29 ޖޫން 2024
ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުއްޓާ އިއްޔެ ގައިދީއަކު ނިޔާވެފައި ވަނިކޮށް ފެނުނީ ސަޖިދައިގައި އޮއްވައި ކަމަށާއި އެ މަރުގައި އިހުމާލެއް އޮތްތޯ ބަލަން ޕޯސްޓްމޯޓަމް ހަދަން އަންގާފައިވާ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.
ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުއްޓާ އިއްޔެ ގައިދީއަކު ނިޔާވެފައި ވަނިކޮށް ފެނުނީ ސަޖިދައިގައި އޮއްވައި ކަމަށާއި އެ މަރުގައި އިހުމާލެއް އޮތްތޯ ބަލަން ޕޯސްޓްމޯޓަމް ހަދަން އަންގާފައިވާ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.
ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ށ. ފުނަދޫ ޒަމާނީވިލާ، މުހައްމަދު ޖަމީލް، 45، ނިޔާވެފައި އޮއްވައި ފެނުނީ އިއްޔެގެ މެންދުރުގެ ވަގުތެއްގަ އެވެ.
ނަމަވެސް، ޖަމީލް ނިޔާވީ ޖަލު އޮފިސަރުން އަނިޔާކޮށްގެން ކަމާއި ފަރުވާ ދިނުމުގައި ވެސް އިހުމާލުވައިވާ ކަމަށް ބުނެ، ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ޖަމީލްގެ މޫނުމަތީގައި ނޫފައިގެންފައިވާ ތަނެއް ހުރުމުން އެއީ އަނިޔާއެއްގެ ނިޝާން ކަމަށް ބުނެ ބައެއް މީހުން ދަނީ ވާހަކަ ދައްކަމުންނެވެ.
Regarding the death of an inmate in Maafushi Prison this morning, I would like to inform that every case of death in prison is independently investigated by the Inspector of Correctional Service. Also if there is any suspicion regarding the circumstances involved in the death of…
— Minister of Homeland Security & Technology (@min_mohst) June 28, 2024
އެ ޝަކުވާތަކާ ގުޅިގެން އިހުސާން، "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖަލުގައި ކޮންމެ ގައިދީއަކު މަރުވިއަސް، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އިން އެ ކަން ހިނގައިދިޔަ ގޮތުގެ މިނިވަން ތަހުގީގެއް ހިންގާނެ ކަމަށެވެ. ޝައްކު އުފެދޭ ކަމެއް އުޅޭ ނަމަ އެޗްއާރުސީއެމުން ވެސް މިނިވަން ތަހުގީގެއް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މިރޭ ފަތިސް ނަމާދަށް ފަހު ޖަމީލް ވަޅުލަން ނިންމާފައިވަނިކޮށް، ހޯމް މިނިސްޓަރު ވަނީ އާއިލާގެ ހުއްދައާ އެކު، އޭނާގެ ޕޯސްޓްމޯޓަމް ހަދައި މަރުގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަން އަންގަވައިފަ އެވެ.
އިހުސާން ވިދާޅުވީ ޖަމީލް އެންމެ ފަހު ވަގުތު ނަމާދުކުރާ ތަން، އެ ގޮޅީގައި ހުރި ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށެވެ. ޖަމީލްގެ ނިޔާވެފައި ވަނިކޮށް ފެނުނީ ސަޖިދައިގައި އޮއްވައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި މައްސަލަ ތަހުގީގުކުރާ ހުރިހާ އިދާރާއަކަށް ސީސީޓީވީ ފުޓޭޖުތައް ހިއްސާ ކުރާނަން،" އިހުސާން ވިދާޅުވި އެވެ.
ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮށް ގިނައިރު އޮތް ކަން ފާހަގަކުރެވިގެން ސީޕީއާރު ދިނުމަށް ފަހު ވެސް ބަދަލެއް ނައުމުން މާފުށީ ސިއްހީ މަރުކަޒަށް ގެންދިޔައީ އިއްޔެގެ މެންދުރު 12:13 ގަ އެވެ. ހިތް ހުއްޓިގެން އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރު ކަނޑައެޅީ 12:45 ގަ އެވެ.
ނަފުސާނީ ބައްޔަކަށް ފަރުވާ ހޯދަމުން އައި ޖަމީލަކީ އެންވަޔަރުމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ވަޅިން ހަމަލާ ދީގެން ވެސް ހައްޔަރުކުރި މީހެކެވެ. އޭގެ ކުރިން ސަލްމާން މިސްކިތުގައި ހުކުރު ނަމާދު ކުރަމުން ދަނިކޮށް، މިންބަރަށް އަރައި އަޑުގަދަކޮށް ނަމާދަށް ހުރަސްއެޅި މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައި ވެ އެވެ.
ޖަލުގައި މަރުވާ ހުރިހާ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
ޖަމީލަށް މީހަކު އަނިޔާކުރި ކަމަށް ނުބެލެވޭ: ޕޮލިސް
ޖަލު އޮޕަރޭޝަންގައި ސިފައިން ވެސް ބައިވެރިކުރަނީ
ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި ވަޅުލައިފި
ފައިސާ ނަގައިގެން ގައުމަށް ޣައްދާރެއް ނުވެވޭނެ:އިހުސާން
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް!
"ޖަލުން ކުރާ ސްކޭމް ކޯލްތަކުގެ އަދަދު މަދުކުރެވިއްޖެ"
ކުޑަކުއްޖަކާ "ބެހުނު" މީހަކު ދަންޖެހިގެން މަރުވެއްޖެ
މާފުށީ ޖަލުން ދާން ބޭނުމީ މި ސާދާ ދިރިއުޅުމަށް!