21 އެޕްރީލް 2019
ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ 201 ގައިދީ އަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދަބު ލުއިކޮށްދެއްވައިފި އެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ 201 ގައިދީ އަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދަބު ލުއިކޮށްދެއްވައިފި އެވެ.
އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ، މުޖުތަމައަށް ނުރައްކަލެއް ނެތްކަން ކަށަވަރު ކުރުމަށް ފަހު 201 ގައިދީއެއްގެ އަދަބު ރައީސް ލުއިކޮށްދެއްވާފައިވާ ކަމަށެވެ. އެކަމުގައި ބޮޑަށް ބެއްލެވީ އިންސާފު ލިބުމުގައި ޝަރުއީ ނިޒާމުން ގެއްލިފައި ތިބި މީހުންނަށް ކަމަށް ހޫދު ވިދާޅުވި އެވެ.
އަދަބު ލުއިކޮށްދެއްވާފައިވާތީ އޭގެ ތެރެއިން ބައެއް މީހުން މިނިވަންވެފައި ވެ އެވެ. އަނެއްބައި މީހުން ގޭ ބަންދަށް ބަދަލު ކޮށްދީފައިވާއިރު ދެން ތިބި މީހުންގެ ޖަލު ހުކުމުން ބޮޑު ބައެއް ވަނީ މާފުވެފަ އެވެ. ނަމަވެސް އޭގެ ތަފްސީލުތަކެއް ހޫދު ނުދެއްވަ އެވެ.
ހޫދު ވިދާޅުވީ އަދަބުލުއިކޮށްދޭން ނިންމި މީހުންގެ ތެރޭގައި ޑައިމޯފިން ބޭނުން ކުރުމާއި ވައްކަން ކުރުމާއި ކެނަބިސް އާއި ބަނގުރާ ބޭނުންކޮށްގެން ހުކުމް ތަންފީޒުކުރަމުންދާ މީހުން ހިމެނޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ މީހަކު އަދަބުލުއިކޮށްދިނުމުގެ ސަބަބުން މިނިވަންވި ނަމަވެސް، ކޯޓު އަމުރެއް ނެތި އެ މީހަކު ދިރިއުޅޭ ތަންތަނާއި އެއްޗެހި ފުލުހުންނަށް ދެ އަހަރު ވަންދެން ބަލައި ފާސްކުރެވޭނެ އެެވެ.
ހޫދު ވިދާޅުވީ އަދަބުލުއިކޮށްދިން އެންމެންނަކީ ވެސް ހުކުމުގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުކޮށްފައިވާ މީހުން ކަމަށެވެ އެ މީހުންގެ އަދަބުލުއިކޮށްދިންއިރު، ބަލި ހާލަތާއި ޖަލުގައި އެ މީހެއްގެ އަހުލާގު ހުރި ގޮތާއި ހާއްސަ ހާލަތްތަކަށް ބަލާފައިވާނެ ކަމަށް ވިދާޅުވި އެވެ.
"އެބަހުރޭ ސިސްޓަމް ތެރޭގައި ބެދިފައި ތިބި މީހުން. އަދަބު ލުއިކޮށްދިންއިރު ބޮޑަށް ބަލާފައި ވަނީ، އާ ގާނޫނުލްއުގޫބާތަށް އަމަލުކުރަން ފެށިއިރު ނިޒާމުން ގެއްލިފައި ތިބި މީހުންނަށް،" ހޫދު ވިދާޅުވި އެވެ.
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
ޑްރަގު މައްސަލާގައި ހިމެނޭ އެތައްބަޔަކު ޖަލުން ދޫކޮށްލި
59 ހައްޔަރު: ބިރެއް ނެތި ކުށްކުރާ ސަބަބު ރެކޯޑުން!
ގައިދީން މަސްތާއި ހަރުކަށި ފިކުރުގެ ނުރައްކަލުގައި
ގައިދީންގެ ފުރަތަމަ ރިހެބް ޕްރޮގްރާމް ނިންމާލައިފި
ޖަލުން ފިލައިގެން އުޅެނިކޮށް މިސްބާހު ހައްޔަރުކޮށްފި
ގައިދީންނަށް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފަށައިފި
"ސޮފްވަތު ދޫކޮށްލީ އޭނާގެ އުޅުން ރަނގަޅުވުމުން"
މަރުހަބާކިޔަން ދަރިވަރުން ނުނެރެން ރައީސްގެ އިލްތިމާސެއް
މާފު ދިން މީހުން މަގުމަތިވި ސަބަބާ މެދު ސުވާލު