މިދިޔަ ދޮޅު އަހަރު ތެރޭގައި ވަގު ސެޓްފިކެޓްތަކުގެ 19 މައްސަލައެއް ހުށަހަޅާފައިވާއިރު، އެ މައްސަލަތަކުގެ ތަހުގީގު ނުނިމި، އެފަދަ މީހުންނާ މެދު ފިޔަވަޅު އެޅުން ލަސްވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފި އެވެ.
11 ސެޕްޓެމްބަރ 2025
މިދިޔަ ދޮޅު އަހަރު ތެރޭގައި ވަގު ސެޓްފިކެޓްތަކުގެ 19 މައްސަލައެއް ހުށަހަޅާފައިވާއިރު، އެ މައްސަލަތަކުގެ ތަހުގީގު ނުނިމި، އެފަދަ މީހުންނާ މެދު ފިޔަވަޅު އެޅުން ލަސްވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފި އެވެ.
ވަގު ސެޓްފިކެޓްތަކުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، އެމްކިއުއޭއިން ދޫކުރާ ލިޔުންތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުން (އެޓެސްޓް) ކުރުމުގެ ބާރު ހަމައެކަނި އެމްކިއުއޭއަށް އޮންނަ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެމްކިއުއޭއިން ދޫކުރާ ލިޔެކިޔުންތަކުގައި މީގެފަހުން ތައްގަނޑު ޖަހާނީ އެ އޮތޯރިޓީން ކަމަށެވެ. އަދި ސޮޔާއި ތައްގަނޑު ފޯޖު ކުރުމުގެ މައްސަލަތައް ބޮޑުވެ، މިދިޔަ އަހަރު އެފަދަ 11 މައްސަލައެއް އަދި މިއަހަރުގެ މިހާތަނަށް އަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މީހުންގެ ތެރޭގައި ތަކުރާރުކޮށް "ވަގު" ސެޓްފިކެޓްތައް ހުށަހަޅާ މީހުން ތިބި ކަމަށް ފިޒާނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވެނީ ފޮޓޯކޮޕީ ނަގާ ތަންތަނުގައި ތިއްބަވާ ބޭފުޅުން ވެސް އެބަ ސޮއި ކުރައްވާ ތައްގަނޑު ޖަހާފައި. ބައެއް ލޯޔަރުންގެ ސަބަބުން މިހާރު އެއްވެސް ވަރަކަށް އިތުބާރު ނުކުރެވޭ. އެތަނުގައި ކައުންޓަރުގައި އިންނަ ކުއްޖާ އެބަ ސޮއިކޮށްލާ. އަޅުގަނޑުމެންނަށް ކިހިނެތްތޯ ބަރޯސާ ވެވޭނީ އެ އެއްޗިއްސަށް،" އެޓެސްޓޭޝަން ގަވާއިދު ހަދަން ޖެހުނު މައިގަނޑު ސަބަބަކީ ވެސް ފޭކު ސެޓްފިކެޓްތައް އާންމުވުމުންކަން ފާހަގަ ކުރައްވައި، ފިޒާނާ ވިދާޅުވި އެވެ.
"ފޯޖު ކޮށްގެން ސެޓްފިކެޓް ހަދާފަ ބައެއް ބޭފުޅުން އެބަ ތިއްބެވި ޑިޕްލޮމާ ހަދާފައި، ބެޗްލާސް ހަދާފައި، އެޑްމިނިސްޓްރޭޝަންގެ ދާއިރާ، ޕޯސްޓް ގްރޭޖުއޭޓް ސެޓްފިކެޓް، މާސްޓާސް ހަދާފައި."
ފިޒާނާ ވަނީ ފޭކް ސެޓްފިކެޓް ހުށަހަޅާފައިވާކަމުގެ ރިޕޯޓް ލިބިފައިވާ ބައެއް ދާއިރާތައް ހާމަކުރައްވައިފަ އެވެ. އެވެ. އެއީ
- އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)
- އެޑިޔުކޭޝަން ދާއިރާ (ހާއްސަކޮށް އާލީ ޗައިލްޑްހޫޑް އެޑިޔުކޭޝަން، އީސީއީ)
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ)
- ގާނޫނީ ދާއިރާ
- މާސްޓާ އިން ބިޒްނަސް
- މާސްޓާ އިން އެކައުންޓިން
އެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވާ ނަމަވެސް މައްސަލަތައް އަވަހަށް ނުނިންމާ ކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅު ކުރެއްވި އެވެ. އޭގެ ސަބަބުން އެފަދަ ވަގު ސެޓްފިކެޓް ގެންގުޅޭ މީހުން އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ބަދަލުވާއިރު، އެ މައްސަލަ ތަކުރާރުކޮށް ދިމާވާ ކަމަށް ވެސް ފިޒާނާ ވިދާޅުވި އެވެ.
"އެ ގަވާއިދު ހެދީ ވެސް މިކަން މިނިމައިޒް ކުރުމަށް. އަޅުގަނޑުމެންނަކަށް ނުހުއްޓުވޭނެ މިކަމެއް. ޕޯޓަލް ސިސްޓަމެއް އައިސްގެން ނޫނީ ނުވާނެ. އޭރުން ވަރަށް ބޮޑަށް މިނިމައިޒް ވާނެ. އެކަމަކު އެހާ ހިސާބަށް އަންނަން ވާއިރަށް ވެސް އަޅުގަނޑުމެންނަކަށް މަޑެއް ނުކުރެވޭނެ. އެހެންވީމަ އަޅުގަނޑުމެން އެޓެސްޓޭޝަން ތައްގަނޑު ޖަހަން އުސޫލެއް ހެދީ،" އޭނާ ވިދާޅުވި އެވެ.
އެ އުސޫލުގެ ދަށުން އެމްކިއުއޭއިން އެޓެސްޓް ކުރަން ޖެހޭނީ އެ އޮތޯރިޓީން ދޫކުރާ ލިޔުންތައް އެކަންޏެވެ. އެހެންވެ، އެމްކިއުއޭއިން ހުއްދަ ދީގެން ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮޖެލްތަކުން ހިންގާ ކޯސްތަކުގައި ދޫކޮށްފައިވާ ސެޓްފިކެޓްތައް އެޓެސްޓްކުރަން އެމްކިއުއޭއަށް ވަކިން ހުށަހަޅަން ނުޖެހޭނެ އެވެ.
ރީރަޖިސްޓްރީނުކުރާ 101 ތަނެއްގެ ސަނަދު ގަބޫލުނުކުރާނެ
މަތީ ތައުލީމާ މެދު ސުވާލު: ހައްލުކުރެވިދާނެ ބާ؟
އެސައިންމަންޓް ވިއްކާ ލަންކާ މީހަކު ނުހުއްޓުވިފައި
އެމްކިއުއޭގެ ލިޔުން އެޓެސްޓްކުރެވޭނީ އެތަނަށް އެކަނި
ސެޓްފިކެޓް ފޯޖުކުރާ މައްސަލައިގެ ތަހުގީގެއް ފަށައިފި
ސްޓޫޑެންޓް ލޯނުގެ ވަގުތީ ލިސްޓަށް 195 ޝަކުވާ
ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ ކަނޑާލައިފި
"ހުއްދައާ ހިލާފަށް ބޭރުގައި ކޯސްތައް އެބަ ހިިންގާ"
އެސަސްމަންޓްތަކުން 50 ޕަސެންޓް ހޯދުން ލާޒިމް ކޮށްފި
ޕީއެޗްޑީ ގަބޫލުކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓަށް