02 ޑިސެމްބަރ 2024
ޖަލުތަކުގައި ހުކުމް ތަންފީޒުކުރާ ގައިދީން ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމްގައި ހޭދަކުރާ ކޮންމެ ދުވަހަކީ އެ މީހެއްގެ ހުކުމުގެ ބާކީ އޮތް މުއްދަތުން އުނިވާނެ ދުވަހެއްގެ ގޮތުގައި ކަނޑައަޅައި، މާފު ދޭ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ޖަލުތަކުގައި ހުކުމް ތަންފީޒުކުރާ ގައިދީން ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމްގައި ހޭދަކުރާ ކޮންމެ ދުވަހަކީ އެ މީހެއްގެ ހުކުމުގެ ބާކީ އޮތް މުއްދަތުން އުނިވާނެ ދުވަހެއްގެ ގޮތުގައި ކަނޑައަޅައި، މާފު ދޭ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެގޮތަށް ނިންމުމަށް ހުށަހެޅީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ހިންގާ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ބައެއްގެ ގޮތުގައި ޖަލުގެ އެތެރޭގަ އާއި ބޭރުގައި ތަފާތު އެކި މަސައްކަތްތައް ކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.
ގައިދީންތަކެއް.--
އެޕްރޮގްރާމްތައް ހޯމް މިނިސްޓްރީ އާއި ކަރެކްޝަނަލް ސާވިސްގެ ފަރާތުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފުރިހަމަ ކުރާ ގައިދީންނަށް އެކަމާ ގުޅުވައިގެން ކަނޑައެޅިފައިވާ ނިޒާމެއްގެ ތެރެއިން ހުކުމަށް ލުއި ދިނުމާއި ހުކުމް މައާފު ކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އިއްޔެގެ ކެބިނެޓް ބައްދަލުވުމަށް ހުށަހެޅީ:
- ރީހެބިލިޓޭޝަން ފްރޭމްވާކަށް އަމަލުކުރަން ފެށުން.
- ޖަލުތަކުގަ އާއި ޖަލުން ބޭރުގައި ގައިދީންނަށް ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް އިތުރުކުރެވޭނެ ގޮތަށް ނިޒާމު ބަދަލުކުރުން.
- ރީހެބިލިޓޭޝަން ފްރޭމްވޯކާއި މައާފުދިނުމާއި ޕެރޯލް ހަމަޖެއްސުމާއި ހުކުމަށް ލުއި ދިނުމުގެ ނިޒާމު ގުޅުވައިލުން.
- ކޮމިއުނިޓީ ސާވިސް އިތުރަށް ފުޅާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
އެ ކަންކަން ކުރުމަށްޓަކައި ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާ ހަވާލުކޮށް، އެ ކަންކަން ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މައިގަނޑު ކަންކަން ހާސިލްކުރުމަށް ޓައިމްލައިނެއް އެކުލަވާލައި، ހާސިލްކުރެވޭ މިންވަރު ބެލުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިދިޔަ އޮގަސްޓު މަހު މާފުށީގައި ޖަލުގައި "ދިވެހި ސަގާފީ ގޯތި" ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައި ވަނީ ގައިދީން ބޭނުން ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ހޯދަން، ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށެވެ.
"ޖަލުން ކުރާ ސްކޭމް ކޯލްތަކުގެ އަދަދު މަދުކުރެވިއްޖެ"
ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް!
ވާނުވާގައި ތިބި މީހުން ކޭސްތައް ރިވިއުކޮށް، ދޫކޮށްލަނީ
މަރުގެ އަދަބު ދޭން މި ސަރުކާރަށް ފަސޭހަވާނެތަ؟
ދަން ޖެހުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ
މާފުށީ ޖަލުން ދާން ބޭނުމީ މި ސާދާ ދިރިއުޅުމަށް!
ގައިދީންގެ ރިހެބިލިޓޭޝަންގެ މުއްދަތު ހުކުމުން އުނިކުރަނީ
ބިދޭސީންނާ މެދު އިހުމާލުވާ މީހުންގެ ލިސްޓު އާންމުކުރަނީ
ޖަލު އޮޕަރޭޝަންގައި ސިފައިން ވެސް ބައިވެރިކުރަނީ
ޖަލުގައި މަރުވާ ހުރިހާ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ