Roadha Mihaaru
ކިޔަވައިދިނުމަކީ ދަރަންޏަކަށް ވެގެން ނުވާނެ: ރައީސް

ކިޔަވައިދިނުމަކީ ބެލެނިވެރިންގެ ބޮލުގައި އަޅުވަންޖެހޭ ދަރަންޏެއް ނޫން: ރައީސް

05 ސެޕްޓެމްބަރ 2019

ކިޔަވައިދިނުމަކީ ބެލެނިވެރިންގެ ބޮލުގައި އަޅުވަންޖެހޭ ދަރަންޏެއް ނޫން ކަމަށާއި އެ ޒަމާނެއްގައި ލިބެންހުރި އެންމެ ފެންވަރު ރަނގަޅު ތައުލީމެއް ސަރުކާރުން ފޯރުކޮށްދޭންޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކިޔަވައިދިނުމަކީ ބެލެނިވެރިންގެ ބޮލުގައި އަޅުވަންޖެހޭ ދަރަންޏެއް ނޫން ކަމަށާއި އެ ޒަމާނެއްގައި ލިބެންހުރި އެންމެ ފެންވަރު ރަނގަޅު ތައުލީމެއް ސަރުކާރުން ފޯރުކޮށްދޭންޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ނ. މިލަދޫ ހިދާޔާ ސްކޫލުގެ ރަން ޔޫބީލް ފާހަގަކުރަން އެ ރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ރައީސް ވިދާޅުވީ މި ޖަޒީރާތަކުގެ ތަރައްގީއަށްޓަކައި ކުރަން އޮތް އެންމެ ބޮޑު އިންވެސްޓަކީ ދަރިންނަށް ޒަމާނީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އެހެންވެ ދަރަނިވެރިވެގެން ވެސް އެކަން ފުރިހަމަކުރުމަކީ ކޮންމެ ބެލެނިވެރިއެއްގެ ބޮޑު އުފަލެއް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކިތަންމެ ބޮޑު މުއްސަނދިކަމެއް ލިބިފައި އޮތަސް އިލްމު ހޯދަން އިސްކަން ނުދޭ ނަމަ ތަރައްގީ ލޮލުކޮޅަށް ވެސް ނުފެންނާނެ ކަމަށެވެ.

"ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގައިދޭން ތިބީ ތިޔަ ދަރިވަރުން. މި އަތޮޅާއި މި ރަށް ތަރައްގީކުރަން ތިބީ ވެސް ހަމަ ތިޔަ ދަރިވަރުން. ހަގީގަތުގައި ތިޔަ ދަރިވަރުން މިއަދު ތިކުރާކަމަކީ، މާދަމާ މި ގައުމު ތަރައްގީކުރުމަށް ބޭނުންވާ ވިސްނުން ތިޔަ ކުދިންގެ ސިކުނޑިތަކުގައި އުފެއްދުން،" ރައީސް ވިދާޅުވި އެވެ

މިލަދޫ ސްކޫލަށް 50 އަހަރު ފާހަގަކުރަން އެ ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން.-- ފޮޓޯ: ރައީސް އޮފީސް

މިލަދޫ ސްކޫލަށް 50 އަހަރު ފާހަގަކުރަން އެ ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން.-- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންސާނުން ބޭނުންވާ ހުރިހާ ކަމެއްގެ ފެށުމަކީ ތައުލީމެވެ. އެހެން ތައުލީމު ދިނުން ހުރިހާ ކަމަށްވުރެ މުހިއްމު ވަނީ، ރައީސް ވިދާޅުވި ގޮތުގައި، ހުރިހާ ފަންނުތަކެއްގެ މީހުން އުފެއްދެނީ އެ އިލްމު ހާސިލްކޮށްދީގެން ކަމަށް ވާތީ އެވެ.

ތަރައްގީވާން ބޭނުން ނަމަ އަދި ތަހުޒީބީ ބަޔަކަށް ވާން އެދޭ ނަމަ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ވެސް ކިޔަވައި ދަސްކުރުންކަން ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ 1980ގެ އަހަރުތައް ފެށިގެން އައިއިރު ސަރުކާރުން ހަރަދުކޮށްގެން ހިންގަމުން އައީ މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ އަދި އިސްކަންދަރު ސްކޫލް އެކަނި ކަމަށެވެ. ރަށްރަށުގެ ތައުލީމީ ނިޒާމާއި އޭރުގެ ވެރިކަމާ އެއްވެސް ގުޅުމެއް އޮތެކޭ ދެންނެވެން ނެތް ކަމަށާއި ރަށްރަށުގައި މަދަރުސާތައް ހިންގަމުން އައީ އެ ރަށެއްގެ ރައްޔިތުންގެ އަމިއްލަ ހަރަދުގައި ކަމަށް ވިދާޅުވި އެވެ.

ކޮންމެ ރަށަކަށް ސިއްހީ މަރުކަޒަކާއި ޑޮކްޓަރުންނާއި ނަރުހުންނާއި އިންޖީނިއަރުންނާއި ޓީޗަރުން ބޭނުންވާ ކަމަށާއި ނަމަވެސް ކޮންމެ ރަށެއްގައި އެންމެ ފުރަތަމަ އުފެދުނީ މަދަރުސާއެއްކަން، ތާރީހް ހެކިދޭ ކަމަށް ވިދާޅުވި އެވެ.

މިލަދޫ ސްކޫލަށް 50 އަހަރު ފާހަގަކުރަން އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

މިލަދޫ ސްކޫލަށް 50 އަހަރު ފާހަގަކުރަން އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކިޔަވައިދިނުމުގެ ވައްޓަފާޅި ވަރަށް ބޮޑަށް ބަދަލުވެފައިވާއިރު، ކިޔަވައިދިނުމަކީ ހަމައެކަނި މަދަރުސާއިން ދޭ ފިލާވަޅުތައް ދަސްކުރިތޯ ބެލުމެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ބަދަލުގައި، މިހާރު ކިޔަވައިދިނުމަކީ ދިރިއުޅެން ދަސްކޮށްދިނުމާއި ޒިންމާ އުފުލުގެ ގާބިލްކަން ކުދިންގެ ކިބައިގައި އަށަގެންނެވުން ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރަހައްދުގެ ގައުމުތަކާ އަޅާބަލާއިރު ރާއްޖެ އަކީ ގައުމީ އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ މިންވަރު އެންމެ މަތީ ގައުމު ކަމަށެވެ. ނަމަވެސް އެ ނިސްބަތުން ބަލާއިރު ގައުމު އޮތީ ތަރައްގީވާންވީ ވަރަށް ތަރައްގީވެފައި ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"މައްސަލަ އަކީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީ ނުކުރެވުން. ތަރައްގީގެ ވިސްނުން އަޅުގަނޑުމެންގެ ސިކުނޑިތަކުގައި އުފަން ނުކުރެވުން،" ރައީސް ވިދާޅުވި އެވެ. ކޮރަޕްޝަން ނައްތާލައި އަދުލު އިންސާފު ގާއިމުކޮށް އަދި ހައްގުތައް ރައްކާތެރި ކުރެވޭނީ ވެސް ފަރުދީގޮތުން އިސްލާހުވެގެން ކަމަށް ވިދާޅުވި އެވެ.