ބ. ދޮންފަނުގެ ބިން ހިއްކައިފި ނަމަ، އެ ރަށާއި ޖެހިގެން އޮންނަ ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ އެ ޕްރޮޖެކްޓް ހިންގުން ހުއްޓާލުމަށް ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
05 ސެޕްޓެމްބަރ 2025
ބ. ދޮންފަނުގެ ބިން ހިއްކައިފި ނަމަ، އެ ރަށާއި ޖެހިގެން އޮންނަ ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ އެ ޕްރޮޖެކްޓް ހިންގުން ހުއްޓާލުމަށް ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
ގިނަ އަދަދެއްގެ ފެހުރިއްސާއި މަޑި ފެންނަ "ހަނިފަރު ބޭ" އަކީ ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގައި އޮންނަ ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. ކަނޑުގެ އެކި ދިރުންތަކުން މުއްސަނދި އެ ސަރަހައްދަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ.
ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ރެޒިލިއެންސް މޯލްޑިވްސް އިން މިދިޔަ ބުދަ ދުވަހު ހުޅުވާލި އޮންލައިން ޕެޓިޝަންގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.
ރެޒިލިއެންސް މޯލްޑިވްސްގެ އެ ޕެޓިޝަންގައި ބުނީ ސަރުކާރުން ދޮންފަނުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން ނިންމުމަކީ ހަނިފަރުގެ ސަރަހައްދު ބޮޑު ނުރައްކަލަކަށް ހުށަހެޅޭނެ ކަމެއް ކަމަށެވެ. އެ ޕްރޮޖެކްޓުގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބުމުގެ އިތުރުން، އެއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް މަގުބޫލު ތަނަކަށް ވާތީ، އެ ސަރަހައްދަށް ލިބޭ ގެއްލުމުގެ އަސަރު ގައުމުގެ އިގުތިސާދަށް ވެސް ކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ޕެޓިޝަންގައި ބުނި ގޮތުގައި، ދޮންފަނުގެ ބިން ހިއްކަން ފެށުމުން އެ ސަރަހައްދުގައި އޮއިވަރު ދައުރުވާ ގޮތަށް ބަދަލު އައިސް، އެ ސަރަހައްދުގައި އުޅޭ ފެހުރިއްސާއި މަޑިތަކުގެ ކާނާގެ ނިޒާމަށް އަސަރުކުރުން އެކަށީގެންވެ އެވެ. އަދި އެ ސަރަހައްދުގެ މުރަކަތައް މަރުވެ، އެތަނުގައި އުޅޭ ދިރުންތަކުގެ ވެށި ހަލާކުވާނެ އެވެ.
މި ޕްރޮޖެކްޓުގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި ކަނޑުގެ ދިރުންތަކަށް ނޫން ކަމަށާއި މި ދިރުންތަކަށް ބަރޯސާވެ، އިގުތިސާދީ ނަފާ ހޯދާ އާންމުންނަށް ވެސް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އެ ޕެޓިޝަންގައި ބުނެފައިވެ އެވެ.
އެ ޕެޓިޝަންގައި ވަނީ މި ޕްރޮޖެކްޓް މަޑުޖައްސާލައި ސަރުކާރުން ދެވަނަ ވިސްނުމަކަށް ދިއުމަށް ގޮވާލައިފަ އެވެ. އަދި އެ ސަރަހައްދުގެ ވެއްޓަށް ލިބޭނެ ގެއްލުން އަންދާޒާކުރުމަށް ފުރިހަމަ އީއައިއޭ ރިޕޯޓެއް ނުހަދައި، މި މަސައްކަތް ކުރިއަށް ނުގެންދިއުމަށް ވެސް ގޮވާލާފައިވެ އެވެ.
ދޮންފަނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ، މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
ހަނިފަރު ފަރަށް ޑައިވްކުރަން ފޭބިޔަ ނުދީ ހުރަސްއަޅައިފި
ދޮންފަނުފަރުގައި ޑައިވްކުރުން މަނާކުރުން ގާނޫނާ ހިލާފު
ދޮންފަނުފަރަށް ޑައިވްކުރުން މަނާކުރުމުން ބޮޑު ގެއްލުމެއް
ބިން ނުހިއްކަން ނިންމުމުން ދޮންފަނުގައި މުޒާހަރާކުރަނީ
ބ. އަތޮޅުގެ "ހިތް" ހަލާކުކޮށްލަން ދޫކޮށްނުލާ!
ހަނިފަރު ބަލަހައްޓާ ވޮޗްޓަވާއެއް ދަރަވަންދޫގައި
ދޯންޏެއް އަރައި ހަނިފަރަށް ބޮޑެތި ގެއްލުންތަކެއް
މުޒާހަރާކުރަން ދޮންފަނު ފަރުގައި ޑައިވްކުރުން މަނާކޮށްފި
މިޔަރު ހިމާޔަތްކުރުމުގެ ނަމޫނާ ދަމަހައްޓަން ގޮވާލައިފި
ހަނިފަރު ބެލެހެއްޓުން ހަވާލުކޮށްދޭން ދޮންފަނުން އެދިއްޖެ