12 ސެޕްޓެމްބަރ 2023
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ތާއީދު ހޯދަން މަޝްވަރާތައް ކުރިއަށް ދަނިކޮށް، ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާކޮށްފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ތާއީދު ހޯދަން މަޝްވަރާތައް ކުރިއަށް ދަނިކޮށް، ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާކޮށްފި އެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމުގެ ބަހުސްގެ ތެރެއިން އެ ވާހަކަ އެންމެ ފުރަތަމަ ވިދާޅުވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.
އަފީފް ވިދާޅުވި ގޮތުގައި ރާއްޖޭގައި ވެރިކަން ހިނގަމުންދަނީ ރިޔާސީ ނިޒާމު އޮންނަ އެހެން ގައުމުތަކުގައި ކަންކަން ކުރާ ގޮތާ ހިލާފަށެވެ.
"އެކަމަކު އަޅުގަނޑުމެން ޕާލިމަންޓަރީ ނިޒާމާ އެއްގޮތަށް ކަންކަން ކުރާ ކަމަށްވަންޏާ އެ ބުނެވެނީ މިހާރު އޮތް ނިޒާމު ކަމަކު ނުދެޔޭ. އެހެންވީމަ އަޅުގަނޑުމެންނަށް ބޭނުންވަނީ ޕާލިމަންޓަރީ ނިޒާމެކޭ،" އޭނާ ވިދާޅުވި އެވެ.
ހޮނިހިރު ދުވަހު ބޭއްވި ފުރަތަމަ ބުރުގެ ނަތީޖާއަށް އިޝާރާތް ކުރައްވައި، އަފީފް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ބޭއްވި ކޮންމެ އިންތިހާބެއްގައި އެއްވެސް ސަރުކާރަކަށް ފަސް އަހަރަށް ވުރެ ދިގު މުއްދަތެއް ރައްޔިތުން ދޭން ބޭނުންނުވާ ކަން ސާފުވާ ކަމަށެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވި ގޮތުގައި މިހާތަނަށް ބޭއްވި ކޮންމެ އިންތިހާބެއްގައި ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އޭގެފަހުން މި ފެންނަނީ ރައްޔިތުންގެ ސީދާ ބަހެއް ނެތި ޕާޓީތަކުގެ މެދުގައި ކޯލިޝަންތައް ހަދައިގެން ވެރިކަން ކުރާ މަންޒަރު ކަމަށް އިލްޔާސް ވިދާޅުވި އެވެ.
"...މިއީ އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންގެ ކިބައިން ސާފުކުރަންވީ ވަގުތު. ރައްޔިތުން މި ނިޒާމާ މެދު ދެކެނީ ކިހިނެއްތޯ،" ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިންތިހާބުގައި ވާދަކުރެއްވި އިލްޔާސް ވިދާޅުވި އެވެ.
"މިވަގުތު ނުކުމެ ރައްޔިތުންނާ ހަމައަށް ފެންނަ ނުފެންނަ ވޯޓަކަށް ގެންގޮސްދިނުމަކީ މުހިންމު ކަމެއް. ރައްޔިތުން ނިންމާ ގޮތެއްގެ މަތީން ކުރިއަށްދިޔުމަކީ މުޅި ރާއްޖޭގެ މުސްތަގުބަލަށް އެންމެ ފަހި ގޮތް."
ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވީ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް ވެސް ދިގުލައިގެން ގޮސްފައިވަނީ މި ނިޒާމުގައި ހުރި މައްސަލަތަކުގެ ސަބަބުން ކަމަށެވެ. ރިޔާސީ ނިޒާމެއްގައި ތިން ބާރު ވަކިވެފައި އޮންނަންޖެހުނު ނަމަވެސް، އެ މަގުން އެކަން ނުހިނގާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި ނިޒާމު މިހާރު ޓެސްޓު ކުރެވިއްޖެ.. ކޮންމެ ފަހަރަކު ވެސް އައިސް މިޖެހެނީ އެއްތާކު. ލެޖިޓިމޭޓު ކޯލިޝަނެއް ނުއުފެއްދުމުގެ ނަތީޖާއަކަށް މިވަނީ ކޮންމެ ފަހަރަކު ވެރިކަމަށް އައިސް ރޫޅިގެން މިދަނީ،" އަހުމަދު ޒާހިރު ވިދާޅުވި އެވެ.
މި ގައުމަށް ސިޔާސީ ހަމަޖެހުން ނައިސްގެން އުޅެނީ ވެސް އޭނާ ވިދާޅުވި ގޮތުގައި މި ނިޒާމުގެ ސަބަބުންނެވެ.
"ރައްޔިތުންނަށް ރަނގަޅު ވެރިކަމެއް ކޮށްދެވޭނީ މި ނިޒާމުގައި މައްސަލަ އުޅޭ ކަމަށް ގަބޫލުކޮށް، މި ނިޒާމު ބަދަލުކޮށްގެން،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ޑިމޮކްރެޓްސް އުފެއްދުމުގެ ފަހަތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ބަރުލަމާނީ ނިޒާމަށް ފާޅުގައި ތާއީދުކުރައްވާ ބޭފުޅެކެވެ. އަދި އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ހިޔާލުތަފާތުވުންތައް އުފެދުމުގެ އަސްލަކީ ވެސް ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް ދެކޮޅު ހެއްދެވުމެވެ.
ނިޒާމު ބަދަލުކުރުމުގެ ވާހަކަ ޑިމޮކްރެޓްސްގެ ކެމްޕޭނުގެ ތެރޭގައި ވެސް ނުދައްކާ އޮތުމަށްފަހު، މި ވާހަކަ މިއަދު މި ފެންމަތިވީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ދެވަނަ ބުރަށް އެ ޕާޓީގެ ތާއީދު ހޯދަން ދެވަނަ ބުރުގައި ވާދަކުރާ ޕާޓީތަކުން މަޝްވަރާ ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އިލްޔާސް ލަބީބަށް 15،839 ވޯޓު ލިބިވަޑައިގަތެވެ. އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ އަށް ހޯއްދެވުނީ 101،635 ވޯޓެވެ.
ވަކިކޮޅަކަށް ތާއީދު ނުކުރަން އެއްބަސްވުމެއް ނެތް
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
މޮޅުވާ ކޮޅަކަށް މެންބަރުން އަބަދުވެސް ދާނެ: މާރިޔާ
ދެވަނަ ބުރުގައި ވެސް ރައީސްގެ ފަހަތަށް ނަޝީދު ނާރާނެ
ޗެލެންޖަކީ ޑިމޮކްރެޓްސް އެއް ނޫން، ޕީޕީއެމް: ރައީސް
ފޫ ވައް ވެއްޓިއްޖެ، އެމްޑީޕީ ރޫޅާލާނަން: ނަޝީދު
ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ބޮޑު ފަޅި: ނަޝީދު
އެމްޑީޕީ ނިމުނީ، ޗެއާމަނަކަށް ހުންނަވާނީ ޖާބިރު: އީވާ
ޑިމޮކްރެޓިކް އުފެއްދިޔަސް ނިޔަތަކީ އެމްޑީޕީ އަތުލުން