04 ސެޕްޓެމްބަރ 2022
ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރުމުގައި ލޯކަލް ކައުންސިލްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވާފައިވާ "ވިޔަވަތި" ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުން އަންނަ ހަފުތާގައި ލ. ގަމުގައި ބާއްވަން ނިންމައިފި އެވެ.
ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރުމުގައި ލޯކަލް ކައުންސިލްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވާފައިވާ "ވިޔަވަތި" ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުން އަންނަ ހަފުތާގައި ލ. ގަމުގައި ބާއްވަން ނިންމައިފި އެވެ.
ރައީސް އޮފީހުގެ އާ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހާ ހަމައަށް ބާއްވާ ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ، ގެ ރަށްރަށާއި އަތޮޅު ކައުންސިލްގެ ރައީސުން އަދި ފުވައްމުލަކާއި އައްޑޫ މޭޔަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އެ ބޭފުޅުންގެ އިތުރުން މިނިސްޓަރުންނާއި އިދާރާތަކުގެ އިސްވެރިންނާއެކު 250 އަށް ވުރެ ގިނަ ބައިވެރިން ވިޔަވަތި ކޮންފަރެންސްގައި ބައިވެރިވާނެ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި ބަދަލުތައް ތަސްދީގުކުރުމަށް ޑިސެމްބަރު 2019 ގައި ރާއްޖޭގެ ހުރިހާ ކައުންސިލްތައް ހިމެނޭ ގޮތަށް ކްރޮސް ރޯޑްސްގައި "ވިޔަވަތި ރާއްޖެ" ނަމުގައި ކޮންފަރެންސެއް ބޭއްވި އެވެ. އޭގެ ދެ ވަނަ ބައްދަލުވުން އޮތީ މިދިޔަ މޭ މަހު އއ. އުކުޅަހުގަ އެވެ.
މިއުވާން ވިދާޅުވީ މި އަހަރު ބާއްވާ ދެވަނަ ކޮންފަރެންސްގައި މަޝްވަރާކުރަން ހަމަޖައްސާފައި ވަނީ މައިގަނޑު ހަތަރު ދާއިރާއަކަށް ކަމަށެވެ. އެއީ؛
- ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން.
- ބިނާވެށި ޕްލޭން އެކުލަވައިލުން.
- މިންތީގެ ހަމަހަމަކަން.
- ވިލުންވެރި މުޖުތަމައުއެއް ބިނާކުރުން.
ބައިވެރިންނާއެކު ގުޅުން ބަދަހިކުރުމަށް ސްޕޯޓްސް ފެސްޓިވަލެއް ވެސް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
ލ. ގަން: ފަސް އަހަރުން ބަދަލުކޮށްލެވިދާނެ!
ކެންސަރު ހޮސްޕިޓަލު މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ
ވިސްނުމަކީ އެސްޖީން ހަމަޖައްސާއިރު ކައުންސިލް ލަފާހޯދުން
މަރުހަބާކިޔަން ދަރިވަރުން ނުނެރެން ރައީސްގެ އިލްތިމާސެއް
ތިން ހިދުމަތެއް ފެއްޓެވުމަށް ރައީސް ލ. އަތޮޅަށް
އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލައިފި
"އެމްޑީޕީގެ ހިންގުން ވެސް ދާއިރާތަކަށް ދޫކޮށްލަންޖެހޭ"
ޓީއެފްޖީގެ ދުވުމުގައި ރައީސް ބައިވެރިވެވަޑައިގެންފި
ރަން އިން ލާމް ރައީސް ފައްޓަވައިދެއްވައިފި
"އިބޫއާ ދެކޮޅަށް ކެމްޕެއިން ކުރައްވަނީ ރައީސް ނަޝީދު"