Roadha Mihaaru
"އިންތިހާބީ ރައީސްގެ އޮފީސް" ގާއިމްކޮށްފި

އިންތިގާލީ މަރުހަލާ އަށް "އިންތިހާބީ ރައީސްގެ އޮފީސް" ގާއިމްކޮށްފި

05 އޮކްޓޯބަރ 2023

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި "އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ގާއިމް ކުރައްވައިފި އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި "އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ގާއިމް ކުރައްވައިފި އެވެ.

ރައީސް މިއަދު ނެރުއްވި ގަރާރުގައި ސަރުކާރުގެ އިދާރާތައް ހިންގުމަށް ބުރޫ ނާރާނެ ގޮތެއްގެ މަތީން، އަދި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ ގޮތެއްގެ މަތީން، ވެރިކަން ނަގުލުކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކާ ބެހޭ މުހިންމު މައުލޫމާތު، އިންތިހާބީ ރައީސް އަށް ބޭނުންވެދާނެ ކަމަށްޓަކައި ތައްޔާރުކުރަން ވަނީ އަންގަވައިފަ އެވެ.

އަދި ސަރުކާރުގެ އިދާރާތަކުން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔެކިޔުން ފޮނުވަން ވާނީ "ގަވަންމަންޓް އީ-ލެޓާ މެނެޖްމަންޓް ސިސްޓަމް" މެދުވެރިކޮށް ކަމަށް ގަރާރުގައި ވަނީ ރައީސް ވަނީ އަންގަވައިފަ އެވެ.

މީގެ އިތުރުން ވެސް ގާނޫނު އަސާސީންނާއި، ގާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ މީހުން އައްޔަނުކުރައްވާ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ހިނގަމުންދާ ރިޔާސީ ދައުރު ނިމެންދެން، އެ ފަރާތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރެއްވުމުގައި ދެމިތިއްބެވުމަށް ރައީސް ވަނީ ބާރު އަޅުއްވައިފަ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން "ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން" ގެ މަގާމަށް، ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވަނީ ހަމަޖައްސައިފަ އެވެ. އެއީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ވިލަރެސްކުރެއްވުމުގައި އެންމެ އިސްކޮށް ހުންނަވާ ފަރާތެވެ.

އެ މަރުހަލާގެ ކަންކަން ވިލަރެސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ރައީސް ހަމަޖައްސަވައިފައި ވަނީ، ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް، ހުސައިން އާމިރެވެ.