުގެ ތެރެއިން، އެކި ސަރަހައްދުގައި ހުރި ރީޖަނަލް ހޮސްޕިޓަލުތައް އަންނަނީ ތަރައްގީ ކުރަމުންނެވެ. މިއީ އޭގެ ތެރެއިން ފަށާ ހިދުމަތެކެވެ.

ޒޯން ސްޓޭޑިއަމްތައް މި ވަގުތު ހުންނަނީ ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫ އަދި އައްޑޫގަ އެވެ. އެ ސްޓޭޑިއަމްތައް ތަރައްގީކޮށްފައިވަނީ ގިނަ ކުޅިވަރު ކުޅެވޭ ގޮތަށެވެ.

ހޯރަފުށީ އެއާޕޯޓު ހުޅުވައިދެއްވުމަށް ވެސް މިދިޔަ މަހު ރައީސް ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ.