Roadha Mihaaru
ޖަލު އޮޕަރޭޝަންގައި ސިފައިން ވެސް ބައިވެރިކުރަނީ

ޖަލަށް ވައްދާ ތަކެތި ހޯދަން ސިފައިން ވެސް ނެރެ، އޮޕަރޭޝަން ކުރިއަށް

01 ޖުލައި 2024

މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވަގަށް ވެއްދުމުގައި ބައިވެރިވާ ނެޓްވޯކް ހޯދުމަށް ހިންގާ އޮޕަރޭޝަނަށް ސިފައިން ވެސް ނެރެ، އެ އޮޕަރޭޝަން އަދިވެސް ކުރިއަށް ގެންދާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވަގަށް ވެއްދުމުގައި ބައިވެރިވާ ނެޓްވޯކް ހޯދުމަށް ހިންގާ އޮޕަރޭޝަނަށް ސިފައިން ވެސް ނެރެ، އެ އޮޕަރޭޝަން އަދިވެސް ކުރިއަށް ގެންދާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި ޖަލު އޮފިސަރުން އެހީތެރިވާ ކަމަށް ތުހުމަތު ކުރެވޭތީ ފުލުހުންގެ ބޮޑު އޮޕަރޭޝަން ފެށީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. އެ ޖަރީމާގައި ބައިވެރިވާ ކަމަށް 18 އޮފިސަރަކަށް ތުހުމަތު ކުރެވޭއިރު، މިހާތަނަށް 13 އޮފިސަރަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެ އެވެ.

ހޯމް މިނިސްޓްރީން ބުނީ ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އިތުރުން އެމްއެންޑީއެފްއިން ވެސް އެ އޮޕަރޭޝަންގައި ބައިވެރިވެފައިވާ ކަމަށާއި އެ އޮޕަރޭޝަންގެ ކަންކަން ބެއްލެވުމަށް ހޯމް މިނިސްޓަރު އަލީ އިހްސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު މާފުށީ ޖަލަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ.

ސިފައިންގެ ގާނޫނު އޮންނަ ގޮތުން ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ސިފައިން ބައިވެރިވާނީ އެކަމަށް ފުލުހުން އެދުމުންނެވެ.

އޭގެ ތެރެއިން ނުވަ އޮފިސަރަކު ހައްޔަރުކޮށްފައި ވަނީ މާފުށިންނެވެ. ދެ މީހަކު ކާށިދޫ އިން އަދި ހއ. އުތީމުންނާއި މާލެ އިން ވެސް އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ހެލްތު މިނިސްޓަރު އިހުސާން، މާފުއްޓަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: ހޯމް މިނިސްޓްރީ

ހެލްތު މިނިސްޓަރު އިހުސާން، މާފުއްޓަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: ހޯމް މިނިސްޓްރީ

އެ މީހުންގެ އެކައުންޓުތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ 73.6 މިލިއަން ރުފިޔާ ޖަމާވެފަ އެވެ.

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް މީގެ ކުރިން ވިދާޅުވީ އެއް އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން ޖުމްލަ 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ.