09 ޖެނުއަރީ 2025
ޖަލުތަކުގައި އެއްވެސް ގައިދީއަކަށް ދޭ އަސާސީ ހިދުމަތެއް ހުއްޓާލާފައި ނުވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
ޖަލުތަކުގައި އެއްވެސް ގައިދީއަކަށް ދޭ އަސާސީ ހިދުމަތެއް ހުއްޓާލާފައި ނުވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
ކަރެކްޝަންސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ޖަލުގެ ބައެއް އުސޫލުތަކަށް ބަދަލު ގެނައި ނަމަވެސް، ގައިދީންނާއި ބަންދު މީހުންނަށް ލިބެން ޖެހޭ އެއްވެސް އަސާސީ އިނާޔަތެއް އަދި ހިދުމަތެއް އުނި ނުކުރާ ކަމަށެވެ.
މާފުށީ ޖަލުގައި ތިބި ބައެއް ބަންދު މީހުން، އެ ސާވިސް އިން ފޯރުކޮށްދޭ ކާބޯތަކެތި ބައެއް ފަހަރު ބޭނުން ނުކުރާ ނަމަވެސް، ވިޔަފާރި އުސޫލުން ގަނެފައިވާ ތަކެތި ނުވަތަ އަމިއްލަ ކާބޯތަކެތި ގަނެގެން ބޭނުން ކުރަމުންދާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
މީގެ އިތުރުން އެއްވެސް ކަމަކާ ގުޅިގެން އެއްވެސް ބަންދު މީހެއްގެ ސިއްހީ ހާލަތު ގޯސްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ވަކި ހާއްސަ ފަރުވާއެއް ދީފައި ނުވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މާފުށީ ޖަލުގައި ގައިދީންތަކެއް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށާއި އެތަނުން ބައެއް މީހުންގެ ހާލު ވަރަށް ދެރަވެގެން އެޑްމިޓްކުރަން ޖެހުނު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ އަޑުތައް ފެތުރިފަ އެވެ. އަދި ޕްރިޒަން އޮފިސަރުން ގައިދީއަކު ސްޓްރެޗާއަކަށް ލައިގެން ގެންދާ ވީޑިއޯއެއް ވެސް އާންމުވެފައިވެ އެވެ.
ގައިދީންގެ ބޯ ބޭލުން މަޖުބޫރު ނުކުރަން ހުށަހަޅައިފި
ކުޑަކުއްޖަކާ "ބެހުނު" މީހަކު ދަންޖެހިގެން މަރުވެއްޖެ
ސްކޭމް ހުއްޓުވާ އެންޓަނާގެ ބޭނުން ނުކުރެވޭ:ކަރެކްޝަންސް
ޖަލު އޮޕަރޭޝަންގައި ސިފައިން ވެސް ބައިވެރިކުރަނީ
ޖަމީލަށް މީހަކު އަނިޔާކުރި ކަމަށް ނުބެލެވޭ: ޕޮލިސް
ޖަލުގެ 11 އޮފިސަރަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި ވަޅުލައިފި
ޖަމީލް ނިޔާވީ ސަޖިދާގައި އޮއްވައި، ޕޯސްޓްމޯޓަމް ހަދަނީ
މިސްކިތުގައި އަޑުގަދަ ކުރި މީހާ ޖަލުގައި ނިޔާވެއްޖެ
ފައިސާ ނަގައިގެން ގައުމަށް ޣައްދާރެއް ނުވެވޭނެ:އިހުސާން