29 ސެޕްޓެމްބަރ 2023
ރާއްޖެ މިއަދު މި ދެކޭ އަމާންކަމާއި ހަމަޖެހުން ކުރިއަށް އޮތް ތަނުގައި ވެސް ދަމަހައްޓަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު މިއަދު އެދިވަޑައިގެންފި އެވެ.
ރާއްޖެ މިއަދު މި ދެކޭ އަމާންކަމާއި ހަމަޖެހުން ކުރިއަށް އޮތް ތަނުގައި ވެސް ދަމަހައްޓަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު މިއަދު އެދިވަޑައިގެންފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ބާއްވާއިރު، ފަޒުނާ މިއަދު އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ކެމްޕެއިންގެ ތެރެއިން ރައްޔިތުންނާ ބައްދަލުވެ ފާޅުކުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި އެދެނީ އެ ހުރިހާ ކަމަކަށް ހައްލު ހޯދުމަށް ރައީސަށް ފުރުސަތެއް ދެއްވުމަށް ކަމަށެވެ.
މިއަދު ރާއްޖެ މި ދެކޭ އަމާންކަން ދަމަހައްޓައި، ހަމަޖެހޭ މުޖުތަމައުއެއް ބާއްވަން ބޭނުން ނަމަ، ރައީސަށް ވޯޓު ދެއްވަން ޖެހޭ ކަމަށް ފަޒުނާ ވިދާޅުވި އެވެ. އެކަމުގައި ކޮންމެ މީހަކު ވެސް އަމިއްލަ ފަރުދީ ޒިންމާ އަދާކުރުމަށް އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑު ހަމަ އެދެން ފަރުދީ ޒިންމާ ނަގަށޭ. ބަލާ ނުދިޔަސް ފޯނު ނުކުރިޔަސް ވޯޓުލާން ވަޑައިގަންނަވާ، ވޯޓުލައްވާ މިހާރު މިއޮތް އަމާންކަން ދަމަހައްޓަން ވޯޓު ދެއްވާށޭ،" ފަޒުނާ ވިދާޅުވި އެވެ.
ފަޒުނާ ވިދާޅުވީ ވާދަވެރިންނަށް ރައީސްއާ ދެކޮޅަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އެހެންކަމުން، ފަތުރަމުންދަނީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
"ރައީސްއާ ބެހޭ ގޮތުން އަސްލު ނެތް ދައްކާނެ ވާހަކައެއް. ކޮރަޕްޝަންގެ ވާހަކައެއް ދެއްކޭކަށް ނެތް. އަނިޔާގެ ވާހަކަ ދެއްކޭކަށް ނެތް. އެހެންވީމ،ަ ބުއްދި ބޭނުން ކުރާށޭ. އެހެެން ވާހަކަތައް އެ ދައްކަނީ ދައްކާނެ ވާހަކައެއް ނެތިގެން،" ފަޒުނާ ވިދާޅުވި އެވެ.
ދޭދޭ ގައުމުތަކާ ދެމެދު އޮތް ގުޅުމަށް އަސަރު އަންނަ ފަދަ ވާހަކަތަކާއި ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ގައުމުތައް ވައްދަން ދައްކާ ވާހަކަތަކަކީ ކަންބޮޑުވާން ޖެހޭ ވާހަކަތަކެއް ކަމަށް ފަޒުނާ ވިދާޅުވި އެވެ.
"އެހެންވީމަ މި ދެކޭ ހަމަޖެހުން ދަމަހައްޓަން ރައީސް ހޮވައިދެއްވާ. ކޮވިޑްގެ ތެރޭގައި ވެސް އެ އަޅާލެއްވި އަޅާލުން ކުރިއަށް ދާނެ. އުއްމީދު ކުރާނަން އަޅުގަނޑުގެ އަޑު އައްސަވާ ތިޔަބޭފުޅުން މާދަމާ ކެންޑިޑޭޓް ނަންބަރު ތިނަކަށް ވޯޓު ދެއްވާނެ ކަަމަށް،" ފަޒުނާ ވިދާޅުވި އެވެ.
ފަޒްނާ އަށް ހިޔާ ފްލެޓް ސަރަހައްދުން ފުރައްސާރަކޮށްފި
ދެރަވިޔަސް ރައްޔިތުން އުއްމީދު ކަނޑައެއް ނުލާ: ފަޒްނާ
ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ރައީސްގެ ދިގު ސިޔާސީ ހަޔާތުގައި ފުރަތަމަ ނާކާމިޔާބީ!
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް
"ތިނަކަށް ވޯޓުދީ، ނޫނީ ކަރުނަ އަޅާ ރޯންޖެހިދާނެ"