Roadha Mihaaru
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު

ރައީސްގެ ފުރިހަމަ ކެމްޕޭނާއި ދެއްކެވި ހިތްވަރަށް ނަޝީދުގެ ތައުރީފު

01 އޮކްޓޯބަރ 2023

ނިމުނު ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވީ ފުރިހަމަ ކެމްޕޭނެއް ކަމަށާއި އެ އިންތިހާބުގައި އެ މަނިކުފާނު ދެއްކެވި ހިތްވަރަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނިމުނު ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވީ ފުރިހަމަ ކެމްޕޭނެއް ކަމަށާއި އެ އިންތިހާބުގައި އެ މަނިކުފާނު ދެއްކެވި ހިތްވަރަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އިސް މެމްބަރުންތަކަކާ އެކު އެ ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފައްދަވައި އެ ޕާޓީގައި އިސްކޮށް އުޅުއްވާ ނަޝީދު އެކްސްގައި ވިދާޅުވީ ރައީސް ކުރެއްވި ފުރިހަމަ ކެމްޕޭނާއި ދެއްކެވި ހިތްވަރާއި ރިވެތި މިސާލަށް އެ މަނިކުފާނަށާއި އެމްޑީޕީއަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ކުރި ހޯއްދެވީ، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އަދި ރައީސް ރޭ ވަނީ ބަލި ގަބޫލުކުރައްވައި، މުއިއްޒަށް މަރުހަބާ ދަންނަވައިފަ އެވެ.

އިންތިހާބު މުއިއްޒަށް ކަށަވަރުވުމާ އެކު، ނަޝީދު ރޭ ވަނީ އެކްސް މެދުވެރިކޮށް އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންނަށް އެއްވެސް ފަރާތަކުން ބަދުބަސްބުނެ ފުރައްސާރަނުކުރުމަށް އިލްތިމާސްކުރައްވައިފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބުވެވަޑައިގަތުމުން ޑިމޮކްރެޓްސް އުފައްދައި މަސައްކަތް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަން ނިންމުމަށެވެ. މުޅި ކެމްޕޭނުގެ ތެރެއިން ނަޝީދު އިސްވެ ވަނީ އެމްޑީޕީ އަށާއި ރައީސަށް ބޮޑެތި ފާޑުކިޔުންތަކާއި ސީރިއަސް ތުހުމަތުތައް ކުރައްވައިފަ އެވެ.

އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ފުރަތަމަ ބުރުުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ނެރުނުއިރު، ދެވަނަ ބުރުގައި ނިންމީ އެމްޑީޕީ އާއި ޕީޕީއެމްގެ ތެރެއިން އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށެވެ.

ޑިމޮކްރެޓްސް އިން މިހާރު ވަނީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ހުށަހަޅައި މަޖިލީހުން ގަރާރު ފާސްކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަނަށް އެ ގަރާރު ފޮނުވާފައިވާ އިރު އެ ކޮމިޝަނުގެ ނިންމުމަކީ މި މަހުގެ 29 ގައި ބަރުލަމާނީ ވޯޓު ނެގުމެވެ.

އެ އާންމު ވޯޓާ އެމްޑީޕީން ސީދާ ގޮތެއް ނިންމާނީ އިންތިހާބަށް ފަހު ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.