14 ސެޕްޓެމްބަރ 2023
މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނަތީޖާ ނުކުތް ގޮތާ މެދު ދެރަވެފައި ތިއްބަސް، ދޮރުން ދޮރަށް ގެތަކަށް ހިންގެވުމުން ފެނިވަޑައިގަތީ އުއްމީދު ކަނޑާނުލާ ތިބި ރައްޔިތުންތަކެއް ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނަތީޖާ ނުކުތް ގޮތާ މެދު ދެރަވެފައި ތިއްބަސް، ދޮރުން ދޮރަށް ގެތަކަށް ހިންގެވުމުން ފެނިވަޑައިގަތީ އުއްމީދު ކަނޑާނުލާ ތިބި ރައްޔިތުންތަކެއް ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.
ފަސްޓް ލޭޑީ އެހެން ވިދާޅުވީ، ދެ ވަނަ ބުރުގެ ކެމްޕެއިން ކުރެއްވުމުގެ ގޮތުން މާފަންނު ހުޅަނގުގެ ބައެއް ގެތަކަށް ދޮރުން ދޮރަށް ހިންގެވުމަށް ފަހު އެ ކަމަނާގެ ފޭސްބުކްގައި ލިޔުއްވި ލިޔުއްވުމެއްގަ އެވެ. ފަޒްނާ ވަނީ އެ ހަރަކާތުން އިއްޔެ ތަޖުރިބާ ކުރެއްވި ބައެއް ކަންކަން ފޭސްބުކްގައި ހިއްސާ ކުރައްވައިފަ އެވެ.
ފަސްޓް ލޭޑީ ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ އަށް ކަންތައް ވީ ގޮތާ މެދު ދެރަވިޔަސް އެއްވެސް މީހަކު އުއްމީދު ކަނޑާނުލާ ކަމަށެވެ.
އެ ކަމަނާ ވިދާޅުވި ގޮތުގައި، ގެތަކުން ފެނިވަޑައިގަތީ އެކި ރަށްރަށާއި ރާއްޖެ އިން ބޭރަށް ގުޅައިގެން ވެސް މި މަހުުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ރީ-ރަޖިސްޓަރީ ކުރަން ތައްޔާރުވަމުން އަންނަ މަންޒަރު ކަމަށެވެ. ފަތުރަމުންދާ ހީލަތްތެރި ދޮގު ވާހަކަތަކުގެ ހަގީގަތް ވެސް މީހުންނަށް އޮޅުންފިލުވައި ދެއްމުންދާ ތަން ގޭގެ އަށް ހިންގެވުމުން ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.
ބައެއް މީހުންގެ ފަރާތުން އިވިވަޑައިގެންނެވި ވާހަކަތަކަށް އަލިއަލުވައިލައްވަމުން ފަޒްނާ ވިދާޅުވީ، އިންތިހާބުގެ ދެވަނަ ބުރެއް އޮންނާނެތީ، ފުރަތަމަ ބުރުގައި ވޯޓު ލާން ނުދާ ބަޔަކު ވެސް ތިބި ކަމަށެވެ. އަދި "އޮފާ" އަކަށް އައިޑީކާޑި ދޫކޮށްލައިގެން ހުރި މީހަކާ ވެސް ދިމާވި ކަމަށް ވިދާޅުވި އެވެ.
މިއަދު އިތުރު ފަސް ވޯޓް ލިބިއްޖެ. ﷲ އަށް ހަމްދު ކުރަން. މީހުނާ ޒުވާބު ކުރުމުގައި ވަގުތު ބޭކާރު ނުކޮށް، އެންމެން ވެސް ވޯޓު ހޯދަން މަސައްކަތް ކުރޭ. މާތްﷲ ގެ އިރާދަފުޅާ އެކު އަޅުގަނޑުމެންނަށް އިންތިހާބްު ކާމިޔާބު ވާނެ،"--- ފަޒްނާ
"މި ދާއިރާގެ ގެއެއްގައި ކުއްޔައް އުޅޭ ބަޔަކާ ވެސް ބައްދަލުކުރީމެ. ވަރަށް ބައިވަރު ޝަކުވާ ހުރި. ނުކުންނަމުން އަޅުގަނޑު ބުނީ ތި ހުރިހާ ވާކައެއް އަޑުއަހާފައި ވޯޓެއް ދޭން ބުނާކަށް ނުކެރޭނެއޭ. އެ މީހުން ހިނިތުން ވެލާފައި ބުނީ ދުވަހަކު ވެސް އަދި އެއްވެސް މީހަކު ނުވަތަ ޕާޓީއަކުން ވެސް އަޅުގަނޑުމެންގެ އަޑުއަހައެއް ނުލައޭ،" ފަޒްނާ ވިދާޅުވި އެވެ.
ދޮރުން ދޮރަށް ހިންގެވުމަށް ފަހު، ގެކޮޅަށް ވަޑައިގެން ފޯނު ބެއްލެވިއިރު، ލިބިވަޑައިގެންނެވި މެސެޖެއް ވެސް ފަޒްނާ ފޭސްބުކްގައި ހިއްސާ ކުރެއްވި އެވެ. އެ ކަމަނާ ވިދާޅުވި ގޮތުގައި، މި ސަރުކާރު ދަމަހައްޓަން ބޭނުންވާ ސަބަބަކަށް ނަފުސާނީ ސިއްހަތު އަދި އިޖްތިމާއި ސިޔާސަތުތައް މެސެޖްގައި އެ މީހާ ފާހަގަކުރުމަކީ ނުހަނު އުފާވި ކަމެކެވެ.
"މިއަދު އިތުރު ފަސް ވޯޓް ލިބިއްޖެ. ﷲ އަށް ހަމްދު ކުރަން. މީހުނާ ޒުވާބު ކުރުމުގައި ވަގުތު ބޭކާރު ނުކޮށް، އެންމެން ވެސް ވޯޓު ހޯދަން މަސައްކަތް ކުރޭ. މާތްﷲ ގެ އިރާދަފުޅާ އެކު އަޅުގަނޑުމެންނަށް އިންތިހާބްު ކާމިޔާބު ވާނެ،" ފަޒްނާ ވިދާޅުވި އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 81،161 ވޯޓެވެ. ނަމަވެސް އެ މަނިކުފާނާ އެންމެ ވާދަވެރި ކެންޑިޑޭޓް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު 101،635 ވޯޓު ހޯއްދަވައި ފަރަގު ބޮޑު ކުރެއްވި އެވެ.
ފުރަތަމަ ބުރުގެ ބޮޑު ނާކާމިޔާބީ އަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ގޯސްކޮށް ކުރެވުނު ކަންކަން ދެނެގަނެވިއްޖެ ކަމަށާއި ދެ ވަނަ ބުރުގައި އިންތިހާބުގައި ކާމިޔާބު ކުރަން ސިޔާސަތުތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، އާ ޖޯޝަކާ އެކު އެމްޑީޕީން ވަނީ އަލުން ކެމްޕެއިން ފަށައިފަ އެވެ.
ރައީސް ހޮވައިދީ، އެ އޯގާތެރިކަން ކުރިއަށްދާނެ: ފަޒުނާ
ފަޒްނާ އަށް ހިޔާ ފްލެޓް ސަރަހައްދުން ފުރައްސާރަކޮށްފި
ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ރައީސްގެ ދިގު ސިޔާސީ ހަޔާތުގައި ފުރަތަމަ ނާކާމިޔާބީ!
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް
"ތިނަކަށް ވޯޓުދީ، ނޫނީ ކަރުނަ އަޅާ ރޯންޖެހިދާނެ"