ބ. ދޮންފަނުން ހިއްކަން ކަނޑައެޅި ސަރަހައްދުން ކަނޑުމަތީގައި މުޒާހަރާ ކުރަން ތައްޔާރުވަމުން ދާތީ، އެ ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވް ކުރުން އެ ރަށު ކައުންސިލުން މިއަދު ވަގުތީ ގޮތުން މަނާކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލް ކުރަން އެލްޖީއޭ އިން އެ ކައުންސިލަށް މިރޭ އަންގައިފި އެވެ.
11 ސެޕްޓެމްބަރ 2025
ބ. ދޮންފަނުން ހިއްކަން ކަނޑައެޅި ސަރަހައްދުން ކަނޑުމަތީގައި މުޒާހަރާ ކުރަން ތައްޔާރުވަމުން ދާތީ، އެ ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވް ކުރުން އެ ރަށު ކައުންސިލުން މިއަދު ވަގުތީ ގޮތުން މަނާކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލް ކުރަން އެލްޖީއޭ އިން އެ ކައުންސިލަށް މިރޭ އަންގައިފި އެވެ.
ލޯކަލް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކައުންސިލްގެ އިހުތިސާސް ބޭނުން ކުރުމާ ގުޅޭ ގޮތުން، ލާމަރުކަޒީ ގާނޫނުގެ 3-56 މާއްދާގެ (ހ) ގައި ގުދުރަތީ ގޮތުން ނުވަތަ ތަބީއީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަހައްދުތައް ވަކި ކައުންސިލެއްގެ އިހުތިސާސްގެ ގޮތުގައި ކަނޑައަޅާފައި ވިޔަސް އެ ތަންތަނުގައި ގާނޫނަކުން މަނާ ކަމެއް ކަމުގައި ކަނޑައަޅާފައި ނުވާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ހައްގު ކޮންމެ ދިވެއްސަކަށް ވެސް ލިބިގެންވާ ކަމަށެވެ.
އެ މާއްދާ އަށް ރިއާޔަތްކޮށް، އެލްޖީއޭ އިން ބުނިގޮތުގައި، ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުން ވަގުތީ ގޮތުން އެ ރަށު ކައުންސިލުން ނިންމި ނިންމުން ގާނޫނާ ހިލާފެވެ.
"އަދި މިފަދަ ނިންމުންތައް ނިންމުމުގެ އިހުތިސާސް ކައުންސިލަށް ލިބިގެން ނުވާތީ، ކައުންސިލުން ނިންމާފައިވާ މި ނިންމުން ބާތިލް ކުރުމަށް އަންގަމެވެ،" ބަޔާނުގައި ބުންޏެވެ.
ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވްކުރުން ކައުންސިލުން މިއަދު މަނާކުރީ ހިއްކަން ކަނޑައެޅި ސަރަހައްދުން ކަނޑުމަތީގައި މުޒާހަރާ ކުރަން ތައްޔާރުވާތީ ކަމަށް ބުނެ އެވެ.
ބައިނަލްއަގުވާމީ ގޮތުން ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ އަދި ޔުނެސްކޯ ބަޔޯސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރުބޭގެ ސަަހަރަހައްދަަށް ނުވަދެވޭ ގޮތް ދޮންފަނު ކައުންސިލުން ހެދުމަކީ ޓޫރިޒަމްގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތް ރާއްޖޭގެ ނަމަށް ހުތުރު ވާނެ ކަމެެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއަ އޮޮޕަރޭޓާސް (މަޓާޓޯ) އިން ވެސް ވަނީ މިރޭ ބުނެފަ އެވެ.
ދޮންފަނުގެ ފަރާއި ފަރުން ފެށިގެން 700 މީޓަރު ބޭރާ ހަމައަށް ފީނުމާއި ޑައިވް ކުރުން މަނާކުރުމުން ކަންބޮޑުވުން ފާޅުކޮށް މަޓާޓޯ އިން ނެރުނު ބަޔާނުގައި ބުނީ އެ ގޮތަށް 700 މީޓަރުގެ ސަރަހައްދެއް މަނާކުރުމުން ބަންދުވީ ހަމަ އެކަނި ދޮންފަނު ފަރު ނޫން ކަމަށާއި އޭގެ ސަބަބުން އެ ބަންދުވީ ސަފާރީ އުޅަނދުތަކާއި ގެސްޓް ހައުސްތަކުން ފުޅާދާއިރާއެއްގައި ބޭނުންކުރާ ވިލުތައް ވެސް ހިމެނޭ ސަރަހައްދެއް ކަމަށެވެ.
"... ހަމަ އެކަނި އެންމެ މުޖުތަމައަކަށް ވުރެ ދުރަށް، ކަނޑުގެ މި ސަރަހައްދަށް ބަރޯސާވާ އެތައްް ހާސް ވަޒީފާއަކާއި ގެސްޓް ހައުސްތަކާއި ސަފާރީ ބޯޓްތަކަށް އަދި ރިސޯޓްތަކަށް ވެސް މިކަމުގެ ގެއްލުން ފޯރާ،" މާޓާޓޯގެ ބަޔާނުގައި ކަންބޮޑުވުމާ އެކު ބުންޏެވެ.
ދޮންފަނުގެ މައްސަލަ މި ހަފުތާގައި ހޫނުވީ، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ މަހު އެމްޓީސީސީއާ ހަވާލުކުރުމަށް ފަހު، އެއްބަސްވުން ބާތިލް ކުރުމުންނެވެ. ޖުމުލަ ތޭރަ ހެކްޓަރުގެ ބިން ހިއްކުމުގެ އެ މަޝްރޫއު ހުއްޓާލަން ސަރުކާރުން ނިންމީ ދޮންފަނާ ކިލޯމީޓަރެއްހާ ކައިރީގައި އޮންނަ ހަނިފަރަށް ގެއްލުންވާ ކަމަށް ތިމާވެށީގެ ޖަމިއްޔާތަކާ އެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުންނެވެ.
ނަމަވެސް، ބިން ހިއްކުން ހުއްޓާލަން ނިންމުމާއެކު ދޮންފަނުގައި މުޒާހަރާތައް ކުރަން ވަނީ ފަށައިފަ އެވެ. އަދި އެ ރަށާ ކައިރީގައި ފީނުން މަނާކުރީ ވެސް ކަނޑުމަތީގެ މުޒާހަރާ ކުރުމަށް ކަމަށް ކައުންސިލުން ބުންޏެވެ.
ދޮންފަނުފަރަށް ޑައިވްކުރުން މަނާކުރުމުން ބޮޑު ގެއްލުމެއް
ހަނިފަރު ފަރަށް ޑައިވްކުރަން ފޭބިޔަ ނުދީ ހުރަސްއަޅައިފި
ބ. އަތޮޅުގެ "ހިތް" ހަލާކުކޮށްލަން ދޫކޮށްނުލާ!
ދޯންޏެއް އަރައި ހަނިފަރަށް ބޮޑެތި ގެއްލުންތަކެއް
ބިން ނުހިއްކަން ނިންމުމުން ދޮންފަނުގައި މުޒާހަރާކުރަނީ
ދޮންފަނުގެ ބިން ހިއްކުމާ ދެކޮޅަށް ޕެޓިޝަނެއް
ހަނިފަރު ބަލަހައްޓާ ވޮޗްޓަވާއެއް ދަރަވަންދޫގައި
ހަނިފަރު ބެލެހެއްޓުން ހަވާލުކޮށްދޭން ދޮންފަނުން އެދިއްޖެ
ހަނިފަރު ފަރަށް އެރި ދޯނި ފުންކޮށްފި
މުޒާހަރާކުރަން ދޮންފަނު ފަރުގައި ޑައިވްކުރުން މަނާކޮށްފި