ޑިމޮކްރެޓްސްއިން ދެވަނަ ބުރުގައި ވަކި ކޮޅަކަށް ތާއީދުނުކޮށް ތިބޭ ނަމަ، ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރަން މަޖިލީހުން ނަގަން އެދިފައިވާ އާންމު ވޯޓަށް ތާއީދުކުރާނެ ކަމަށް އެމްޑީޕީން ބުނެފައިވާ ކަމަށް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިޔަސް، އެފަދަ ކަމަކަށް އެއްބަސްވުމެއް ނެތް ކަން ހާމަވެއްޖެ އެވެ.
03 އޮކްޓޯބަރ 2023
ޑިމޮކްރެޓްސްއިން ދެވަނަ ބުރުގައި ވަކި ކޮޅަކަށް ތާއީދުނުކޮށް ތިބޭ ނަމަ، ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރަން މަޖިލީހުން ނަގަން އެދިފައިވާ އާންމު ވޯޓަށް ތާއީދުކުރާނެ ކަމަށް އެމްޑީޕީން ބުނެފައިވާ ކަމަށް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިޔަސް، އެފަދަ ކަމަކަށް އެއްބަސްވުމެއް ނެތް ކަން ހާމަވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގެ ތެރެއިން ރިޔާސަތުން ނަޝީދު ވިދާޅުވީ ނިޒާމީ ވޯޓު ނެގުމާ ގުޅޭގޮތުން އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ މައުލޫމާތެއް ހިއްސާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ދެވަނަ ބުރުގައި އެމްޑީޕީ ރިޔާސީ އިންތިހާބަށް ދިޔައިރުގައި، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ޑިމޮކްރެޓްސް ކައިރިން އެދިފަ އޮތީ، އެ ޕާޓީން ވަކި ބަޔަކަށް ތާއީދުނުކޮށް ތިބެއްޖެ ނަމަ، ނިޒާމީ ވޯޓަށް އެމްޑީޕީން ފެންނަ ނުފެންނަ ވޯޓަށް ފުރިހަމައަށް ތާއީދު ކުރައްވާނެ ކަމަށް،" އެކަމަށް އެއްބަސްވެ ޑިމޮކްރެޓްސް އަތުން ސިޓީއެއް ވެސް އެމްޑީޕީން ހޯދާފައިވާ ކަމަށް އިޝާރާތްކުރައްވަމުން ނަޝީދު ވިދާޅުވި އެވެ. ނަމަވެސް، އެ މަނިކުފާނު ވިދާޅުވީ ޑިމޮކްރެޓްސްގެ އެ ސިޓީއަށް އެމްޑީޕީން ޖަވާބު ނުދޭ ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވިޔަސް، ތާއީދުކުރަން އެމްޑީޕީއަށް ޑިމޮކްރެޓްސް އިން ހުށަހެޅީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށެވެ. އަދި ޕީޕީއެމަށް ހުށަހެޅީ ސަރުކާރުގައި އެ ޕާޓީގެ ހިއްސާ އޮތް މިންވަރު ލިޔުމުން އެއްބަސްވުމަށެވެ.
އެކަމަކު ޑިމޮކްރެޓްސް އިން ކަނޑައެޅި ސުންގަޑި ހަމަވި އިރު ވެސް ދެ ޕާޓީން ވެސް ޖަވާބެއް ނުލިބޭ ކަމަށް ބުނެ، ޑިމޮކްރެޓްސް އިން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.
އެކަން އަންގައި، ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ސޮއި ކުރައްވައި ސެޕްޓެމްބަރު 20 ވަނަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ، ނިޒާމާ ގުޅޭގޮތުން ސެޕްޓެމްބަރު 28 ގައި އާންމު ވޯޓެއް ނަގަން އެއްބަސްވެފައިނުވާތީ، ދެވަނަ ބުރުގައި އެމްޑީޕީއަށް ތާއީދު ކުރެވެން ނެތް ކަމަށެވެ.
"...އަދި އެ އިންތިހާބުގެ ދެވަނަ ބުރުގައި އެހެންވެސް ޕާޓީއަކަށް މި ޕާޓީން ތާއީދު ނުކުރާނެ ވާހަކަ ދެންނެވީމެވެ،" އެ ސިޓީގައި ބުންޏެވެ.
އެކަމަކު ނަޝީދު މިއަދު ވިދާޅުވި އެއްބަސްވުމެއްގެ ވާހަކައެއް އެ ސިޓީއަކު ނެތެވެ. އަދި ޑިމޮކްރެޓްސް އިން އިތުރު ސިޓީއެއް ލިބިފައިނުވާ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވި އެވެ.
އިންތިހާބު ނާކާމިޔާބު ވުމަށް ފަހު، އެމްޑީޕީގެ އިސް ބޭފުޅުން މިހާރު ގެންދަވަނީ ނިޒާމު ބަދަލު ކުރަން ނުފެންނަ ކަމަށް ވިދާޅުވަމުންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިއްޔެ ވިދާޅުވީ އެ މަނިކުފާނު ވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާ ކަމަށެވެ.
ނިޒާމު ބަދަލުކުރުމާ މެދު އެމްޑީޕީން ގޮތެއް ކަނޑައެޅުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރެއަށް ވަނީ ތާވަލުކޮށްފަ އެވެ.
ބަރުލަމާނީ ގަރާރު އަވަސްކުރަން އެއްބަސްވެއްޖެ
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
އެމްޑީޕީ ނިމުނީ، ޗެއާމަނަކަށް ހުންނަވާނީ ޖާބިރު: އީވާ
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
"ރުހުން ނުދިނުމާ ގުޅެނީ ނަޝީދަށް މަގާމު ގެއްލުން"
މަޖިލީހުގެ މައްސަލަ ކޯޓަށް ބެލިދާނެ ކަމާ މެދު ބަހުސެއް
ޑިމޮކްރެޓްސްގެ ހުށަހެޅުން ސުޕްރީމް ކޯޓުން ބަލައިގަނެފި
ޑިމޮކްރެޓްސްގެ މެންބަރުންގެ ބަދަލުގައި ކޯޓަށް ދާނީ ޕާޓީ
ސުޕްރީމް ކޯޓުގެ މައްސަލައަށް ޕީއެންސީ ތަދައްހުލްވެއްޖެ