Roadha Mihaaru
ރަން އިން ލާމް ރައީސް ފައްޓަވައިދެއްވައިފި

ރަން އިން ލާމް ރައީސް ފައްޓަވައިދެއްވައިފި

25 ޖެނުއަރީ 2019

ލ. ގަމުގައި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ބާއްވާ "ކޮކާ ކޯލާ ރަން އިން ލާމު" ފެށުމުގެ ގޮތުން މިއަދު އޮތް ކުޑަ ކުދިންގެ ދުވުމުގެ ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ލ. ގަމުގައި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ބާއްވާ "ކޮކާ ކޯލާ ރަން އިން ލާމު" ފެށުމުގެ ގޮތުން މިއަދު އޮތް ކުޑަ ކުދިންގެ ދުވުމުގެ ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފި އެވެ.

ލ. ގަމަށް ރައީސް ވަޑައިގެންނެވީ މިއަދު މެންދުރު ފަހު އެވެ. އެ ދަތުރުފުޅުގައި ރައީސް ގަމުގެ އިތުރުން ފޮނަދޫއަށް ވެސް ވަޑައިގަންނަވާނެ އެވެ. އެނބުރި މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ.

ރަން އިން ލާމްގެ ކުޑަ ކުދިންގެ ބައި ފެށުމުގެ ގޮތުން މިއަދު އޮތް ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. --މިހާރު ފޮޓޯ:މުހައްމަދު ހަމްދޫން

ރަން އިން ލާމްގެ ކުޑަ ކުދިންގެ ބައި ފެށުމުގެ ގޮތުން މިއަދު އޮތް ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. --މިހާރު ފޮޓޯ:މުހައްމަދު ހަމްދޫން

ކުޑަ ކުދިންގެ ހަރަކާތް މިއަދު އޮތް ނަމަވެސް ދުވުމުގެ ހަރަކާތްތައް ފަށާނީ މާދަމާ ހެނދުނު އެވެ. ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ ދުވުމުގެ ހަރަކާތް ކޮކާ ކޯލާ އިން ސްޕޮންސާ ކޮށްފައިވާތީ އެކަމަށް ދަނީ ގިނަ ބަޔަކު ފާޑު ކިޔަމުންނެވެ.

އެކަމަކު ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ "ކޮކާ ކޯލާ ރަން އިން ލާމު" ގައި ރައީސް ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވީ ނަމަވެސް ކޯކް އިޝްތިހާރު ނުކުރައްވާނެ ކަމަށެވެ.

ރަނގަޅު ނޫން ކާނާއާ ދެކޮޅަށް ކުރާ ކެމްޕެއިނަށް ކުރާ ހޭދަ މި މަހު 23 މިލިއަން ރުފިޔާ އަށް ބޮޑުކޮށް ކޯކު ފަދަ ތަކެތިން މީހުން ދުރު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

ރަން އިން ލާމްގެ ކުޑަ ކުދިންގެ ބައި ފެށުމުގެ ގޮތުން މިއަދު އޮތް ހަރަކާތުގައި ރައީސް އާއި މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކް ބައިވެރިވެވަޑައިގަންނަވަނީ. --މިހާރު ފޮޓޯ: މުހައްމަދު ހަމްދޫން

ރަން އިން ލާމްގެ ކުޑަ ކުދިންގެ ބައި ފެށުމުގެ ގޮތުން މިއަދު އޮތް ހަރަކާތުގައި ރައީސް އާއި މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކް ބައިވެރިވެވަޑައިގަންނަވަނީ. --މިހާރު ފޮޓޯ: މުހައްމަދު ހަމްދޫން