27 އޮކްޓޯބަރ 2016
ހިޔާމަތް ކޮށްފައިވާ ބ. ހަނިފަރަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ދޯންޏެއް އަރައި ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށް ބަޔޮސްފިއާ ރިޒާވް އޮފީހުން މިއަދު ބުނެފި އެވެ.
ހިޔާމަތް ކޮށްފައިވާ ބ. ހަނިފަރަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ދޯންޏެއް އަރައި ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށް ބަޔޮސްފިއާ ރިޒާވް އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ދަރަވަންދޫން ފުރައިގެން މާލެ ދަނިކޮށް ފަރަށް އެރި "ދަފީނާ"ގެ މުދާ އުފުލާ ދޯނި ތިން ދުވަސްވީ އިރު ވެސް ފުން ނުކުރެވޭ ކަމަށެވެ. އެ ދޯނި އަރާފައި ވަނީ ހަނިފަރުގެ ދެކުނުން ދަރަވަންދުއާ ދިމާލަށެވެ.
"އެ ދޯނި ފަރަށް އެރުމުން އެތަނަށް ލިބުނު ގެއްލުންތައް ބެލި އިރު ފުދޭ ވަރަކަށް ބޮޑު ގެއްލުންތަކެއް ލިބިފައި އެބަހުރި. އެތަނަށް ލިބުނު ގެއްލުން މުޅިން ސާފުވާނީ ދޯނި ފުންކުރެވުމުން. ދޯނި ފުންކުރުމަށް މިހާރު އެ ސަރަހައްދުގައި ޓަގެއް ހަރަކާތްތެރިވަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ޔުނެސްކޯ ބަޔޮފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރަށް ދޯނި އެރުމުން ލިބުނު ގެއްލުންތަކަށް ބެލުމަށް ފަހު އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރާނެ ކަމަށެވެ.
ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ. އަތޮޅުގައި ކަނޑައަޅާފައިވާ ކޯ އޭރިޔާތަކުގެ ތެރެއިން އެންމެ ހާއްސަ ތަނަކީ ހަނިފަރެވެ. އެއީ އެ ސަރަހައްދުގައި އެންމަޑި އާއި ފެހުރިހި އުޅޭތީ އެވެ. އެ ސަރަހައްދަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ވެސް ވަރަށް މުހިންމު މަންޒިލެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަނިފަރަށް ފީނާ މީހުންގެ އަތުން ބޮޑު އާމްދަނީއެއް ލިބެ އެވެ.
ހަނިފަރު ފަރަށް އެރި ދޯނި ފުންކޮށްފި
ބާޖު ފަރަކަށް ނާރާ، ނަގިލި ކަހާލީ: އެފްކޮންސް
ރަސްފަރި ފަރަށް ލިބުނު ގެއްލުމަށް 893 މިލިއަން!
ހަނިފަރަށް ގަވާއިދާ ޚިލާފަށް ވަން ޔޮޓެއް ޖޫރިމަނާކޮށްފި
ރާއްޖެ އިތުރު ބަޔޮސްފިއާ ރިޒާވްތަކަކާ ދިމާލަށް!
ކެންދޫ ފަރަށް ޓަގު ބޯޓެއް އަރައި، ފަރަށް ގެއްލުން
ފުވައްމުލަކު ފަރަށް ލިބުނު ގެއްލުން 633 މިލިއަނަށް
ފުވައްމުލަކު ފަރަށް އެރި ބޯޓުން ތެޔޮ ލީކުވަނީ
ފަރަށް އުރިފައިވާ 8 އުޅަނދު އަދިވެސް ފުން ނުކުރޭ!
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ