02 ނޮވެމްބަރ 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ގޮތެއް ނުނިންމަނީސް، އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ނުކުރަން ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގުރޫޕުން މަޖިލީހުގެ އިދާރާގައި އެދިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ގޮތެއް ނުނިންމަނީސް، އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ނުކުރަން ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގުރޫޕުން މަޖިލީހުގެ އިދާރާގައި އެދިއްޖެ އެވެ.
ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ އަމީންއާއްމަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން އެ މައްސަލައާ މެދު ބަހުސްކޮށް ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުން އެ މައްސަލައިގައި ގޮތެއް ނިންމުމަކީ މަޖިލީހުން އަމަލު ކުރަމުން އަންނަ އުސޫލުތަކާއި ޑިމޮކްރެޓިކް ހަމަތަކަށް ވެސް ފެތޭ ކަމެއް ނޫން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން ބަހުސްކޮށް ގޮތެއް ނިންމުމަކީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގައި ކޯޓަށް ނުފޫޒު ފޯރާނޭ މަސައްކަތެއް ކަމުގައި [ދެކެން]،" އާޒިމްގެ ސިޓީގައި ވިދާޅުވި އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރު ހަތަރު ފަހަރަށް އެޖެންޑާކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމްގައި ހުންނެވުމުން ޖަލްސާތައް ނުބާއްވަ އެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހުގެ ހެނދުނަށް ވަނީ ތާވަލްކޮށްފަ އެވެ.
އެ މައްސަލާގައި އެދިފައިވަނީ އެކަމުގައި ގޮތެއް ނުނިންމައި މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
މި މައްސަލައަށް ޑިމޮކްރެޓްސް އާއި ޕީޕީއެމް/ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ތަދައްހުލުވެފަ އެވެ.
ޑިމޮކްރެޓްސްގެ މެންބަރުންގެ ބަދަލުގައި ކޯޓަށް ދާނީ ޕާޓީ
ނަޝީދުގެ އިތުބާރުގެ މައްސަލައަށް ޑިމޮކްރެޓްސް ވަންނަނީ
މަޖިލީހުގެ މައްސަލަ ކޯޓަށް ބެލިދާނެ ކަމާ މެދު ބަހުސެއް
ޑިމޮކްރެޓްސްގެ ހުށަހެޅުން ސުޕްރީމް ކޯޓުން ބަލައިގަނެފި
ސުޕްރީމް ކޯޓުގެ މައްސަލައަށް ޕީއެންސީ ތަދައްހުލްވެއްޖެ
ކޯޓުގައި މައްސަލަ އޮތުމުން އީވާ އުޒުރުވެރިވެއްޖެ!
އަމީރު ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި: ޑިމޮކްރެޓްސް
"ނަޝީދު ވަކިކުރަން އުޅެގެން އެމްޑީޕީ ވާނީ ބަލި"
ވީބީ ހަސަންގެ ތާއީދު އެމްޑީޕީގެ އިބޫ ޖަލީލަށް
ވޯޓަށް އެހޭ ވަރަށް ވެސް މެންބަރުން ވަޑައިނުގަންނަވާ