28 އޯގަސްޓް 2023
ލ. ގަމަށް އޮތް އަމާޒަކީ ބިޔަ މަޝްރޫއުތަކެއް ހިންގުމާ އެކު ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 25,000 މީހުންގެ އާބާދީއަކަށް ތަރައްގީކޮށް އާމްދަނީ ދެގުނަކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ލ. ގަމަށް އޮތް އަމާޒަކީ ބިޔަ މަޝްރޫއުތަކެއް ހިންގުމާ އެކު ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 25,000 މީހުންގެ އާބާދީއަކަށް ތަރައްގީކޮށް އާމްދަނީ ދެގުނަކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރައްވާ ކެމްޕޭންގައި ލ. އަތޮޅަށް ވަޑައިގެން ގިނަ ބަޔަކާ އެކު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އާބަން ސެންޓަރެއްގެ ގޮތުގައި ގަން ތަރައްގީ ކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.
"[އަމާޒަކީ] 25,000 މީހުންގެ އާބާދީއަކަށް ގަން ބަދަލުކުރުން. ހައުސިން އާއި ސިއްހީ ހިދުމަތާއި ތައުލީމާއި ދަތުރުފަތުރުގެ ނިޒާމާ އެކު ބޮޑު ބަދަލުތަކެއް ގެންނަން ޕްލޭންގައި އެބައޮތް," ރައީސް ވިދާޅުވި އެވެ.
ރައީސް ދެ ވަނަ ދައުރަކަށް ކުރައްވާ ކެމްޕޭންގައި ގަމުގައި ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ. -- ފޮޓޯ | އެމްޑީޕީ
އެ ބަދަލަށް އަމާޒު ހިފާއިރު, ރައީސް ވިދާޅުވި ގޮތުގައި, ބޯހިޔާވަހިކަމަކީ އެންމެ މުހިއްމު އެއް ކަންތަކެވެ. އެކަން ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ރައީސް ވިދާޅުވީ ގަމަށް ހާއްސަކޮށްގެން 1,000 ހައުސިން ޔުނިޓް އަޅާނެ ކަމަށެވެ. އެއާއެކު ޖުމްލަ 5,000 ހައުސިން ޔުނިޓް ތަރައްގީކޮށް އެންމެންނަށް އެ ސްކީމް ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުމެއް ނެތް މަޖުބޫރުން މިތަނަށް މީހުން ގެނައުމަށް. ކުރަން ޖެހޭނެ ކަމަކީ މީހުން ހިޖުރަކުރަން ޝައުގުވެރިވާ ކަހަލަ ކަންތައްތައް މިތަނުގައި ޑިވެލޮޕްކުރުން," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ގަމާއި ފޮނަދޫ އެކީގައި ތަރައްގީކޮށް ބޮޑު ބަދަލެއް ގެނައުމަށް މަސައްކަތްތަކެއް މި ފަސް އަހަރުގެ ތެރޭގައި ކުރިއަށް ގެންދިޔަ އެވެ.
ގަމުގައި ބޭއްވި ޖަލްސާގައި ރައީސްގެ ސަޕޯޓަރުން ބައިވެރިވަނީ. -- ފޮޓޯ | އެމްޑީޕީ
މާލޭގައި އަޅަން އޮތް ކެންސަރު ހޮސްޕިޓަލް ގަމަށް ބަދަލުކުރުމާއި އެއާޕޯޓް އިންޓަނޭޝަނަލް ކުރުން ފަދަ ކަންކަން ކުރިއަށް އެބަދާ ކަމަށް ވިދާޅުވި އެވެ.
1,000 ހައުސިން ޔުނިޓް ގަމަށް ހާއްސަކޮށް އަޅާނަން
ޖުމްލަ 5,000 ހައުސިން ޔުނިޓް އަޅައި ގަމަށް ބަދަލުވާން ބޭނުންވާ މީހުން ހިމަނައިގެން އެންމެންނަށް ހުޅުވާލާނަން
ކެންސަރު ހޮސްޕިޓަލް ގަމުގައި އަޅާނެ, އޮތީ ޕްރީ ޓެންޑަރިން މަރުހަލާގައި.
އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރާނަން
ބޭރުން ފްލައިޓް ޖެއްސޭ ގޮތް ހަދަނީ ޓޫރިޒަމް ފައްކާކުރަން
އިތުރު ވަޒީފާތައް އުފައްދާނަން
ސްޕޯޓްސް އެރީނާތަކެއް ހަދާނަން
ފުޓްބޯޅައަށް ބޮޑު ދަނޑަކާއި ވޮލީ ކޯޓަކާއި ދުވާ ޓްރެކެއް އަޅާނަން
ގަމުން ކުރިން ގޯތި ދޫކޮށްފައި ހުރި ސަރަހައްދަށް ފެނާއި ނަރުދަމާ ގާއިމްކޮށްދޭނަން
ބަރެސްދޫގައި ލަސްތަކެއް ނުވެ ޓޫރިޒަމް ފެށޭ ގޮތް ހަދާނަން
ގަމުގައި ބޭއްވި ޖަލްސާގައި އެ ރަށުގެ ބަޔަކު ބައިވެރިވަނީ: ގަމުގެ މަޝްރޫއުތައް ކޮވިޑާ ހެދި ލަސްވިޔަސް ޕްލޭނަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ވިދާޅުވި. -- ފޮޓޯ | އެމްޑީޕީ
މިއީ ރައީސް ވިދާޅުވި ގޮތުގައި އާބަން ސެންޓަރެއްގެ ގޮތުގައި ގަމާއި ފޮނަދޫ އެއްކޮށް ތަރައްގީކުރަން ކުރާ މަސައްކަތުގެ ބައެކެވެ. އެ ބިޔަ ބަދަލު ނުގެނެވި ލަސްވީ ކޮވިޑާ ހެދި ކުރިމަތިވި އުނދަގޫ ހާލަތާ ހެދި ކަމަށާއި އެހެން ވިޔަސް ޕްލޭނަށް އަދިވެސް ބަދަލެއް ނާންނަ ކަމަށާއި މިކަންކަން ސަރުކާރުން ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ރައީސްގެ ދިގު ސިޔާސީ ހަޔާތުގައި ފުރަތަމަ ނާކާމިޔާބީ!
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް
"ތިނަކަށް ވޯޓުދީ، ނޫނީ ކަރުނަ އަޅާ ރޯންޖެހިދާނެ"
ރައީސް ހޮވައިދީ، އެ އޯގާތެރިކަން ކުރިއަށްދާނެ: ފަޒުނާ
ނޮވެމްބަރު 5 ގެ ކުރިން ބިމުގެ ރަޖިސްޓްރީ ހަވާލުކުރާނެ
ފިލްމީ ތަރިންނާއި ފަންނާނުންގެ ތާއީދު ރައީސަށް