09 ނޮވެމްބަރ 2024
ރާއްޖޭގެ ތައުލީމަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިނަށް އަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރާއްޖޭގެ ތައުލީމަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިނަށް އަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ޒާހިރަށް އެ ޝަރަފު އަރުވަން ރައީސް މުއިއްޒު ނިންމެވީ ތައުލީމީ ތަރައްގީ އާއި ތައުލީމު ފުޅާކުރުމަށާއި ތައުލީމީ ރޮނގުން ދިވެހިން ހޭލުންތެރި ކުރުމަށް އިހުލާސްތެރިކަމާއެކުގައި ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
ޒާހިރު ވަނީ ވަރަށް ޅަފަތުގައި އޮތް ރާއްޖޭގެ ތައުލީމީ ނިޒާމަށް އެ މަނިކުފާނުގެ އެޑިއުކޭޝަން މިނިސްޓަރުކަމުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސް ދެއްވައިފަ އެވެ. އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެއްޓެވި އަސާސީ ތައުލީމްގެ ޕްރޮގްރާމް ހިންގުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ ވެސް ޒާހިރެވެ. އަދި އެކި ރަށްރަށަށް ކޮމިއުނިޓީ ސްކޫލްތައް ތައާރަފުކޮށް، އަތޮޅު ތައުލީމީ މަރުކަޒުތަކުގެ ބިންގާ އެޅުއްވި ބޭފުޅަކީ ޒާހިރެވެ.
މީގެ އިތުރުން ވެސް ޒަމާނީ ތައުލީމު ދިވެހިންގެ މެދުގައި ފެތުރުމުގައި ޒާހިރު އިސްދައުރެއް އަދާކުރެއްވި އެވެ. ޒާހިރު ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޗާންސެލަރުކަން ވެސް ކުރައްވައިފަ އެވެ. އަދި ތައުލީމީ ދާއިރާގެ އިތުރުން ޒުވާނުންނާއި ކުޅިވަރާ ބެހޭ މިނިސްޓަރުކަން ކުރައްވައި އެ ދެ ދާއިރާގެ ކުރިއެރުމަށް ޒާހިރު ވަނީ ބޮޑެތި ހިދުމަތްތަކެއް ކުރެއްވި އެވެ.
ޒާހިރަށް ޝަރަފު އަރުވަން ހަމަޖެހިފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ ބާއްވާ ރަސްމީ ޖަލްސާގަ އެވެ.
މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސް ދެއްވާ ހާއްސަ އިނާމު ދެއްވުން ވެސް މާދަމާ ރޭ އޮންނާނެ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މި އަހަރު 40 ބޭފުޅަކަށް އިނާމު ދޭނެ އެވެ. ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 53 ބޭފުޅަކަށް ދޭން ވެސް ވަނީ ހަމަޖެހިފަ އެވެ.
ޒާހިރު: މިޒަމާނުގެ ތައުލީމުގެ އެންމެ ވަރުގަދަ ތަނބު
ތައުލީމަށް ހިދުމަތްކުރުމުގެ މަތީ ޝަރަފު ޒާހިރަށް
ތައުލީމީ މީހުންނަށް ބޮޑެތި މުސާރަ ދޭން 200 މިލިއަން
މަތީތައުލީމް ލޯނުގެ 50 ޕަސެންޓް ޓެކްނިކަލް ދާއިރާއަށް
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
ޗައިނާއިން ސީއެޗްއެސްއީ އަށް އޭސީތަކެއް ހަދިޔާކޮށްފި
އިއްޒަތުގެ ޝަރަފާއެކު މޫސާ އަލީ ޖަލީލުގެ ލޮލުން ކަރުނަ
ރައީސްގެ ނަސޭހަތަކީ ކިޔެވުމުގެ ދަތުރުގައި ހިތްވަރުކުރަން
ބީއެމްއެލްގެ ދައުރު ފުޅާކުރުމަށް ވާގިވެރިވާނެ:ސަރުކާރު
ޔޫޕީއައި ތައާރަފުކުރަން ކޮންސޯޓިއަމެއް ގާއިމުކުރަނީ