Roadha Mihaaru
މާފުށީ ޖަލުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފި

ފޯނު ވެއްދުން ހުއްޓުވަން މާފުށީ ޖަލުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފި

21 ޖޫން 2024

މާފުށީ ޖަލަށް ފޯނު ވެއްދުން ހުއްޓުވުމަށް އެ ތަނުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާފުށީ ޖަލަށް ފޯނު ވެއްދުން ހުއްޓުވުމަށް އެ ތަނުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ، މާފުށީ ޖަލުގައި އެވްރެޖްކޮށް ކޮންމެ ގޮޅިއަކުން ވެސް ފޯނާއި މަސްތުވާތަކެތި ފެންނަ ކަމަށެވެ.

ސްކޭމް ކޯލް ފަދަ މައްސަލަތައް ފެށިގެން އަންނަނީ އެ ގޮތަށް ޖަލުގެ ތެރެއިން ކަމަށާއި އެ ކަން ހުއްޓުވުމަށް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ ހަފުތާގައި އަޅުގަނޑުމެން ވާނެ ދެ މެޓަލް ޑިޓެކްޓާ ހަރުކޮށްފައި. އަދި ކުރިއަށް އޮތް މަސް ތެރޭގައި ސޯސް އެބަކުރަން ބޮޑީ ސްކޭނިން މެޝިނެއް. އެ މަސައްކަތް ވެސް މިދަނީ ކުރަމުން،" އިހުސާން ވިދާޅުވި އެވެ.

ޖަލުގެ ތެރެއަށް ފޯނު ފަދަ ތަކެތި ވަނުމުގެ މައްސަލަ ހައްލު ކުރުމަށް ފަހު، ދެން ކުރަން ޖެހޭނީ މުޖުތަމައުގައި ސްކޭމް ކުރުމުގެ ކަންކަން ހުއްޓުވުން ކަމަށް އިހުސާން ވިދާޅުވި އެވެ.

އެ ކަމަށްޓަކައި ފުލުހުންނާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.