ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ދަ ޑިމޮކްރެޓްސް ޕާޓީން ތަދައްހުލްވާން މިއަދު ނިންމައިފި އެވެ.
31 އޮކްޓޯބަރ 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ދަ ޑިމޮކްރެޓްސް ޕާޓީން ތަދައްހުލްވާން މިއަދު ނިންމައިފި އެވެ.
ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސް އިން މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާ މެންބަރު އަލީ އާޒިމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެއީ މަޖިލީހުގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ކަމަށް ގަބޫލުކުރައްވާތީ ދުސްތޫރީ އެ މައްސަަލައިގެ ތެރެއަށް ތަދައްހުލުވާން އެ ޕާޓީން ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ހާޒިރުވެވަޑައިނުގަތުމުން މައްސަލަ ކުރިއަށް ނުގެންދެވިގެންނެވެ.
"ގަވާއިދުގައި، ގާނޫނު އަސާސީގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ލިޔެފައި ވަނިކޮން ދެން އެ ކަމެއް އެހެން ގޮތަކަށް ކުރެވޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެހެންވީމާ އަޅުގަނޑުމެއްނެއް ނޫން މަޖިލިސް ހުއްޓުވާލައިގެން މި އުޅެނީ. އާދެ އަޅުގަނޑުމެން ތަދައްހުލްވާނަން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައަށް ހައްލު ހޯދުމަށް،" އާޒިމް ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އާޒިމް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް
އާޒިމް ވިދާޅުވި ގޮތުގައި، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން ހުށަހެޅީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާކުރެއްވުމަށް ހުރަސް އެޅުމުގެ ގޮތުންނެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި އާޒިމް ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގާނޫނުއަސާސީއާ ހިލާފުވެފައި ކަމަށާއި އޭނާއާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެއީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވީ ނަމަވެސް އެ ޖަލްސާއަށް މިނިސްޓަރު ވަޑައިނުގަތުމުންނެވެ.
އެގޮތަށް މިނިސްޓަރު ނިންމެވީ ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި ވާތީ މިއަދުގެ ޖަލްސާ އަށް ބަޖެޓް ހުށަހަޅަން ވަޑައިނުގަތުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ލަފާ ދެއްވުމުންނެވެ.
ޑިމޮކްރެޓްސްގެ މެންބަރުންގެ ބަދަލުގައި ކޯޓަށް ދާނީ ޕާޓީ
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
މަޖިލީހުގެ މައްސަލަ ކޯޓަށް ބެލިދާނެ ކަމާ މެދު ބަހުސެއް
ޑިމޮކްރެޓްސްގެ ހުށަހެޅުން ސުޕްރީމް ކޯޓުން ބަލައިގަނެފި
ސުޕްރީމް ކޯޓުގެ މައްސަލައަށް ޕީއެންސީ ތަދައްހުލްވެއްޖެ
ކޯޓުގައި މައްސަލަ އޮތުމުން އީވާ އުޒުރުވެރިވެއްޖެ!
ނަޝީދުގެ މައްސަލައިގެ ގަރާރު އެޖެންޑާނުކުރަން އެދިއްޖެ
އަމީރު ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި: ޑިމޮކްރެޓްސް
"ނަޝީދު ވަކިކުރަން އުޅެގެން އެމްޑީޕީ ވާނީ ބަލި"
ގޮނޑި މައްސަލައިން ޑިމޮކްރެޓްސް ޕާޓީ ބޭރުވެއްޖެ