ބައިނަލްއަގުވާމީ ގޮތުން ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ އަދި ޔުނެސްކޯ ބަޔޯސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރުބޭގެ ސަަހަރަހައްދަަށް ނުވަދެވޭ ގޮތް ބ. ދޮންފަނު ކައުންސިލުން ހެދުމަކީ ޓޫރިޒަމްގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތް ރާއްޖޭގެ ނަމަށް ހުތުރު ވާނެ ކަމެެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއަ އޮޮޕަރޭޓާސް (މަޓާޓޯ) އިން މިރޭ ބުނެފި އެވެ.
11 ސެޕްޓެމްބަރ 2025
ބައިނަލްއަގުވާމީ ގޮތުން ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ އަދި ޔުނެސްކޯ ބަޔޯސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރުބޭގެ ސަަހަރަހައްދަަށް ނުވަދެވޭ ގޮތް ބ. ދޮންފަނު ކައުންސިލުން ހެދުމަކީ ޓޫރިޒަމްގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތް ރާއްޖޭގެ ނަމަށް ހުތުރު ވާނެ ކަމެެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއަ އޮޮޕަރޭޓާސް (މަޓާޓޯ) އިން މިރޭ ބުނެފި އެވެ.
ދޮންފަނުގެ ފަރަށް ޑައިވް ކުރުމާއި އެ ފަރުގައި ފީނުން އެ ރަށުގެ ކައުންސިލުން މަނާކުރީ ދޮންފަނުގެ ބަޔަކު ކަނޑުމަތީގައި މުޒާހަރާއެއް ކުރަން ތައްޔާރުވަމުން ދާތީ ކަމަށް ބުނެ އެވެ. ދޮންފަނުގެ ބަޔަކު ކަނޑުމަތީގައި މުޒާހަރާ ކުރަން އުޅެނީ އެ ރަށަށް ބިން އިތުރުކުރުމަށް ޓަކައި ހިއްކާނެ ކަމަށް ސަރުކާރުން ކުރިން ބުނި ސަރަހައްދެއް ނުހިއްކާ ގޮތަށް ނިންމުމުންނެވެ.
ދޮންފަނަށް ބިން އިތުރު ކުރުމަށްޓަކައި ބިން ހިއްކައިފި ނަމަ ހަނިފަރުބޭ އަށް ބޮޑެތި ގެއްލުންތައް ލިބޭނެތީ އެ ސަރަހައްދު ހިއްކުމާ ދެކޮޅަށް ވެސް މީގެ ކުރިން އެތައް ބަޔަކު އަޑު އުފުލި އެވެ. ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އެ ކަމަށް ރިއާޔަތް ކުރައްވައިގެން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ދޮންފަނުގެ ފަރާއި ފަރުން ފެށިގެން 700 މީޓަރު ބޭރާ ހަމައަށް ފީނުމާއި ޑައިވް ކުރުން މަނާކުރުމުން ކަންބޮޑުވުން ފާޅުކޮށް މަޓާޓޯ އިން ނެރުނު ބަޔާނުގައި ބުނީ އެ ގޮތަށް 700 މީޓަރުގެ ސަރަހައްދެއް މަނާކުރުމުން ބަންދުވީ ހަމަ އެކަނި ދޮންފަނު ފަރު ނޫން ކަމަށާއި އޭގެ ސަބަބުން އެ ބަންދުވީ ސަފާރީ އުޅަނދުތަކާއި ގެސްޓް ހައުސްތަކުން ފުޅާދާއިރާއެއްގައި ބޭނުންކުރާ ވިލުތައް ވެސް ހިމެނޭ ސަރަހައްދެއް ކަމަށެވެ.
"... ހަމަ އެކަނި އެންމެ މުޖުތަމައަކަށް ވުރެ ދުރަށް، ކަނޑުގެ މި ސަރަހައްދަށް ބަރޯސާވާ އެތައްް ހާސް ވަޒީފާއަކާއި ގެސްޓް ހައުސްތަކާއި ސަފާރީ ބޯޓްތަކަށް އަދި ރިސޯޓްތަކަށް ވެސް މިކަމުގެ ގެއްލުން ފޯރާ،" މާޓާޓޯގެ ބަޔާނުގައި ކަންބޮޑުވުމާ އެކު ބުންޏެވެ.
އެ ސަރަހައްދު އެގޮތަށް ބަންދުކުރުމާއި ބިން ހިއްކުމުގެ ހަރަކާތްތައް ހިންގުމުގެ ސަބަބުން ހަލާކުވާ ކަނޑުގެ ދިރުންތަކަކީ އަނބުރާ އިޔާދަވާނެ ދިރުންތަކެއް ނޫން ކަމަށް ވެސް ބަޔާނުގައި އެ ޖަމިއްޔާ އިން ބުންޏެވެ.
"ހަނިފަރުބޭ ފަދަ ސަރަަހައްދުތަކަކީ ހަމަ އެކަނި ދޮންފަނުގެ ހަޒާނާއެއް ނޫން ކަމާއި އެއީ ދިވެހި އެންމެހައި ރައްޔިތުން އަދި އަންނަން އޮތް ޖީލުތަކުގެ ވެސް ހައްގެއްކަން ދެނެގަންނަން ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އަޅުގަނޑުމެން ގޮވައިލަން،" މަޓާޓޯ އިން ބުންޏެވެ.
MATATO Statement on Closure of Dhonfanu House Reef pic.twitter.com/W9eAJxFE4u
— MATATO - PATA Maldives Chapter (@matatoMV) September 11, 2025
ނާޒުކު އީކޯ ސިސްޓަމް ހިމާޔަތް ކުރުމަށާއި އެ ތަންތަނަަށް ޒިޔާރަތްކުރާ މީހުންނަށް ހުރަހެއް ނެތި ވަދެވޭނެ ކަން ކަށަވަރުކުރަން އެ ޖަމާއަތުން ގޮވައިލި އެވެ.
ސަރުކާރުން 2009 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ހަނިފަރުބޭ ސަރަހައްދުގައި، ދުނިޔެއިން ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުންތައް ވެސް އުޅޭތީ އެއީ މުޅި ދުނިޔެއަށް ވެސް ގުދުރަތީ ގޮތުން ވަރަށް މުހިންމު ސަރަހައްދެކެވެ.
ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރު ސަރަހައްދުގައި ވެލާ ކަހަނބު ބިސްއަޅާ ތަންތަނާއި ކިރުދޫންޏާއި ކުރަނގި އަދި މާރަނގަ ނިދަން އަރާ ތަންތަން ވެސް ހުރެ އެވެ. ގުދުރަތީ މާހައުލު އެހާ މުއްސަނދި ސަރަހައްދަކަށް ވާތީ، އެ ތަނަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެކެވެ. އަދި އެ ސަރަހައްދުގައި ފީނަން ކޮންމެ ދުވަހަކު އެތައް ބަޔަކު ދެ އެވެ.
ދޮންފަނުފަރުގައި ޑައިވްކުރުން މަނާކުރުން ގާނޫނާ ހިލާފު
ހަނިފަރު ފަރަށް ޑައިވްކުރަން ފޭބިޔަ ނުދީ ހުރަސްއަޅައިފި
ބ. އަތޮޅުގެ "ހިތް" ހަލާކުކޮށްލަން ދޫކޮށްނުލާ!
ދޯންޏެއް އަރައި ހަނިފަރަށް ބޮޑެތި ގެއްލުންތަކެއް
ބިން ނުހިއްކަން ނިންމުމުން ދޮންފަނުގައި މުޒާހަރާކުރަނީ
ދޮންފަނުގެ ބިން ހިއްކުމާ ދެކޮޅަށް ޕެޓިޝަނެއް
ހަނިފަރު ބަލަހައްޓާ ވޮޗްޓަވާއެއް ދަރަވަންދޫގައި
ހަނިފަރު ބެލެހެއްޓުން ހަވާލުކޮށްދޭން ދޮންފަނުން އެދިއްޖެ
ހަނިފަރު ފަރަށް އެރި ދޯނި ފުންކޮށްފި
މުޒާހަރާކުރަން ދޮންފަނު ފަރުގައި ޑައިވްކުރުން މަނާކޮށްފި