ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދާތީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް ތަދައްހުލްވާން ޑިމޮކްރެޓްސް އިން ހުށަހެޅި ހުށަހެޅުން ސުޕްރީމް ކޯޓުން މިރޭ ބަލައިގެންފި އެވެ.
05 ނޮވެމްބަރ 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދާތީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް ތަދައްހުލްވާން ޑިމޮކްރެޓްސް އިން ހުށަހެޅި ހުށަހެޅުން ސުޕްރީމް ކޯޓުން މިރޭ ބަލައިގެންފި އެވެ.
ޑިމޮކްރެޓްސްގެ ވަޓްސްއެޕް މީޑިއާ ގްރޫޕަށް އެ ޕާޓީން ފޮނުވި މެސެޖެއްގައި ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
ޕާޓީގެ ފަރާތުން އެ މައްސަލައިގެ ތެރެއަށް ވަންނަން ޑިމޮކްރެޓްސް އިން ހުށަހެޅީ، އެ ޕާޓީގެ ނުވަ މެމްބަރުން ވަކިވަކިން އެ ފުރުސަތަށް އެދުމުން، އެކަން ސުޕްރީމް ކޯޓުން ބަލައިނުގަތުމުންނެވެ. އެހެންވެ، މިއަދު ބޭއްވި އެ ޕާޓީގެ އިންޓެރިމް ކޮމެޓީގެ ބައްދަލުވުމުގައި ވަނީ ޕާޓީގެ ފަރާތުން އެ މައްސަލަ އަށް ވަންނަން ނިންމައި، ސުޕްރީމް ކޯޓަށް ސިޓީ ފޮނުވައިފަ އެވެ.
މަޖިލީހުގައި ޑިމޮކްރެޓްސް އަށް ނިސްބަތްވާ ނުވަ މެންބަރުން ތަދައްހުލުވާން ސުޕްރީމް ކޯޓުން ފުރުސަތު ނުދިން ނަމަވެސް، މި މަހުގެ 17 ގައި ވެރިކަމާ ހަވާލުވާ ޕީއެންސީ/ޕީޕީއެމް އިން އެ މައްސަލަ އަށް ތަދައްހުލްވާން ހުށަހެޅުމުން އެ ފުރުސަތު އެ ދެ ޕާޓީ އަށް ދޭން ވަނީ ނިންމައިފަ އެވެ.
ޑިމޮކްރެޓްސްގެ ވަކިވަކި މެމްބަރުންނަށް ތަދައްހުލް ނުވެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމީ ދުސްތޫރީ މައްސަލައަކަށް ވާތީ ކަމަށް ވަނީ އަންގައިފަ އެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ ސުޕްރީމް ކޯޓުގައި ފަށާއިރު ދައުވާ ލިބޭ ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރަނީ ބަންޑާރަ ނައިބެވެ.
މި މައްސަލާގައި ބަންޑާރަ ނައިބުގެ ފަރާތުން މަޖިލިސް ތަމްސީލް ކުރާއިރު، މި ދުސްތޫރީ މައްސަލަ އަކީ މަޖިލީހުގެ ނިންމުމާ ދެކޮޅަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައެކެވެ. އެމްޑީޕީން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ އެއްވެސް މަސައްކަތެއް އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ކަނޑަނާޅާ ކުރިއަށް ނުގެންދެވޭނެ އެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާ އަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަން ޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ. އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންގެ ތެރެއިން ބޭފުޅަކު ރިޔާސަތު ބެލެހެއްޓެވުމެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށް ވެސް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
މަޖިލީހުގެ މައްސަލަ ކޯޓަށް ބެލިދާނެ ކަމާ މެދު ބަހުސެއް
ޑިމޮކްރެޓްސްގެ މެންބަރުންގެ ބަދަލުގައި ކޯޓަށް ދާނީ ޕާޓީ
ސުޕްރީމް ކޯޓުގެ މައްސަލައަށް ޕީއެންސީ ތަދައްހުލްވެއްޖެ
ކޯޓުގައި މައްސަލަ އޮތުމުން އީވާ އުޒުރުވެރިވެއްޖެ!
ނަޝީދުގެ އިތުބާރުގެ މައްސަލައަށް ޑިމޮކްރެޓްސް ވަންނަނީ
ގޮނޑި މައްސަލައިން ޑިމޮކްރެޓްސް ޕާޓީ ބޭރުވެއްޖެ
ދުސްތޫރީ މައްސަލައަށް އެމްޑީޕީ، ޑިމޮކްރެޓުން ވަންނަނީ
"ރުހުން ނުދިނުމާ ގުޅެނީ ނަޝީދަށް މަގާމު ގެއްލުން"
އެމްޑީޕީން އެދެނީ މަޖިލީހުން ގަވައިދާ ހިލާފު ނުވާން