Roadha Mihaaru
ކުރިއަށް އޮތް ދައުރު މުއިއްޒަށް ކަށަވަރުވެއްޖެ!

ކުރިއަށް އޮތް ދައުރު މުއިއްޒަށް ކަށަވަރުވެއްޖެ!

30 ސެޕްޓެމްބަރ 2023

ކުރިއަށް އޮތް ފަސް އަހަރުގެ ރައީސް ކަމުގެ މަގާމު، މާލޭގެ މޭޔަރު އަދި ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހަންމަދު މުއިއްޒު މިއަދު ކަށަވަރު ކުރައްވައިފި އެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ރައީސް ކަމުގެ މަގާމު، މާލޭގެ މޭޔަރު އަދި ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހަންމަދު މުއިއްޒު މިއަދު ކަށަވަރު ކުރައްވައިފި އެވެ.

މުޅި ރާއްޖޭގައި ބަހައްޓާފައިވާ 586 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް ގުނި 487 ގޮށިން އެ މަނިކުފާނު ވަނީ 100،139 ވޯޓު ހޯއްދަވައިފަ އެވެ. މުއިއްޒާ ވާދަކުރެއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ލިބިވަޑައިގަތީ 85،356 ވޯޓެވެ. އެއީ، 15،000 ވޯޓުގެ ފަރަގެވެ.

އިއްޔެ ނިންމައިލި ރިޔާސީ ކެމްޕެއިންގެ ތެރޭގައި މުއިއްޒު ސަޕޯޓަރުންނާ އެކު.---ފޮޓޯ: ނިޝާން އަލީ| މިހާރު

އިއްޔެ ނިންމައިލި ރިޔާސީ ކެމްޕެއިންގެ ތެރޭގައި މުއިއްޒު ސަޕޯޓަރުންނާ އެކު.---ފޮޓޯ: ނިޝާން އަލީ| މިހާރު

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 282،804 މީހުންގެ ތެރެއިން ވޯޓު ލާފައިވާ ކަމަށް ބެލެވެނީ 85 ވަރަކަށް ޕަސެންޓް މީހުންނެވެ. އޭގެ މާނައަކީ، އެއީ ގާތްގަނޑަކަށް 240،000 މީހުންނެވެ.

މި ނިސްބަތުން ބަލާ ނަމަ، އަދި ވޯޓު ފޮށިތަކުގެ ނަތީޖާތަކުގެ ސަގާފަތް ދައްކާ ގޮތުން މުއިއްޒުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރި ހޯއްދެވުމަކީ ނާދިރު ކަމެކެވެ. ސަބަބަކީ ނުގުނައި ހުރި ވޯޓުގެ 50 ޕަސެންޓް ރައީސް ހޯއްދަވަން ޖެހިވަޑައިގަންނަވާނެތީ އެވެ.

މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ މުއިއްޒެވެ. ފުރަތަމަ ބުރުގައި މުއިއްޒު 101،635 ވޯޓު ހޯއްދެވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ ވެސް 15،474 ވޯޓުގެ ފަރަގެވެ.