12 ސެޕްޓެމްބަރ 2022
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ މީހުންނަށް ދޭ އެލަވަންސް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ މީހުންނަށް ދޭ އެލަވަންސް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ލ. ގަމުގައި ކުރިއަށްދިޔަ "ވިއަވަތި" ކޮންފަރެންސް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް އެގޮތަށް ވިދާޅުވިއިރު، މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ އިނާޔަތް މި އަހަރު ފަހުކޮޅު ބޮޑުކުރަން ނިންމާފައިވާ ކަމަށް އިއުލާންކުރައްވައިފަ އެވެ.
"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރުމުގެ ވާހަކައަކީ ހަމަ ދޭތެރެއަކުން އަޅުގަނޑަށް އެ ބޭފުޅުން ބައްދަލުކޮށް ހުށަހަޅާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
"މިހާރު ދަފުތަރެއް އެކުލަވާލުމުން ދަނީ. އެ ނިމުމާ އެކީގައި އިރާދަކުރެއްވިއްޔާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެލަވަންސް ބޮޑުކޮށްދޭނެ ވާހަކަ ދަންނަވަން."
ރައީސް ވާހަކަފުޅުގައި ވަނީ އެ ކޮންފަރެންސްގައި މަޝްވަރާކުރެވުނު އެހެން ބައެއް ކަންކަމަށް ވެސް އަލިއަޅުއްވާލައްވައިފަ އެވެ. އަދި ކައުންސިލްތަކުންނާއި މިނިސްޓްރީތަކާއި އަދި ސަރުކާރުގެ ކުންފުނިތަކުން އެ ކޮންފަރެންސްގައި ހުށަހެޅި ހިޔާލުތަކާ އެއްގޮތަށް ގެންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ބަދަލުތައް ގެންނަވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"ގަމަށް މި ކުރި ދަތުރުގައި އަޅުގަނޑުގެ ހިތުން ރަނގަޅު ކާމިޔާބީތަކެއް އަޅުގަނޑުމެންނަށް ހާސިލުކުރެއްވިއްޖެ،" ރައީސް ވިދާޅުވި އެވެ.
އެ ކޮންފަރެންސްގައި ވަރަށް މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، މިންތީގެ ހަމަހަމަކާއި ބިނާވެށި ޕްލޭންނާއި މާލީގޮތުން ކައުންސިލްތަކާއި ޑަބްލިއުޑީސީ ބާރުވެރިކުރުވުމާއި ވިލުންތެރި މުޖުތަމައުއެއް ބިނާކުރުމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭ ކަންބޮޑުވުންތަކާއި އަދި އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމުގެ ސަރުކާރުން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މުހިންމު ވާހަކަތަކެއް ދެކުވުނު ކަމަށް ފާހަގަކުރެއްވި އެވެ.
ކައުންސިލްތަކުގެ ޑަބްލިއުޑީސީގެ ހިންގުން ހަރުދަނާކުރުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކުގައި ބުރަދަނެއް ހުރި ކަމަށް ރައީސް އެއްބަސްވެވަޑައިގަތެވެ.
ޑަބްލިއުޑީސީތަކަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ބަޖެޓުގެ ދަތިކަމާއި މަސައްކަތްކުރާނެ ރަނގަޅު މާހައުލެއް ނެތުމުގެ އިތުރުން ޕާޓްޓައިމް ވަޒީފާއެއްގެ ގޮތުގައި އެކަން ކުރަން ޖެހުމުން ކުރިމަތިވާ ގޮންޖެހުންތަކެވެ. އަދި ރޯދަމަހުގެ އިނާޔަތް ނުލިބުމާއި މެޓާނިޓީ ލީވް ނުލިބުމުގެ ޝަކުވާގެ އިތުރުން ކައުންސިލްތަކުން އެ ކޮމެޓީ އަށް ބަޖެޓުދޭ ދަތިވާކަމުގެ ޝަކުވާ ވެސް އެބަ އޮތެވެ.
"އަޅުގަނޑަކަށް އަދި ނުފެނޭ ޑަބްލިއުޑީސީ އެއީ އުވާލައިފައި ކައުންސިލާ އެކީގައި އެއްކޮށްލަން ޖެހޭ ހިސާބަށް އަދި ދިޔަ ކަމަކަށެއް. އަޅުގަނޑަށް ފެންނަނީ މިހާރު މި އޮތް ގޮތަށް ކުރިއަށް އަދި ގެންދެވޭތޯ މަސައްކަތްކުރުން. އެގޮތުން އެންމެ ފުރަތަމަ ކުރަންވި ކަމަކީ ޑަބްލިއުޑީސީގައި ތިއްބެވި ބޭފުޅުންނަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމްކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.
"އެއީ ފުލްޓައިމްކޮށް މަސައްކަތްކުރާ ބަޔަކަށް ހެދުމަށް ފެނޭ."
ބިނާވެށި ޕްލޭން ނުވަތަ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް ދިމާވާ މައްސަލަ އަށް ވެސް ރަނގަޅު ހައްލެއް ލިބޭނެ ކަމަށް ރައީސް ގަބޫލުކުރައްވަ އެވެ. އެ ކޮންފަރެންސްގައި ކައުންސިލުތަކުން ހުށަހެޅި ގޮތަށް، ލޭންޑް ޔޫސް ޕްލޭން އެކި ބައިބަޔަށް ބަހާލައިގެން ފާސްކުރެވޭ ގޮތަށް ބަދަލު ގެންނަން ރައީސް ތާއީދުކުރެއްވި އެވެ.
ބާރުތައް އަތުލުން ރައްޔިތުން ގަބޫލެއް ނުކުރާނެ: އިބޫ
އެއާޕޯޓްގެ ސަރަހައްދު މަގޫދޫގެ އިހުތިސާސުން ވަކިކޮށްފި
ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
"ދޫކޮށްލި ބާރުތައް ޖަމާކުރުމަކީ ބިރުވެރި ވާހަކައެއް"
ލާމުގެ ދެވަނަ އެއާޕޯޓް އަޅާނެ ތަނެއް އަދި ނުނިންމާ
ލޯފަން މީހުންނަށް ދެން އަމިއްލައަށް ވޯޓު ލެވޭނެ!
ނުކުޅެދޭ މީހުންގެ އެލަވަންސް ބޮޑުކުރަން ނިންމައިފި
ހާއްސަ އެހީގެ އެލަވަންސް ޖޫން މަހު ބޮޑުކުރަނީ
ކެމްޕެއިނަށް ރައީސް އައްޑުއަށް، ނަޝީދު ލ. އަތޮޅަށް
ނުކުޅެދުންތެރިކަންހުންނަ މީހުންގެ އެހީއަށް ބަދަލުގެންނަނީ