ފ. މަގޫދޫގައި އެއާޕޯޓް ހަދާ ސަރަހައްދު އެ ރަށުގެ އިހުތިސާސުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަކިކުރައްވައިފި އެވެ.
24 އޮކްޓޯބަރ 2023
ފ. މަގޫދޫގައި އެއާޕޯޓް ހަދާ ސަރަހައްދު އެ ރަށުގެ އިހުތިސާސުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަކިކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމުގެ މަސްއޫލިއްޔަތުގެ ދަށުން މަގޫދޫގެ އިދާރީ އިހުތިސާސުން، އެ ރަށުގައި އެއާޕޯޓް ހަދާ ސަރަހައްދު ވަކި ކުރި ކަމަށް ރައީސް ކަނޑައެޅުއްވި ގަރާރު ރައީސް އޮފީހުން އިއްޔެ ވަނީ ގެޒެޓްކޮށްފަ އެވެ.
ރާއްޖޭގައި ހުރިހާ އެއާޕޯޓެއް ވެސް ހިންގަމުން އަންނަނީ ކުންފުނިތަކާ ހަވާލުކޮށްގެން، އެ އެއާޕޯޓު އޮންނަ ރަށުގެ އިހުތިސާސުން ވަކިކޮށްގެންނެވެ.
ފ. މަގޫދޫގެ އިހުތިސާސް ކަނޑައެޅި ގޮތް.
އެމްޓީސީސީއާ ހަވާލުކޮށްގެން މި ސަރުކާރުން ހަދަން ފެށި މަގޫދޫ އެއާޕޯޓްގެ މަސައްކަތަށް އެ ރަށުން 30.8 ހެކްޓަރުގެ ސަރަހައްދެއް ވަނީ ހިއްކައިފަ އެވެ. އަދި އެހެނިހެން ބޭނުންތަކަށް 17 ހެކްޓަރުގެ ސަރަހައްދެއް ހިއްކި އެވެ.
ބިން ހިއްކުމަށް ދައުލަތުގެ ބަޖެޓުން 207 މިލިއަން ރުފިޔާ ހަރަދުކުރި އިރު، އެއާޕޯޓް ހަދަން 252 މިލިއަން ރުފިޔާ ހަރަދުވެ އެވެ.
މަގޫދޫ އެއާޕޯޓް ހަދަނީ 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު، ޕްރައިވެޓް ޖެޓްތައް ވެސް ޖެއްސޭ ގޮތަށެވެ. އެ އެއާޕޯޓުގައި ޖެޓުތައް ޕާކު ކުރެވޭނެ ސަރަހައްދަކާއި ފިއުލް ފާމަކާއި ވީއައިޕީ ލައުންޖެއް އަދި ސިޓީ ހޮޓަލެއް ވެސް ހަދަން ނިންމާފައިވެ އެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަނެއްކާވެސް ފަށައިފި
ބާރުތައް އަތުލުން ރައްޔިތުން ގަބޫލެއް ނުކުރާނެ: އިބޫ
މަގޫދޫ އެއާޕޯޓު މައްސަލާގައި ކުއްލި މައްސަލައެއް!
ނިލަންދޫގައި އެއާޕޯޓު އަޅާނެ ބިން ހިއްކަން ހަވާލުކޮށްފި
މަގޫދޫ އެއާޕޯޓް ހިންގަން ރީޖަނަލް އެއާޕޯޓަށް ދީފި
ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
"ދޫކޮށްލި ބާރުތައް ޖަމާކުރުމަކީ ބިރުވެރި ވާހަކައެއް"
ލާމުގެ ދެވަނަ އެއާޕޯޓް އަޅާނެ ތަނެއް އަދި ނުނިންމާ
ވ. އަތޮޅުގައި އެއާޕޯޓެއް ހަދަން އިންވެސްޓަރުން ހޯދަނީ
މިލަންދޫގައި އެއާޕޯޓު އަޅަން ޓެކްނިކަލް ސާވޭ ހަދަނީ