Roadha Mihaaru
ޒިންމާދާރުއިދިކޮޅުޕާޓީއަކަށް ވާން މުއިއްޒު ގޮވާލައްވައިފި

ޒިންމާދާރު އިދިކޮޅު ޕާޓީއަކަށް އެމްޑީޕީ ވާން މުއިއްޒު ގޮވާލައްވައިފި

02 އޮކްޓޯބަރ 2023

އެ މަނިކުފާނު އަންނަ މަހުގެ 17 ގައި ވެރިކަމުގެ ހުވާކުރެއްވުމާ އެކު، އެމްޑީޕީ ވާނީ އިދިކޮޅު ޕާޓީ އަށް ކަމަށް ވާތީ އެއީ ޒިންމާދާރު އިދިކޮޅު ހަރަކާތަކަށް ހެދުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އެ މަނިކުފާނު އަންނަ މަހުގެ 17 ގައި ވެރިކަމުގެ ހުވާކުރެއްވުމާ އެކު، އެމްޑީޕީ ވާނީ އިދިކޮޅު ޕާޓީ އަށް ކަމަށް ވާތީ އެއީ ޒިންމާދާރު އިދިކޮޅު ހަރަކާތަކަށް ހެދުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި 19،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުން އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރައްވައި ކުރިއަށް އޮތް ފަސް އަހަރުގެ ދައުރު ކަށަވަރު ކުރެއްވި މުއިއްޒު އެހެން ވިދާޅުވީ، އެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ބައްދަލުވުމުގަ އެވެ.

ރާއްޖޭގެ ރައީސްކަމަށް އިންތިހާބު ވުމަށް ފަހު ފުރަތަމަ ފަހަރަށް ދިވެހި ރައްޔިތުންނާ މުހާތަބު ކުރައްވަމުން މުއިއްޒު ވިދާޅުވީ، ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން މަސައްކަތް ފަށަން ތައްޔާރުވާން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ކަމަށް މަރުހަބާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ޒިންމާދާރު އިދިކޮޅު ޕާޓީއެއް ސަރުކާރަށް މުހިންމު ވާނެ ކަމަށާއި އެފަދަ ޕާޓީއަކުން ސަރުކާރަށް ފާޑުކިޔާނެ ކަމަށެވެ. ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވުރެ ރަނގަޅު ސިޔާސަތުތައް ވެސް ޒިންމާދާރު އިދިކޮޅު ޕާޓީއަކުން ރައްޔިތުންނަށް ގެނެސްދޭނެ ކަަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީ އަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީ އަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެކަމަކު، މުއިއްޒު ވިދާޅުވި ގޮތުގައި ގައުމަށް ބޮޑު ކަމެއް ދިމާވާ ދުވަހަކު، ޒިންމާދާރު އިދިކޮޅު ޕާޓީއަކުން އެއްގަލަކަށް އަރާނެ އެވެ.

"އެ ގޮތަށް އެކަން ކޮށްދެއްވުމަށް އަޅުގަނޑު އެދެން. އަޅުނޑާއި އެމްޑީޕީ އަށް ވެސް އެންމެ ފަރިތަ، އަޅުގަނޑަށް ވެސް 8 އަހަރު ދުވަހު އުޅެވުނު އެންމެ ފަރިތަ ގައުމަކީ އިނގިރޭސި ވިލާތް. އިނގިރޭސި ވިލާތުގައި ހުރިހާ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އެކަން ހިނގާ ގޮތް. އެހެންވީމާ އެ ގޮތަށް މި ދެންނެވީ އެމްޑީޕީ އަށް ރެސްޕޮންސިބަލް އޮޕޮޒިޝަނެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެކޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ދިވެހިން ބޭނުންވާ ހަމަޖެހުން ގައުމަށް ގެނެވޭނީ އޭރުން ކަމަށެވެ. ވިދާޅުވީ، ދެ ލައްކަ އަށް ވުރެ ގިނަ މީހުން މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލީ ރިޔާސީ ނިޒާމެއް ބޭނުންވެގެން ކަމަށާއި ދިވެހިން ބޭނުންވަނީ އެ ގޮތް ކަަމށެވެ.

"މި ގައުމަކުއެއް ރައްޔިތުން ބޭނުމެއް ނުވޭ އިރުކޮޅުކޮޅާ އެހެން ގޮތްގޮތަށް ވާހަކަ ދައްކާކަށް. އިރާދަކުރެއްވިއްޔާ މި ގައުމު ދާނީ މި ގޮތަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.