ހިޔާމަތް ކޮށްފައިވާ ބ. ހަނިފަރަށް ދޯނި އެރިތާ ހަތަރު ދުވަސް ފަހުން ރޭ ފުންކޮށްފި އެވެ.
28 އޮކްޓޯބަރ 2016
ހިޔާމަތް ކޮށްފައިވާ ބ. ހަނިފަރަށް ދޯނި އެރިތާ ހަތަރު ދުވަސް ފަހުން ރޭ ފުންކޮށްފި އެވެ.
ބަޔޮސްފިއާ ރިޒާވް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބޯޓު ފުން ކުރުމަށް ފަހު، ފަރަށް ލިބުނު ގެއްލުންތައް އިތުރަށް ބަލައި ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ދޮށި ދޯނި 1" ނަމަކަށް ކިޔާ ދޯނި ފުން ކުރީ ޓަގެއް ބޭނުންކޮށްގެންނެވެ. އެ ބޯޓު ފުން ކުރުމަށް ފަހު މިހާރު ވަނީ ބ.ދަރަވަންދޫއަށް ގެންގޮސްފަ އެވެ.
ޔުނެސްކޯ ބަޔޮފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރަށް ދޯނި އެރުމުން ލިބުނު ގެއްލުންތަކަށް ބެލުމަށް ފަހު އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރާނެ ކަމަށް ބެލެވެ އެވެ.
ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ. އަތޮޅުގައި ކަނޑައަޅާފައިވާ ކޯ އޭރިޔާތަކުގެ ތެރެއިން އެންމެ ހާއްސަ ތަނަކީ ހަނިފަރެވެ. އެއީ އެ ސަރަހައްދުގައި އެންމަޑި އާއި ފެހުރިހި އުޅޭތީ އެވެ. އެ ސަރަހައްދަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ވެސް ވަރަށް މުހިންމު މަންޒިލެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަނިފަރަށް ފީނާ މީހުންގެ އަތުން ބޮޑު އާމްދަނީއެއް ލިބެ އެވެ.
ދޯންޏެއް އަރައި ހަނިފަރަށް ބޮޑެތި ގެއްލުންތަކެއް
ދޮންފަނުފަރުގައި ޑައިވްކުރުން މަނާކުރުން ގާނޫނާ ހިލާފު
ދޮންފަނުފަރަށް ޑައިވްކުރުން މަނާކުރުމުން ބޮޑު ގެއްލުމެއް
ބ. އަތޮޅުގެ "ހިތް" ހަލާކުކޮށްލަން ދޫކޮށްނުލާ!
ހަނިފަރު ބަލަހައްޓާ ވޮޗްޓަވާއެއް ދަރަވަންދޫގައި
ހަނިފަރު ފަރަށް ޑައިވްކުރަން ފޭބިޔަ ނުދީ ހުރަސްއަޅައިފި
ދޮންފަނުގެ ބިން ހިއްކުމާ ދެކޮޅަށް ޕެޓިޝަނެއް
ދަރަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަނީ
ހަނިފަރު ބެލެހެއްޓުން ހަވާލުކޮށްދޭން ދޮންފަނުން އެދިއްޖެ
ނެލިވަރު ފިނޮޅަށް އެރުމުން 400،000 އިން ޖޫރިމަނާ