Roadha Mihaaru
ބޮގަރުގެ ވިޔަފާރީގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

ބޮގަރު ކައްކައި އޭގެ ވިޔަފާރިކުރާ ދެ މީހަކު ލ. ގަމުން ހައްޔަރުކޮށްފި

17 އޯގަސްޓް 2024

ބޮގަރު ކައްކައި އޭގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ލ. ގަމުން ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބޮގަރު ކައްކައި އޭގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ލ. ގަމުން ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، ގަމުގެ ވިލެޖުގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި ބޮގަރު ކައްކައި އޭގެ ވިޔަފާރިކުރާ ކަމަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރީ ފުލުހުން ބުނިގޮތުގައި ލ. ގަމު ތުނޑީ، ވިލެޖު، އަހުމަދު ޝުޖާއު 42 އާއި އެ ރަށު ފަންހިޔާ އަލީ ޝަރީފު 57 އެވެ.

އެ ދެ މީހުންގެ ތެރެއިން ޝުޖާއު ދިރިއުޅޭ ވިލެޖުގެ އިން 24.42 ގްރާމްގެ ހެރޮއިން ކަމަށް ޝައްކުކުރެވޭ މަސްތުވާތަކެއްޗާއި ބޮގަރު ކަމަށް ޝައްކުކުރެވޭ ދެ ރުނބާ އާއި ފަސް ލީޓަރުގެ ފުޅިއަކާއި އަދި ބޮގަރު ކައްކަން ގެންގުޅޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.