އިސްލާމީ ޝަރީއާ ހުއްދަކުރާ ލޯނަށަށް ހެދުމަށްޓަކައި ސަރުކާރުން ދޭ ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދުން ފެށިގެން ކަނޑާލައިފި އެވެ.
އިސްލާމީ ޝަރީއާ ހުއްދަކުރާ ލޯނަށަށް ހެދުމަށްޓަކައި ސަރުކާރުން ދޭ ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދުން ފެށިގެން ކަނޑާލައިފި އެވެ.
އެ މިނިސްޓްރީން އެގޮތަށް ނިންމިކަން އިއުލާންކުރީ، ސްޓޫޑެންޓު ލޯނުން ނަގާ އިދާރީ ފީ ކަނޑާލައި، އިސްލާމީ ޝަރީއާ ހުއްދަކުރާ ލޯނަކަށް ބަދަލުކުރަން އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވުމާ އެކު، ނެރުއްވި ބަޔާނެއްގަ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސްޓޫޑެންޓް ލޯނު އަނބުރާ ދައްކާއިރު އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި މިހާރު ނަގަމުންދާ އެއް ޕަސެންޓު ނުނަގަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، މިހާރު ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދައްކާއިރު، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް، އެ ލޯނުތައް ދައްކަންޖެހޭ އަދަދު އެޖެސްޓް ކުރާނެ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނިގޮތުގައި، ސްޓޫންޑެންޓު ލޯނުތައް ކުރިމަގުގައި ދޫކުރާއިރު، އެ ލޯނުގެ އިތުރުން އެއްވެސް ފައިސާއެއް ދެން ނުނަގާނެ އެވެ.
ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ "ޝަރީއާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް އެކަންކަން ކުރަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.
އެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ރައީސްގެ ނިންމެވުމުން އެނގެނީ ރާއްޖެއަކީ ސަތޭކަ ޕަސެންޓު މުސްލިމް ގައުމަކަށް ވެފައި، އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ފައިސާއާ ގުޅޭ ކަންކަން ކުރިއަށް ގެންދަން އެ މަނިކުފާނު ދެއްވާ އިސްކަން ކަމަށެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަން ދޫކުރާ ލޯނުގެ އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި މީގެ ކުރިން ނަގަމުން ދިޔައީ ފަސް ޕަސެންޓެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ އަދަދު ތިން ޕަސެންޓަށް އަދި ފަހުން އެއް ޕަސެންޓަށް ދަށްކުރީ އެވެ.
މަތީ ތައުލީމުގެ ލޯނަށް ކުރިމަތިލާން ހުޅުވާނުލައި ދިގުދެމިގެން ދާތީ މިހާރު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު "މިހާރު" އަށް ކުރިން ވިދާޅުވީ ލޯނަށް ހުޅުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ލޯނުގައި ކިޔަވާ ކުދިންނަށް ބޭންކު ރޭޓުގައި ޑޮލަރު ދެނީ
ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ ކަނޑާލައި، ބަދަލުތަކެއް!
މަތީތައުލީމް ލޯނުގެ 50 ޕަސެންޓް ޓެކްނިކަލް ދާއިރާއަށް
ސްޓޫޑެންޓް ލޯނު ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްފި
މަތީ ތައުލީމުގެ ލޯނަށް މި މަހުގެ ފަހުކޮޅު ހުޅުވާލަނީ
އިންޓްރަސްޓް ކުޑަ ސްޓޫޑެންޓް ލޯނަށް ހުޅުވާލައިފި
ގިނަ ކުދިން ޑިސްކޮލިފައި ވުމުން ދެރަވި: މިނިސްޓަރު
"ގިނަ މީހުންނަށް ލޯނު ނުލިބުނީ އުސޫލާ ޚިލާފުވުމުން"
"ސްޓޫޑެންޓު ލޯނަށް އަވަހަށް އިއުލާންކުރެވޭތޯ ބަލަން"
ސްޓޫޑެންޓު ލޯނުގެ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރަނީ