23 ޖެނުއަރީ 2020
ލ. އަތޮޅުގައި މާދަމާ ބާއްވާ ޓީއެފްޖީ ރަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެ އަތޮޅަށް ވަޑައިގެންފި އެވެ.
ލ. އަތޮޅުގައި މާދަމާ ބާއްވާ ޓީއެފްޖީ ރަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެ އަތޮޅަށް ވަޑައިގެންފި އެވެ.
ކައްދޫ އެއާޕޯޓުން ރައީސަށް މަރުހަބާ ދެންނެވީ ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވިސާމާއި އެ އަތޮޅުގައި ހިންގާ ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްބޭފުޅުންނެވެ.
އެނގިފައިވާ ގޮތުގައި، ޓީއެފްޖީ ރަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ލ. އަތޮޅަށް ވަޑައިގަތީ ނުރަސްމީ ދަތުރުފުޅެއްގަ އެވެ. އެކަމަކު، މި ދަތުރުފުޅުގައި ބައެއް ރަސްމީ މަސައްކަތްޕުޅުތައް އެމަނިކުފާނު އެ އަތޮޅުގައި ކުރައްވާނެ އެވެ.
ޓީއެފްޖީ "ރަން އިން ލާމު" އަކީ ދިގު ރާސްތާ ދުވުންތަކަށް ހާއްސަ ކޮށްގެން، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީން) ކުރިއަށް ގެންދާ ސިލްސިލާ ދުވުންތަކުގެ ތެރެއިން ލ. އަތޮޅުގައި ބާއްވާ އިވެންޓެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިއަދު ކައްދޫ ވައިގެ ބަނދަރުގައި.
ޓީއެފްޖީން އަންނަނީ އައްޑޫގައި، "ރަން އިން އައްޑޫ" އަދި ހުޅުމާލޭގައި، "ލޯންގް ރަން" ވެސް ބާއްވަމުންނެވެ
"ރަން އިން ލާމު" ފަށާނީ މާދަމާ ރޭގެ މެންދަމު އެވެ. އެންމެ ފުރަތަމަ އޮންނާނީ 42 ކިލޯމީޓަރު ދުވަން ޖެހޭ ފުލް މެރެތަން އެވެ. އޭގެ ފަހުން ހާފް މެރެތަން، 10 ކިލޯމީޓަރު ދުވުން އަދި ފަސް ކިލޯމީޓަރު ދުވުން ވެސް އޮންނާނެ އެވެ.
އޭގެ ކުރިން މާދަމާ ހަވީރު ކުޑަކުދިންނަށް ހާއްސަ ފަން އިވެންޓެއް ބާއްވާނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދަކީ ވަރަށް ކުރީއްސުރެ ޓީއެފްޖީ އަށް ކަސްރަތު ކުރައްވަން ވަޑައިގަންނަވާ، އެ ޖިމްގެ ދެ މެމްބަރުންނެވެ. ރައީސް ވަނީ މިދިޔަ އަހަރުގެ ރަން އިން ލާމުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.
ރަން އިން ލާމް ރައީސް ފައްޓަވައިދެއްވައިފި
ލާމުގެ ދެވަނަ އެއާޕޯޓް އަޅާނެ ތަނެއް އަދި ނުނިންމާ
ކެމްޕެއިނަށް ރައީސް އައްޑުއަށް، ނަޝީދު ލ. އަތޮޅަށް
ލ. ގަން: ފަސް އަހަރުން ބަދަލުކޮށްލެވިދާނެ!
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސްބޮޑުކުރަނީ
ވިޔަވަތި ކޮންފަރެންސްގެ ތިން ވަނަ ބައްދަލުވުން ގަމުގައި
ލ. އަތޮޅަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް
ލާމަރުކަޒު ކުރުމުގެ މުހިއްމުކަން، ލޮކްޑައުންގެ ސަބަބުން އެނގިއްޖެ
"އެމްޑީޕީގެ ހިންގުން ވެސް ދާއިރާތަކަށް ދޫކޮށްލަންޖެހޭ"
ހައްދުންމަތި ވިޔަފާރީގެ ހަބަކަށް ހަދާނަން: ރައީސް