ޑްރަގާއެކު ހައްޔަރުކުރި މީހަކު، އެ ޑްރަގަކީ އޭނާގެ ބައްޕަގެ އެއްޗެއް ކަމަށް ކޯޓުގައި ބުނެފި އެވެ.
ޑްރަގާއެކު ހައްޔަރުކުރި މީހަކު، އެ ޑްރަގަކީ އޭނާގެ ބައްޕަގެ އެއްޗެއް ކަމަށް ކޯޓުގައި ބުނެފި އެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާ ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.
އޭނާއަށް ތުހުމަތު ކުރަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
ކޯޓުގައި މީނާ ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާގެ އަތުން ފެނުނު ޑްރަގަކީ އޭނާގެ ބައްޕަގެ ތަކެއްޗެވެ.
ނަމަވެސް، ހައްޔަރުކުރި ވަގުތު އެ ތަކެއްޗަކީ ބައްޕަގެ އެއްޗެއް ކަމަށް އޭނާ ބުނެފައިނުވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.
އޭނާގެ އަތުން ގިނަ އަދަދެއްގެ ޑްރަގާއި ޑްރަގް ބަންދުކުރުމަށް ބޭނުން ބަންދުކުރުމަށް ބޭނުން ކުރާ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ޑްރަގާއެކު އަތުލައިގަތް ނެދަލެންޑްސް މީހާ ބަންދަށް
ޑްރަގް ހަވާލުކުރީ ޑީއެޗްއެލް ޔުނިފޯމުގައި ތިބި ފުލުހުން
ވައިގެ މަގުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
ރަހީނުކޮށްގެން ގެންގުޅުނު ފްލެޓްގައި އަނެއްކާ ރެއިޑެއް!
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
ކެނެބިސް ޓްރެފިކްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
ތިން ކިލޯގެ ޑްރަގާ ހަވާލުވާންދިޔަ މީހާ އުމުރަށް ޖަލަށް
ޑްރަގްގެ ތުހުމަތަށް ބުނީ، އަތުން ފެނުނީ ފުށް ކަމަށް
ކެނަބިސް ޓްރެފިކްކުރުމާ ގުޅިގެން ދެ މީހަކު ހޯދަނީ