06 ސެޕްޓެމްބަރ 2022
މާފުށީ ޖަލުގައި ގައިދީން މިހާރު ތިބީ ވަރަށް ނުރައްކާތެރި ދެ އޮއިވަރެއްގައި ޖެހިފައި ކަމަށާއި އެއީ މަސްތުވާތަކެތި ބޭނުންކުރާ އަދި އެ ތަކެތި ވިއްކާ ގައިދީންގެ ނުފޫޒާއި ދީނީ ހަރުކަށި ފިކުރުގައި ނުފޫޒުގެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
މާފުށީ ޖަލުގައި ގައިދީން މިހާރު ތިބީ ވަރަށް ނުރައްކާތެރި ދެ އޮއިވަރެއްގައި ޖެހިފައި ކަމަށާއި އެއީ މަސްތުވާތަކެތި ބޭނުންކުރާ އަދި އެ ތަކެތި ވިއްކާ ގައިދީންގެ ނުފޫޒާއި ދީނީ ހަރުކަށި ފިކުރުގައި ނުފޫޒުގެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ސަރުކާރާއި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ކުރި ދިރާސާއިން ލިބުނު ނަތީޖާއާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ރާއްޖޭގެ ޖަލުތަކުގައި ހައްދުފަހަނަ އަޅައި ދިޔުމުގެ ކަންކަން ހިނގައި ގޮތާއި އެކަމަށް މަގުފަހިވާ ސަބަބުތައް ދެނެގަތުމަށް ހެދި އެ ދިރާސާއަކީ ސަރުކާރުން ބޭނުންވެގެން ހޯމް މިނިސްޓްރީގެ އެދުމަކަށް ޓްރާންސްޕޭރެންސީން ކުރި ދިރާސާއެއް ކަމަށާއި ސަރުކާރުގެ ބޭނުމަކަށްވީ މުޅިން މިނިވަން ބަޔަކު ލައްވައި، ދިރާސާކޮށް ޖަލުގެ ހާލަތު ދެނެގަތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކަރެކްޝަންސްގެ ބައެއް އޮފިސަރުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޓްރާންސްޕޭރަންސީގެ ދިރާސާގެ ރިޕޯޓުގައި ވަނީ ތަފާތު އެކި ކުށްތަކުގައި ޖަލަށް ލާ މީހުންނާ ހަރުކަށި ފިކުރުގެ ބަޔަކަށް ބައްދަލުކޮށް، އެ މީހުންގެ ސިކުނޑި ދޮވެ، މުޅިން ބަދަލުކޮށްލައި، ހަރުކަށި ފިކުރަށް އަނބުރާލާ ގޮތުގެ ގިނަ ވާހަކަތަކެއް ހާމަކޮށްފަ އެވެ.
"މިއީ [ޑްރަގާއި ހަރުކަށި ފިކުރަކީ] ހަމައެކަނި ޖަލުގައެއް ނޫން މުޅި މުޖުތަމައުގެ ތެރޭގައި މޫލައި ފެތުރެމުންދާ ނުރައްކާތެރި ދެ މައްސަލަ،" ރައީސް ވިދާޅުވި އެވެ.
"މި ދިރާސާއިން ފާހަގަވި އަނެއް ކަމަކީ ޖަލުތަކުގެ ހިންގުން ހަރުދަނާކުރުމަށާއި ޖަލުތަކުގައި ތިބޭ ގައިދީން ކަންތައްތައް ބެލެހެއްޓުން ހަރުދަނާކުރުމަށްޓަކައި ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އަދިވެސް ހުރިކަން. އެކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަމުން ގެންދާނަން."
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަރެކްޝަންސް އަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވި ބޭފުޅަކަށް ހަނދާނީ ފިލާ ހަވާލުކުރައްވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ މައުލޫމާތުތައް ހޯދާފައި ވަނީ މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި 20 ގައިދީއަކާއި ސްޓާފުންނާއި އަދި ކުރިން އެ ޖަލުގައި ގައިދީއެއް ގޮތުގައި އުޅުނު ޑްރަގް ރީހެބިލިޓޭޝަން ޕޭޝަންޓަކާ އިންޓަވިއުކޮށްގެންނެވެ. އިންޓަވިއު ކުރި ގައިދީންގެ ތެރެއިން ތިން މީހެއް ފިޔަވައި އެހެން އެންމެންނަކީ ވެސް، އެ މީހުންގެ ފިކުރަށް ތަބާ ނުވާ އެހެން މުސްލިމުންގެ ލޭ ހުއްދަ ވާނެ ކަމަށާއި ރާއްޖޭގައި ގާއިމް ވެފައި ވަނީ ދީނާ ހިލާފު ދައުލަތެއް ކަމަށް ގަބޫލު ކުރާ މީހުންނެވެ.
މިރޭގެ ރަސްމިއްޔާތުގައި ވަނީ ކަރެކްޝަންސްގެ އަހަރީ ރިޕޯޓް ހުށަހަޅާއި، އެ ސާވިސް އަށް އެކި ގޮތްގޮތުން ހިދުމަތްކޮށްދިން ފަރާތްތަކުގެ އަގުވަޒަންކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޑްރަގު މައްސަލާގައި ހިމެނޭ އެތައްބަޔަކު ޖަލުން ދޫކޮށްލި
މާފު ދިން މީހުން މަގުމަތިވި ސަބަބާ މެދު ސުވާލު
200 ގައިދީއަކަށް ރައީސް އަދަބު ލުއިކޮށްދެއްވައިފި
ގައިދީންގެ ބޯ ބޭލުން މަޖުބޫރު ނުކުރަން ހުށަހަޅައިފި
ކުޑަކުއްޖަކާ "ބެހުނު" މީހަކު ދަންޖެހިގެން މަރުވެއްޖެ
ސްކޭމް ހުއްޓުވާ އެންޓަނާގެ ބޭނުން ނުކުރެވޭ:ކަރެކްޝަންސް
ޖަލު އޮޕަރޭޝަންގައި ސިފައިން ވެސް ބައިވެރިކުރަނީ
ޖަމީލަށް މީހަކު އަނިޔާކުރި ކަމަށް ނުބެލެވޭ: ޕޮލިސް
ޖަލުގެ 11 އޮފިސަރަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި ވަޅުލައިފި