Roadha Mihaaru
ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި

09 އޮކްޓޯބަރ 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ބައްދަލުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފަޒްނާއާ ސާޖިދާ ބައްދަލުކުރެއްވީ މިއަދު ހެނދުނު ރައީސްގެ ރަސްމީ ގެކޮޅު މުލިއާގޭގައި ކަމަށެވެ.

ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މުލިއާގޭގައި ބައްދަލުކުރައްވައި ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެ ބައްދަލުކުރެއްވުމުގައި، ރިޔާސީ އިންތިހާބުގައި މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް ސާޖިދާއަށް ފަޒްނާ މަރުހަބާ ދެންނެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ފަޒްނާއާ ސާޖިދާ މިއަދު ބައްދަލުކުރެއްވި އިރު، ވެރިކަން ބަދަލު ވާއިރު ވެރިންގެ އަނބިކަނބަލުން ބައްދަލުކުރެއްވުމަކީ މީގެ ކުރިން ކުރެއްވި ކަމެއް ނޫނެވެ.

ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މުލިއާގޭގައި ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް

ފަޒްނާ އާއި ސާޖިދާ ވެސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ފިރިކަލުންނަށް ކެމްޕެއިން ކުރެއްވުމުގައި އަމަލީ ގޮތުން އުޅުއްވައިފަ އެވެ.

މިދިޔަ މަހު 30ގައި ބޭއްވި ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވީ 54 ޕަސެންޓުގެ ވޯޓު ހޯއްދަވައިގެންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓް ވޯޓެވެ.

ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މުލިއާގޭގައި ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް

ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މުލިއާގޭގައި ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް

އިންތިހާބުން ލިބިވަޑައިގަތް ކާމިޔާބީ އަށް ފަހު ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ ގޮތުން އިންތިގާލީ މަރުހަލާގެ ކަންކަން މުއިއްޒުގެ ފަރާތުންނާއި ސަރުކާރު ގުޅިގެން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ.