19 އޯގަސްޓް 2023
ކެމްޕެއިން ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަށައިގެން ކުރިއަށް ގެންދާ މަޝްރޫއުތައް ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ރައްދު ދެއްވައިފި އެވެ.
ކެމްޕެއިން ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދުތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަށައިގެން ކުރިއަށް ގެންދާ މަޝްރޫއުތައް ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ރައްދު ދެއްވައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނުކަން ކުރައްވާ މާރިޔާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ވާދަވެރި ކެންޑިޑޭޓް، މުއިއްޒުގެ ފަރާތުން ރަށްރަށުގެ ރައްޔިތުންނަށް އާ ވައުދެއް ވަމުންނުދާ ކަމަށާއި އަބަދުވެސް ދައްކަވަނީ މި ސަރުކާރުން މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ވާހަކަ ކަމަށެވެ.
"... ކޮންމެ ފަހަރަކު ވެސް މި [ވައުދު] ވެވަޑައިގަންނަވަނީ އަޅުގަނޑުމެންގެ ހިނގަމުންދާ މަޝްރޫއުކާ ގުޅިގެން. އަޅުގަނޑުމެން ކުރަން ބުނެފައި ހުންނަކަމެއް ނޫން. ހިނގަމުންދާ މަޝްރޫއުތައް، ތިމަންނާ ވެރިކަމަށް އަތުވެއްޖެއްޔާ ކުރާނަމޭ،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ އެއީ މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ކުރަމުން ދާތީ "އިތުރަށް ވާނެ ވައުދެއް ނެތިގެން" ވާ ވައުދުތަކެއް ކަމަށެވެ.
"ބައްލަވާ. ،މުއްޔަށް އަރުއްވާފައި އެއާޕޯޓުގެ ވާހަކަ ދައްކާއިރު މުލީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އެ ދަނީއޭ ކުރަމުން،" މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ އަކީ ރައްޔިތުންނާ ވާހަކަ ދައްކައި، އެ ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުންފިލުވުމަށް ފަހު، މެނިފެސްޓޯ ތައްޔާރުކޮށް ހުރިހާ ކަމެއް ވަރަށް ތަރުތީބުން ކުރާ ޕާޓީއެއް ކަމަށެވެ.
ބައްލަވާ. ،މުއްޔަށް އަރުއްވާފައި އެއާޕޯޓުގެ ވާހަކަ ދައްކާއިރު މުލީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އެ ދަނީއޭ ކުރަމުން: މާރިޔާ
ރިޔާސީ އިންތިހާބުގެ ޓިކެޓް މުއިއްޒަށް ލިބިވަޑައިގެންނެވި ގޮތަށް އިޝާރާތްކުރައްވައި، މާރިޔާ ވަނީ އެ ޕާޓީއަކީ ތަސައްވުރެއް އަދި މެނިފެސްޓޯއެއް ވެސް ނެތް ޕާޓީއެއް ކަމަށް ވިދާޅުވެފަ އެވެ.
"ރިޔާސީ އިންތިހާބުގެ ނޮމިނޭޝަންސް އަންނަން އެއް ދުވަހަށް ވެފައި އޮއްވައި، ކުއްލިއަކަށް ޕީޕީއެމުން އެ ބޭފުޅާ ހުންނެވި ޑެޕިއުޓީ ލީޑަރުގެ މަގާމު ދޫކޮށްލައްވާފައި ދެން ވަޑައިގެން ޕީއެންސީއަށް ވަޑައިގެން ޕީއެންސީގެ ކެންޑިޑޭޓް ގޮތަށް ހުންނެވީ. އެހެންވީމަ އެކަން ނިމިގެން ދިޔަ ގޮތުން ވެސް އެނގޭ އެމީހުން [އިދިކޮޅު] ގެ މެނިފެސްޓޯއެއް ނޯންނާނެކަން. އެ މީހުންގެ ތަސައްވަރެއް ނޯންނާނެކަން."
މާރިޔާ ވިދާޅުވީ މާލޭގެ މޭޔަރުގެ ގޮތުގައި ހުންނަވައިގެން ވެސް މުއިއްޒު ރާއްޖޭގެ އެއްވެސް ރަށަކަށް ވަޑައިގެންކަމަށް ގަބޫލުނުކުރެއްވޭ ކަމަށެެވެ. އޭގެ ނަތީޖާއަކީ ކުއްލިއަކަށް ޕީއެންސީގެ ޓިކެޓް ލިބިވަޑައިގަތުމާ އެކު ރަށްރަށަށް ވަޑައިގެން ސަރުކާރުގެ މަޝްރޫއުތަކުން ވައުދުތައް ވަމުން ދިއުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުދި ރަށްތަކަށް ވަޑައިގެން މުއިއްޒު ދައްކަވަނީ އެ ރަށްތަކުގެ މުހިއްމު ވާހަކަ ކަމަށާއި ބޮޑު ރަށަކަށް ވަޑައިގެން ދެން ވިދާޅުވަނީ އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ބޮޑު ރަށްތަކަށް ކަމަށެވެ. އެހެންވެ، "ދެއްކޭ ނުދެއްކޭ" ވާހަކައެއް މުއިއްޒު އެނގިވަޑައިނުގަތަސް ރައްޔިތުން ކަނުލައި އަޑުއަހަމުންދާ ކަމަށް ވިދާޅުވެ މާރިޔާ ވަނީ މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
މާރިޔާ ވަނީ 2013 ގެ އިންތިހާބުގައި އޭރު ޕީޕީއެމުން ވުމަށް ފަހު ނުފުއްދޭ ބައެއް ވައުދުތައް ވެސް ފާހަގަކުރައްވައިފަ އެވެ.
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
ޑރ. މުއިއްޒުގެ ރިޔާސީ ދަތުރު: ހިތްވަރާއި ކެރުން!
ވިސްނުމަކީ މުއިއްޒަށް ދެވަނަ ދައުރެއް ދިނުން: އަދުރޭ
މުއިއްޒުގެ ފަހު ޖަލްސާ: ޒިންމާތައް ޑެޕިއުޓީ މޭޔަރަށް
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
ޒިންމާދާރުއިދިކޮޅުޕާޓީއަކަށް ވާން މުއިއްޒު ގޮވާލައްވައިފި
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ
"ކޮންމެ މީހަކު އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަވާނެ"