02 އޮކްޓޯބަރ 2023
އޭނާ އެކުލަވައިލާ ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން މިހާރު ހިނގާ ޓްރާންސިޝަނަލް މުއްދަތުގެ ތެރޭގައި ސަރުކާރުގެ އެކި އިދާރާތަކަށް ޓީމުތައް ދާނެ ކަމަށާއި މި ސަރުކާރުން ހަދާފައިވާ އެއްވެސް އެއްބަސްވުމެއް ނުފޮރުވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ހޮނިހިރު ދުވަހުގެ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ވެރިކަމަށް ހޮވި ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެކުލަވައިލާ ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން މިހާރު ހިނގާ ޓްރާންސިޝަނަލް މުއްދަތުގެ ތެރޭގައި ސަރުކާރުގެ އެކި އިދާރާތަކަށް ޓީމުތައް ދާނެ ކަމަށާއި މި ސަރުކާރުން ހަދާފައިވާ އެއްވެސް އެއްބަސްވުމެއް ނުފޮރުވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ހޮނިހިރު ދުވަހުގެ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ވެރިކަމަށް ހޮވި ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އިންތިހާބުގެ ބޮޑު ކާމިޔާބީ ފާހަގަކުރަން ބޭއްވި ހަފުލާގައި ދިވެހި ރައްޔިތުންނާ މުހާތަބު ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، އަންނަ ނޮވެމްބަރު 17 ގައި ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން މައުލޫމާތު ހޯދަން ޓީމުތައް ސަރުކާރުގެ އިދާރާތަކަށް ދިއުމުން ޒިންދާރު ގޮތެއްގައި އަމަލު ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. އެ ކަން އެ ގޮތަށް މި ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވާނެ ބަލަން މައުލޫމާތު. އެއީ އަޅުގަނޑު ބޭނުން ރައްޔިތުންނަށް ހަގީގީ މަސައްކަތް ކޮށްދޭން. ނަތީޖާ ނެރެދޭން. އެހެންވީމާ އެގްރީމަންޓެއްގެ އެއްބައި ފޮރުވާފައި އަނެއްބައި ދައްކައި ހެދީމަކާ ރަނގަޅެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޓްރާންސިޝަނަލް މުއްދަތުގައި ސަރުކާރުން ކަންކަން ކުރާނީ ވަރަށް ޒިންމާދާރު ގޮތެއްގައި ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިއްޔެ ދެއްވި އެވެ.
އިންތިހާބުގެ ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް މުއިއްޒާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރާއްޖޭގެ އާ ރައީސަކަށް މުއިއްޒު އިންތިހާބު ކުރުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ އެ މަނިކުފާނާ ބައްދަލުކުރައްވައިފަ އެވެ.
މުއިއްޒުގެ ޓީމުން ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރިއިރު، އެންމެ ބޮޑަށް ފެންމަތި ކުރި އެއް ކަމަކީ މި ސަރުކާރުން ހަދާފައިވާ އެކިއެކި އެއްބަސްވުންތައް ހާމަނުކުރާ މައްސަލަ އެވެ. އޭގެ ތެރޭގައި އަމީނީ މަގު ހެދުމުގެ އެއްބަސްވުމާއި އިންޑިއާއާ އެކު ހަދާފައިވާ އެކިއެކި އެއްބަސްވުންތަކުގެ ވާހަކަ އޭރު ދެއްކި އެވެ.
އިންތިހާބީ ރައީސް މުއިއްޒު މިރޭ ވިދާޅުވީ، ނޮވެމްބަރު 17 ގައި އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަންނަވާއިރު، މައުލޫމަތުތައް ލިބި، ހުންނާނީ ބާރު ސްޕީޑްގައި ސަރުކާރު ހިންގަން ފެށޭވަރު ވެފައި ކަމަށެވެ. އެކަމަކު، ރައްޔިތުންގެ މަޖިލިހުގެ އެއްބާރުލުމަށް މުއިއްޒު އެދިވަޑައިގަތެވެ.
އިންތިހާބުގެ ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ރައްޔިތުންގެ މަޖިލިހުގައި ވެސް ތިއްބެވީ އިންތިހާބު ކުރެވިފައިވާ ބޭފުޅުން. އެ ބޭފުޅުން ވެސް ބޭނުންފުޅުވެލައްވާނެ ޑިމޮކްރެޓިކް ޕްރޮސެސް އަށް ރެސްޕެކްޓް ކުރައްވަން. އެހެންވީމާ މި ދުވަސްކޮޅު ވެސް އަޅުގަނޑު އެދެނީ އަދި ޔަގީން ކުރަނީ ރައްޔިތުންގެ މަޖިލިހުގެ ފުރިހަމަ އެއްބާރުލުން އަޅުގަނޑަށް ދެއްވާނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.
މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ އެކު މާދަމާ ބައްދަލުވުމެއް އެބައޮތް ކަމަށާއި އެ ވާހަކަ އެ މަނިކުފާނަށް ދަންނަވާނެ ކަމަށެވެ.
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
ޒިންމާދާރުއިދިކޮޅުޕާޓީއަކަށް ވާން މުއިއްޒު ގޮވާލައްވައިފި
އަޅުގަނޑަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނި:މުއިއްޒު
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ
ފަހަރަކު ކަމެއް ނިންމަމުން ގޮސް ރާއްޖޭގެ ވެރިކަމަށް!
"ކޮންމެ މީހަކު އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަވާނެ"
ކުރިއަށް އޮތް ދައުރު މުއިއްޒަށް ކަށަވަރުވެއްޖެ!