09 ޖޫން 2022
މަތީ ތައުލީމުގެ ލޯނު ލިބޭ ދަރިވަރުންގެ އަދަދު އިތުރުކޮށް، ދާއިމީ ލިސްޓު މިއަދު އާއްމުކޮށްފި އެވެ.
މަތީ ތައުލީމުގެ ލޯނު ލިބޭ ދަރިވަރުންގެ އަދަދު އިތުރުކޮށް، ދާއިމީ ލިސްޓު މިއަދު އާއްމުކޮށްފި އެވެ.
މިދިޔަ ފެބްރުއަރީ މަހު ހުޅުވައިލި ލޯނުގެ 720 ޖާގަ އަށް 1،000 ދަރިވަރުން ކުރިމަތިލި އެވެ. ނަމަވެސް މިދިޔަ މަހުގެ 16 ގައި ވަގުތީ ލިސްޓު އާއްމުކުރީ 393 ދަރިވަރުންނަށް ފުރުސަތު ދީފަ އެވެ. ގިނަ ދަރިވަރުން ޑިސްކޮލިފައިވީ ވެސް ބައެއް ކޯސްތަކަށް ކަނޑައެޅި ޖާގަ އަށް ވުރެ ގިނަ ދަރިވަރުންނެއް ކުރިމަތިލުމުންނެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، އެ ލިސްޓަށް ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު އިތުރު 59 ދަރިވަރަކަށް މަތީ ތައުލީމު ހާސިލްކުރަން ފުރުސަތު ދީފައިވާ ކަމަށެވެ. އެހެންވެ، މި އަހަރު ހުޅުވައިލި ލޯނުގެ ފުރަތަމަ ބުރުން، ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަން 453 ދަރިވަރުންނަށް ޖާގަ ދީފައިވެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެމްބީބީއެސް އާއި ޕައިލެޓް ތަމްރީނު އަދި ޕީއެޗްޑީ ކިޔެވުމަށް ކުރިމަތިލި ދަރިވަރުން ފިޔަވައި، އެހެން ހުރިހާ ދާއިރާއަކުން ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ އެންމެންނަށް ލޯނު ދިނެވެ.
މި ފަހަރު އެންމެ ގިނަ ދަރިވަރުން ކުރިމަތިލީ ޕައިލެޓްކަން ކިޔަވާށެވެ. އެ ދާއިރާ އަށް 10 ޖާގަ ހާއްސަކުރިއިރު 252 ދަރިވަރަކު ލޯނަށް އެދުނެވެ. އެމްބީބީއެސް ހަދަން ހުޅުވައިލި 25 ފުރުސަތަށް 129 ދަރިވަރުން ކުރިމަތިލި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ އަށް ބޭނުންވާ މުހިއްމު ބައެއް ދާއިރާތަކަށް ސްލޮޓްތައް ރިޒާވް ކުރިއަސް ތަރުހީބު ނުލިބޭ ކަމަށެވެ. އޭގެ ތެރެއިން، އެގްރިކަލްޗަރު އެންޑް ފިޝަރީޒް، އޮކިއުޕޭޝަނަލް ހެލްތު ސޭފްޓީ އަދި ކެއާ އެލްޑަލީ އެންޑް ޑިސްއޭބަލްސް ކޯހަށް އެއްވެސް މީހަކު ކުރިމައްޗެއް ނުލަ އެވެ.
ރާއްޖެ އަށް ބޭނުންވާ ދާއިރާތަކުން މީހުން ތަމްރީނު ކުރުމަކީ ހަމައެކަނި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް ކުރެވޭނެ ކަމަކަށް ނުވާތީ، އެހެން އިދާރާތަކުން ވެސް އެ ކަމުގައި އެހީތެރިވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.
ލޯނު ލަސްވަނީ އެއްފަހަރާ ގިނަ ފޯމުތަކެއް ހުށަހެޅުމުން
ކިޔެވުން މެދުކަނޑާލި 120 ދަރިވަރަކަށް ފުރުސަތު ދެނީ
ލޯނުން ބާކީވި ފައިސާއިން ކިޔަވަން އިތުރު ފުރުސަތު ދެނީ
މަތީ ތައުލީމް ލޯނު: ގިނަ ދަރިވަރުން ޑިސްކޮލިފައިވެއްޖެ
ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ އެއް ޕަސެންޓަށް ކުޑަކޮށްފި
އިދާރީ ފީ ކުޑަކޮށް މަތީ ތައުލީމްގެ ލޯނަށް ހުޅުވާލައިފި
މަތީ ތައުލީމުގެ ލޯނަށް ހާހަކަށް ވުރެ ގިނަ ދަރިވަރުން
މަތީ ތައުލީމަށް 340 މިލިއަނަށް ވުރެ ގިނަ ރުފިޔާ
ލޯނު ލިބޭ ދަރިވަރުންގެ ނަންތައް އިއުލާނުކޮށްފި
ލޯނު ލިބޭ ދަރިވަރުން ވަރަށް އަވަހަށް އިއުލާނުކުރާނަން