07 ޖޫން 2019
މަތީ ތައުލީމަށް ކިޔެވުމުގެ ލޯނު ގިނަ ބަޔަކަށް ނުލިބުނީ އުސޫލާ ޚިލާފަށް ލޯނަށް އެދި ހުށަހަޅާފައިވާތީ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
މަތީ ތައުލީމަށް ކިޔެވުމުގެ ލޯނު ގިނަ ބަޔަކަށް ނުލިބުނީ އުސޫލާ ޚިލާފަށް ލޯނަށް އެދި ހުށަހަޅާފައިވާތީ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
މަތީ ތައުލީމަށް ސަރުކާރުން ދޭ ލޯނަށް އެދި ހުށަހެޅި މީހުންގެ ތެރެއިން މި ފަހަރު ލޯނު ލިބުނީ އެންމެ 79 މީހަކަށެވެ. މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ މީހުންނަށް ލޯނު ދިނުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ވާއިރު، އެ ފުރުސަތު އެތައް ބަޔަކަށް ގެއްލުމުން ޝަކުވާ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގިނަ ބަޔަކަށް ފުރުސަތު ގެއްލުނީ އާންމު ކޮށްފައިވާ އުސޫލާ ޚިލާފަށް ލޯނަށް އެދި ހުށަހެޅުމުން ކަމަށެވެ. އަދި އެ މީހުން ޑިސްކޮލިފައިވި ސަބަބު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސާފުކޮށް ދޭނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު، އުސޫލާ ޚިލާފު ފޯމު ބަލައިގަތް ސަބަބާ ގުޅޭ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ފޯމުތައް ފުރާފައިވާ ގޮތް އުސޫލާ ހިލާފުވި ސަބަބު މިހާތަނަށް ވެސް ހާމަނުކުރުމާއި އެފަދަ ފޯމުތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް ބަލައިގަތުމަކީ ވެސް އެތައް ބައެއްގެ ކަންބޮޑުވުމެކެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މަތީ ތައުލީމުގެ ލޯނުގެ ބާކީ ޖާގަތަކަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ގައި ހުޅުވައިލާނެ އެވެ.
Loan libunee 79 faraathakah. Gina faraaithah disqualify vee aanmu kurevunu usoolai iulaanai khilaafah application husha helhifa vaathee. Disqualify vi sababu @MoHE_MV in haama kodheyne. Baakee jaaga thakuga kiyevumah anekka ves loanah iulaan kuraane mi mahu 20ga.
— Dr Ibrahim Hassan (@DrChubby) June 7, 2019
މިނިސްޓަރުގެ ޓްވީޓް
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނީ ލޯނު ލިބޭ ދަރިވަރުންނަށް އަންނަ އަންގާރަ އާއި ބުދަ ދުވަހު އީމެއިލް އަކުން އަންގާނެ ކަމަށެވެ. އެކަމާ ބެހޭ މައުލޫމާތު ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ސާފު ކުރުމުގެ ފުރުސަތު އަންނަ ހަފުތާގައި އޮންނާނެ ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ސަރުކާރުން މަތީ ތައުލީމަށް ލޯނު ދޫކުރެ އެވެ.
އިންޓްރަސްޓް ކުޑަ ސްޓޫޑެންޓް ލޯނަށް ހުޅުވާލައިފި
ގިނަ ކުދިން ޑިސްކޮލިފައި ވުމުން ދެރަވި: މިނިސްޓަރު
ލޯނު ލަސްވަނީ އެއްފަހަރާ ގިނަ ފޯމުތަކެއް ހުށަހެޅުމުން
ކިޔެވުން މެދުކަނޑާލި 120 ދަރިވަރަކަށް ފުރުސަތު ދެނީ
ތައުލީމުގެ ލޯނު ލިބޭ ދަރިވަރުންގެ އަދަދު އިތުރުކޮށްފި
ލޯނުން ބާކީވި ފައިސާއިން ކިޔަވަން އިތުރު ފުރުސަތު ދެނީ
މަތީ ތައުލީމް ލޯނު: ގިނަ ދަރިވަރުން ޑިސްކޮލިފައިވެއްޖެ
ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ އެއް ޕަސެންޓަށް ކުޑަކޮށްފި
އިދާރީ ފީ ކުޑަކޮށް މަތީ ތައުލީމްގެ ލޯނަށް ހުޅުވާލައިފި
ލޯނު ލިބުނު ދަރިވަރުންގެ ލިސްޓު އާންމުކޮށްފި