01 އޮކްޓޯބަރ 2023
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް އަބަދުވެސް އެންމެ ސަޕޯޓް ބޮޑު ގިނަ ރަށްތަކަކުން ވަނީ ތާއީދު ގެއްލިފަ އެވެ. އެންމެ ދެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގެ އަޣުލަބިއްޔަތު ވެސް ނަންގަވައި، މި އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދެވީ އިންތިހާބީ ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް އަބަދުވެސް އެންމެ ސަޕޯޓް ބޮޑު ގިނަ ރަށްތަކަކުން ވަނީ ތާއީދު ގެއްލިފަ އެވެ. އެންމެ ދެ އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގެ އަޣުލަބިއްޔަތު ވެސް ނަންގަވައި، މި އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދެވީ އިންތިހާބީ ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
ދެ ވަނަ ބުރުގައި، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް މުއިއްޒު ކުރި ހޯއްދެވީ 54 ޕަސެންޓުންނެވެ. ރައީސަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ގެއްލުނު ރަށްތަކުގެ ތެރޭގައި ހދ. ކުޅުދުއްފުއްޓާއި ބ. ތުޅާދު އާއި ކ. މާފުއްޓާއި ލ. ގަން އަދި ފުވައްމުލަކު ކަހަލަ އެ ޕާޓީ އަށް ކުރިން ތާއީދު ވަރަށް ބޮޑު ކިތަންމެ ރަށެއް ހިމެނެ އެވެ.
އެމްޑީޕީއަށް އަބަދުވެސް އެންމެ ބޮޑު ތާއީދެއް އޮންނަ މާލެއިން ވެސް ރައީސަށް މިފަހަރު އަޣުލަބިއްޔަތު ލިބިވަޑައިނުގަތެވެ. މާލެއިން މުއިއްޒު 54 ޕަސެންޓް ހޯއްދެވި އިރު، ރައީސް ހޯއްދެވީ 46 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ "ދިވެހިންގެ ރާއްޖެ" ކެމްޕެއިން ނިންމާލުމުގެ ހިނގާލުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސަށް އަޣުލަބިއްޔަތު ލިބުނު މަދު އަތޮޅުތަކުގެ ތެރެއިން އެ މަނިކުފާނުގެ އުފަން ރަށް ހިންނަވަރު ހިމެނޭ ޅ. އަތޮޅުގެ ތާއީދު ވެސް މި ބުރުގައި ގެއްލުނެވެ. އެ އަތޮޅުގެ ތާއީދު، 200 އެއްހާ ވޯޓުގެ ފަރަގަކުން ހޯއްދެވީ މުއިއްޒެވެ. ފުރަތަމަ ބުރުގައި މުއިއްޒަށް އެ އަތޮޅުގެ ތާއީދު ނުލިބުނީ ވެސް އެހާކަށްހާ ވޯޓުންނެވެ.
މި ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަޣުލަބިއްޔަތު ލިބުނީ، ފުރަތަމަ ބުރުގައި ވެސް ކުރި ހޯއްދެވި އއ. އަތޮޅާއި އައްޑޫން އެކަންޏެވެ. އއ. އަތޮޅުން ދެ ކެންޑިޑޭޓުންގެ މެދުގައި އެއް ޕަސެންޓްގެ ފަރަގެއް ވެސް ނެތެވެ. އެހެންވެ، އެ އަތޮޅު ވެސް ރައީސަށް ލިބިވަޑައިގަތީ ކިރިޔާ އެވެ.
އެމްޑީޕީގެ "ހިތް" ކަމުގައި ސިފަކުރާ އައްޑޫން ރައީސަށް މެޖޯރިޓީ ލިބިވަޑައިގަތަސް، މުއިއްޒު ވެސް ވަނީ 45 ޕަސެންޓް ވޯޓް ހޯއްދަވައިފަ އެވެ. އެއީ 2،000 އެއްހާ ވޯޓުގެ ފަރަގަކުންނެވެ. ރައީސަށް އައްޑޫން ލިބިވަޑައިގަތީ 10،000 އެއްހާ ވޯޓެވެ. މުއިއްޒަށް ލިބިވަޑައިގަތީ 8،000 ވޯޓެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުވުމުން ޕީޕީއެމުން އުފާ ފާޅުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ މ. އަތޮޅާއި ފ. އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ ހިސާބެއްގެ މެޖޯރިޓީ ހޯއްދަވައިގެންނެވެ.
މުއިއްޒުގެ އުފަން ރަށް، ހއ. ވަށަފަރުންނާއި އެ އަތޮޅުން ވެސް ބޮޑު ތާއީދެއް އެ މަނިކުފާނު އިއްޔެ ހޯއްދެވި އެވެ. އެ އަތޮޅުން މުއިއްޒަށް ވަނީ 56 ޕަސެންޓް ވޯޓު ލިބިވަޑައިގެންފަ އެވެ.
މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފުގެ އުފަން ރަށް ގދ. ފަރެސްމާތޮޑާ އިން ވެސް ބޮޑު ތަފާތަކުން އެ މަނިކުފާނު ކުރި ހޯއްދެވި އެވެ. އެ ރަށުން މުއިއްޒަށް 70 ޕަސެންޓްގެ ވޯޓު ލިިބިވަޑައިގަތެވެ.
މުއިއްޒަށް ބޮޑު ތާއީދެއް ލިބުނު، ކުރިން އެމްޑީޕީގެ ބާރު އޮތް ބައެއް ރަށްތަކުގެ ތެރޭގައި ހިމެނެނީ؛
• ހއ. އިހަވަންދޫ.
• ހއ. ދިއްދޫ.
• ހދ. ކުޅުދުއްފުށި.
• ރ. އަލިފުށި.
• ބ. ތުޅާދޫ.
• ކ. މާފުށި.
• ކ. ގުރައިދޫ.
• ލ. ގަން.
• ގދ. ގައްދޫ.
• ގދ. ތިނަދޫ.
• ފުވައްމުލައް.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު މިދިޔަ މަހު ލ. އަތޮޅަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔަން ގިނަ ބަޔަކު ނުކުމެ: އެ އަތޮޅުން ވެސް މުއިއްޒު ވަނީ މެޖޯރިޓީ ނަންގަވައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުޑަރަށް ބޮޑުރަށް ތަފާތު ނުކުރުމުގެ ސިޔާސަތުގެ ދަށުން އެ މަނިކުފާނު އެންމެ ގާތް ގުޅުމެއް ބޭއްވި ބ. ފެހެންދު އާއި ވ. ރަކީދޫން ވެސް ތާއީދު ގެއްލުނެވެ. ފެހެންދޫން މުއިއްޒު 57 ޕަސެންޓް ހޯއްދެވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 42 ޕަސެންޓެވެ. ރަކީދޫން މުއިއްޒު 51 ޕަސެންޓް ހޯއްދެވި އެވެ. ރައީސަށް ލިބިވަޑައިގަތީ 48 ޕަސެންޓެވެ.
އިންތިހާބީ ރައީސް މުއިއްޒަށް އިއްޔެ އެންމެ ބޮޑު ކާމިޔާބީއެއް ލިބިވަޑައިގަތީ ދ. އަތޮޅުންނެވެ. އެއީ މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އަތޮޅެވެ. އެ އަތޮޅުން މުއިއަޒަށް 61 ޕަސެންޓް ލިބިވަޑައިގަތެވެ.
ސާޖިދާގެ މަންމަ ހަބީބާ އަލީ އަކީ ދ. މީދޫގެ ބޭފުޅެކެވެ. ސާޖިދާއަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް މުހައްމަދު އިބްރާހިމްގެ ދަރިކަނބަލެކެވެ.
މީދު އަށް އެކި ފަހަރު މަތިން ވަޑައިގެން ސާޖިދާ ވަނީ މުއިއްޒަށް ކެމްޕެއިން ވެސް ކުރައްވައިފަ އެވެ. އެންމެ ފަހުން އެ ރަށުގައި ހުންނަވައި، އެމްޑީޕީން މުއިއްޒަށް ކުރާ ބޮޑެތި ތުހުމަތުތައް ދިފާއު ކުރައްވައި، އެކަމަނާ ދެއްވި ރައްދަށް އާންމުންގެ ބޮޑު ސަމާލުކަމެއް ވެސް ލިބުނެވެ.
ލ. ގަމުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޑރ. މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ އަތޮޅުގެ އެންމެ ރަށެއް ފިޔަވައި ހުރިހާ ރަށަކުން މެޖޯރިޓީ ހޯދީ މުއިއްޒެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މެޖޯރިޓީ ލިބިވަޑައިގަތީ ރިނބުދޫން އެކަންޏެވެ. އެ އަތޮޅުގެ ވެރިކަން ކުރާ ރަށް، ކުޑަހުވަދޫން ބޮޑު ތަފާތަކުން މުއިއްޒު ކުރި ހޯއްދެވި އެވެ.
ދ. އަތޮޅު ފިޔަވައި މުއިއްޒު މެޖޯރިޓީ ނެގި އެހެން ހުރިހާ އަތޮޅަކުން އެ މަނިކުފާނަށް ލިބިވަޑައިގަތީ 50-57 ޕަސެންޓް ވޯޓެވެ.
ކުޅުދުއްފުށިން 54 ޕަސެންޓްގެ ވޯޓް މުއިއްޒު ހޯއްދެވި އެވެ. ތިނަދޫން 52 ޕަސެންޓާ ގާތްކުރާ އަދަދެއްގެ ވޯޓް ހޯއްދެވި އިރު، ފުވައްމުލަކުން 56 ޕަސެންޓް މުއިއްޒަށް ލިބިވަޑައިގަތެވެ.
ކ. އަތޮޅާއި ފ. އަތޮޅާއި ގދ. އަތޮޅުން މުއިއްޒު ވަނީ 57 ޕަސެންޓް ލިބިވަޑައިގެންފަ އެވެ.
ރައީސާއި މުއިއްޒު ވެސް ކުރެންދޫގައި
މުއިއްޒުގެ ވައުދުތަކަކީ ކުރިއަށްދާ މަޝްރޫއުތައް: މާރިޔާ
"އަނިޔާވެރިއެއް ނުވާނަން، އެކަމަކު އިންސާފުވެރިވާނަން"
ޑރ. މުއިއްޒުގެ ރިޔާސީ ދަތުރު: ހިތްވަރާއި ކެރުން!
ވިސްނުމަކީ މުއިއްޒަށް ދެވަނަ ދައުރެއް ދިނުން: އަދުރޭ
މުއިއްޒުގެ ފަހު ޖަލްސާ: ޒިންމާތައް ޑެޕިއުޓީ މޭޔަރަށް
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
ޒިންމާދާރުއިދިކޮޅުޕާޓީއަކަށް ވާން މުއިއްޒު ގޮވާލައްވައިފި
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ